އެފްއޭއެމުން ނިންމީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން

އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: އަދަދު

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ހިންގުމުގެ އިސް ފަރާތް، އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އަލުން ފައްޓަން އަންގާފައިވާއިރު، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމައިފި އެވެ.

މި މަހު 31 ވަނަ ދުވަހު ބާއްވަން އެފްއޭއެމް އިން މަސައްކަތް ކުރި އިންތިހާބު ކެންސަލްކުރަން ފީފާ އާއި އޭއެފްސީން އަންގާފައިވަނީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް، އިލެކްޓޯރަލް ކޮމިޓީ އަކާއި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އެކުލަވާލާފައިނުވާތީ އެވެ. އެކަން ހާމަވެގެން ދިޔައީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި، އެފްއޭއެމްގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލްކުރަން ނިންމުމުން، އޭނާ އެޕީލަށް ހުށަހެޅި ހިސާބުންނެވެ.

ތޯރިގުގެ އިތުރުން އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމަވާފައިވާއިރު، އެ އެސޯސިއޭޝަނުން އަވަސް އިންތިހާބަކަށް ގޮވާލީ، ބައްސާމް އިސްކޮށް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕާ މެދު ޖިނާއީ ތަހުގީގެއް ހިނގަމުން ދަނިކޮށެވެ. އެއީ، އެފްއޭއެމަށް ލިބޭ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގަ އެވެ.

ބައްސާމްގެ އެކްސްކޯގައި ހިމެނޭ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދިނުމާ އެކު، އެފްއޭއެމްގެ ރައީސްގެ މަގާމުން އޭނާ އަށް ގެއްލުނު ހާލަތެއް ވެސް ކުރިމަތިވި އެވެ. އެކަމަކު، އެފްއޭއެމް އިން ބުނީ، އެފްއޭއެމް އަސާސީ ގަވާއިދުގައި ބުނާ ސައްހަ އަދަދު ހަމަވާތީ، ރައީސަކަށް ބައްސާމަށް ހުރެވޭނެ ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައި، 10 ކްލަބްގެ ތާއީދާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ވެސް އޮތީ ހުށަހަޅައިފަ އެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިއްޔެ ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އޮންނަ ގަވާއިދުގެ ތެރެއިން ކޮންގްރެސް ބާއްވާނެ ތާރީހާއި އެހެނިހެން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ބަޔާނުގައި ދެން ބުނެފައިވަނީ އެސޯސިއޭޝަންގެ އެއްވެސް މެމްބަރެއްގެ ހައްގަށް އުނިކަމެއް އަންނަ ވަރުގެ ކަމެއް ނުކުރާނެ ކަމަށާއި މެމްބަރުންގެ ހައްގުތައް ކަށަވަރުކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ކޮންމެ ކަމެއް ނިންމި ކަމުގައި ވިޔަސް އިސްކުރާނީ ފުޓްބޯޅައިގެ މަސްލަހަތު ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އިއްޔެގެ އެކްސްކޯ ބައްދަލުވުމުގައި އެކަށީގެންވާ ކޯރަމް ހަމަވި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު، ބައިވެރިވި މެމްބަރުންގެ މައުލޫމާތެއް އެފްއޭއެމް އިން ހާމައެއްނުކުރެ އެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކެންސަލްކުރިއިރު، އެފްއޭއެމް ހިނގަނީ ގަވާއިދާ އެއްގޮތަށް ނޫންކަން ފާހަގަކޮށް، މީގެ ކުރިން، ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމުން ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox