ކުއީންސް ފަސްބެލުމެއް ނެތި ކުރިއަށް

Jan 24, 2024, 10:04 AM
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުއީންސް އާއި ލަޔަނެސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ބާސްކެޓު/ސިޑިބަރި

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުއީންސް އާއި ލަޔަނެސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ބާސްކެޓު/ސިޑިބަރި

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުއީންސް ބާސްކެޓްބޯލް ކްލަބުން ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ލީގުގެ ފުރަތަމަ. ބުރުގެ ރޭންކިން އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

ފުރަތަމަ މެޗުން ކުއީންސް ވަނީ އެލީޓްސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އޭގެ ފަހުން، ދެ ވަނަ މެޗުގައި ކުރީގެ ޗެމްޕިއަން، ސައިކްލޯން ބާސްކެޓްބޯލް ކްލަބް އަތުން ކުރިހޯދީ ފަރަގު ބޮޑު ނަތީޖާ އަކުންނެވެ. ރޭ ކުޅުނު މެޗުން ކުއީންސް ވަނީ ލަޔަނެސް އަތުން 84-37 އިން މޮޅުވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވެސް ކުއީންސް އިން ވަނީ ލަޔަނެސް އަށް ފުރުސަތެއް ނުލިބޭ ވަރުގެ ބޮޑު ލީޑެއް ނަގައިފަ އެވެ. ކުއީންސް އިން ފުރަތަމަ ކުއާޓަރު ނިންމާލީ 32-04 އިން ކުރީގައި އޮވެގެންނެވެ. އެ ފޯމުގައި ކުއީންސް އިން ދެ ވަނަ ކުއާޓަރު ކުޅެލައި، މި ކުއާޓަރުގައި ނިންމާލީ ލަޔަނެސް އަށް ޕޮއިންޓެއް ވެސް އެއްކުރަން ފުރުސަތެއް ނުދީ އެވެ.

Advertisement

އެކަމަކު، ތިން ވަނަ ކުއާޓަރުގައި ކުއީންސް އިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލައި، ގޭމް މެނޭޖްކުރަން މަސައްކަތް ކުރި އެވެ. އޭގެ ބޭނުންހިފައި، ލަޔަނެސް އިން ވަނީ ޕޮއިންޓްތަކެއް އެއްކޮށްފަ އެވެ. ފަހު ކުއާޓަރުގައި ކުއީންސް އިން ފުރަތަމަ ދެ ކުއާޓަރުގައި ދެއްކި ރޫހުގައި ކުޅެ، މެޗުން މޮޅުވީ އެވެ.

މި މެޗުގައި ކުއީންސްގެ އެންމެ ބޮޑު ތަފާތަކީ އެ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ރިޝްމާ އާއި އައިމިނަތު ޝިއުރާ އެވެ. ރިޝްމާ ވަނީ 18 ޕޮއިންޓް އެއްކޮށްފަ އެވެ. ޝިއުރާ ވަނީ 14 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ރެޑްވިންގްސް އާއި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ރޭ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުން ވަނީ 107-54 އިން ރޯޔަލްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ.

ހުރިހާ ކުއާޓަރެއްގައި ވެސް ރެޑްވިންގްސް އިން ވަނީ މި މެޗު ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅެފަ އެވެ. ރެޑްވިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 19 ޕޮއިންޓް އެއްކުރި މުހައްމަދު ރިޝްވާން އެވެ. އެ ޓީމުގެ މުހައްމަދު ޒީދާން ނައީމް ވަނީ 17 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކި، އާދަމް ޔާފިއު އިބްރާހިމް އާއި ހަސަން ނަދީމް ކޮންމެ ކުޅުންތެރިއަކު ވަނީ 13 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ލީގުގައި މިރޭ ފުރަަތަމަ އޮތީ އަންހެން ޑިވިޝަނުގައި އެލީޓް ސްޕޯޓްސް ކްލަބާއި ސައިކްލޯން ކުޅޭ މެޗެވެ. ދެން އޮތީ، ފިރިހެން ޑިވިޝަނުގެ އެއް ވަަނައިގައި އޮތް ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox