އިހަވަންދިއްޕޮޅު އެސްއީޒެޑަކަށް، އެތަނުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ފްރީ ޒޯން ކުންފުންޏަށް

ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ކޮންސެޕްޓެއް: ލ. ގާދޫގައި ވެސް ބަނދަރެއް ތަރައްގީކުރުމުގެ ސަރުކާރުން ގެންގުޅޭ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ކޮންސެޕްޓެއް: ލ. ގާދޫގައި ވެސް ބަނދަރެއް ތަރައްގީކުރުމުގެ ސަރުކާރުން ގެންގުޅޭ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިހަވަންދިއްޕޮޅު ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގެ ގޮތުގައި ކަނޑައަޅައި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއުގެ ނަންދީފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހުގަ އެވެ. އިކޮނޮމިކް މިނިސްޓްރީން ހުށަހެޅީ މި ޕްރޮޖެކްޓު ހިންގުން މި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒީ) ކުންފުންޏާ ހަވާލުކުރުމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ މައުލޫމާތު ދެމުން އެ އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިނިސްޓްރީގެ ހުށަހެޅުމާ އެއްގޮތަށް އިހަވަންދިއްޕޮޅުގެ މާސްޓާ ޑިވެލޮޕަރަކަށް އެމްއައިޑީއެފްޒީ ހަމަޖައްސައި އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ސަރުކާރުން ކުރަން ރާވާފައިވާ މައިގަނޑު މަސައްކަތަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ހިދުމަތް ދެވޭ ގޮތަށް މެރިޓައިމް ހަބެއް ތަރައްގީކުރުމެވެ. އެކަމަކު މިއީ އިންޓަގްރޭޓަޑް މޮޑެލްއަށް ތަރައްގީކުރެވިގެންދާ ސަރަހައްދެއް ކަމުން ރިއަލް އެސްޓޭޓް އާއި ޓޫރިޒަމާއި އިގުތިސޯދީ ވިލުންވެރިކަމަށް މުހިންމު އެހެން މަސައްކަތްތައް ވެސް މި ސަރަހައްދުގައި ކުރެވޭނެ އެވެ.

މި މަސައްކަތް ކުރާ އެމްއައިޑީއެފްޒީއަކީ ދިވެހި އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވެލިއު އެޑް ކުރުމަށާއި ޓްރާންސްޝިޕްމަންޓާއި ރީއެކްސްޕޯޓު ވިޔަފާރިއަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި ހިއްސާވަނީ ސަރުކާރު ހިއްސާވާ ބޮޑު ފަސް ކުންފުންޏެއް ކަމުގައިވާ އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިއީ އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެހެންކަމުން މިކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިންވެސްޓްމަންޓުގެ ބޮޑުކަމާއި އެތަނުގައި ކުރަން ހުރި ކަންތައްތަކާއި ސްޓޭޖުތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ގޮތާއި މިހާރު ކައިރީގައި އޮތް އެއާޕޯޓަށް އޭގެ ސަބަބުން އަންނާނެ ޑިވެލޮޕްމަންޓާއި ހޯރަފުށީގައި އެ އޮތް އެއާޕޯޓަށް އަންނާނެ ޑިވެލޮޕްމަންޓާއި އެއާޕޯޓު އިތުރަށް ފުޅާކުރުމުގައި ގެންގުޅެވޭނެ ގޮތްތަކާއި އެތަނުން ދޭނެ ހިދުމަތްތަކާއި، އަޅުގަނޑު މި ދައްނަވާލީ ހަމަ ކުރު ގޮތަކަށް ކެބިނެޓުގައި ނިންމުނު ކަލެކްޓިވް ޑެސިޝަން" މަޝްރޫއާ ގުޅޭ އިތުރު ބައެއް މައުލޫމާތު ހިއްސާކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު މަޝްރޫއު

ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގަ އެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިކަމުގައި ފައިދާ ނަގައި، އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޕްލޭނުގައި އޮންނަ ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި "އައި-ހެވަން" ގެ ނަމުގައި ޕްރޮޖެކްޓެއް ޑިޒައިން ކުރި ނަމަވެސް އެ މަސައްކަތް އޭރު އެހާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން އެތަނުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރާނެ ބަޔަކު ހޯދަން މަސައްކަތް ކުރި އެވެ. އަދި ފަހުން އެސްޓީއޯއިން ބޮޑެތި އާގު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފަށަން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ މަސައްކަތް ހަވާލުކުރި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓު ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދާނެ އެވެ. ބަންކަރިން ހިދުމަތާ އެކު، ޝިޕިން އެޖެންސީ އާއި ކްރޫ ޗޭންޖާއި ޝިޕް ހޭންޑްލިން ނުވަތަ ބޯޓު ފަހަރު ސާވިސް ކުރުމާއި މަރާމާތު ކުރުމާއި ސްޕެއާ ޕާޓްސް ފޯރުކޮށްދޭނެ އެވެ. މުއިއްޒުގެ ވައުދަކީ ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.

ފަހުން ސަރުކާރުން ބުނީ އެ މަޝްރޫއު ރިވިއުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަޝްރޫއު ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox