ކުއީންސް އިން ބޮޑު ފަރަގަކުން ސައިކްލޯން ބަލިކޮށްފި

Jan 22, 2024, 6:56 AM
ކުއީންސް އާއި ސައިކްލޯން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި/ ބާސްކެޓު

ކުއީންސް އާއި ސައިކްލޯން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި/ ބާސްކެޓު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން، ކުއީންސް ބާސްކެޓްބޯލް ކްލަބުން ބޮޑު ފަރަގަކުން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ބަލިކޮށްފި އެވެ.

ކުއީންސް އިން މި މެޗު ކާމިޔާބުކުރީ 95-27 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ސައިކްލޯން އާއި ކުއީންސް ބައްދަލުކުރި މެޗުގެ ފުރަތަަަމަ ދެ ކުއާޓަރުގައި ކުއީންސް އިން ފަރަގު ބޮޑުކޮށް، ފަހު ދެ ކުއާޓަރުގައި އިތުރަށް ކުޅުން ރަނގަޅުކުރީ އެވެ. ކުއީންސްގެ ފަރާތުން ޖުމްލަކޮށް ބަލާއިރު، މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގައި ކުއީންސް އަށް އެންމެ މޮޅު ކުޅުމެއް ދައްކައިިދިނީ، އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު އެވެ. އޭނާ ވަނީ 27 ޕޮއިންޓް ހޯދައިފަ އެވެ. ކުއީންސްގެ އައިމިނަތު ޝިއުރާ ވަނީ 14 ޕޮއިންޓް އެއްކޮށްފަ އެވެ. އަދި އެ ޓީމުގެ ހައުމާ އުބައިދުﷲ އާއި ފާތިމަތު ރިޝްމާ، ކޮންމެ ކުޅުންތެރިއަކު، ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ.

މުބާރާތުގައި ކުއީންސް ފުރަތަމަ މެޗުން މޮޅުވީ އެލީޓް ސްޕޯޓްސް ކްލަބާ ވާދަކޮށް، 82-56 އިންނެވެ. ރޭ ކުޅުނު ދެ ވަނަ މެޗުން، ލަޔަނެސް އަތުން 90-33 އިން މޮޅުވެފަ އެވެ.

އެލީޓުން މި މެޗުގެ ފުރަތަމަ ކުއާޓަރު ނިންމާލީ 21 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މި ސްކޯ އިން ފުރަތަމަ ކުއާޓަރު ނިމުނުއިރު ލިބުނު އިތުބާރާ އެކު، ދެން ކުޅުނު ހުރިހާ ކުއާޓަރެއްގައި އެލީޓަށް ހަމަޖެހިލައިގެން ކުޅެލަން ފަސޭހަވި އެވެެ. ނަތީޖާ އަކަށްވީ ތަފާތު ބޮޑު މޮޅަކާ އެކު، މުބާރާތުގައި ކުރިއަށްދާން އެލީޓަށް ފުރުސަތު ހުޅުވުމެވެ.

ރޭގެ މެޗުގައި އެލީޓަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 24 ޕޮއިންޓް އެއްކުރި ރާއީ ހަމްޒާ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ހަތެއް ޖަހާއިރު އޮތީ ގަދަހިފުމެކެވެ. އެއީ ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތް، ޓީރެކްސް އާއި ކިންގްސް އެެވެ. އެ އަށް ފަހު، 9 ޖަހާއިރު ކުޅޭނީ، ސްޓިންގާސް އާއި ރެޕްޓާސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox