ކިންގްސް އަށް ދެ ވަނަ މޮޅު، ރެޑްވިންގްސް އަށް އުންމީދެއް

Jan 21, 2024, 6:54 AM
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކިންގްސްގެ ސަބީހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކިންގްސްގެ ސަބީހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ކިންގްސް ބާސްކެޓްބޯލް ކްލަބުން ދެ ވަނަ މޮޅު ހޯދިއިރު، ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުން ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް އުންމީދެއް ހޯދައިފި އެވެ.

ކިންގްސް އިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، ރޯޔަލްސް ބާސްކެޓްބޯލް ކްލަބް، 125-42 އިން ބަލިކޮށްފަ އެވެ. ރޭ ކިންގްސް އިން ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އަތުން މޮޅުވީ، 83-62 އިންނެވެ. ފުރަތަމަ މެޗުގައި ރެޕްޓާސް އަތުން ބަލިވި ރެޑްވިންގްސް އިން ރޭ ވަނީ ސްޓިންގާސް އަތުން 111-50 އިން މޮޅުވެފަ އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތް ދެ ޓީމަކީ، ކިންގްސް އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އެވެ. ޓީރެކްސް ދެ މެޗުން ވެސް މޮޅުވީ 100 އަށް ވުރެ މަތިން ސްކޯކޮށްގެންނެވެ. ޓީރެކްސް ފުރަތަމަ މެޗުން، ސްޓިންގާސް އަތުން މޮޅުވީ 137-46 އިންނެވެ. އަދި ދެ ވަނަ މެޗުން، 105-34 އިން ރޯޔަލްސް އަތުން ވަނީ މޮޅުވެފަ އެވެ.

Advertisement

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފުރަަތަމަ މެޗުގައި، ކިންގްސް އިން ފުރަތަމަ ކުއާޓަރު ނިންމާލީ، 30-20 އިން، ކުރީގައި އޮވެ، 10 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. މި މެޗުގައި އެންމެ ވާދަވެރިކޮށް ފެނުނީ ތިން ވަނަ ކުއާޓަރު އެވެ. މި ކުއާޓަރުގައި ކޮންމެ ޓީމަކަށް ވެސް ސްކޯ ކުރެވުނީ 12 ޕޮއިންޓެވެ. އެކަމަކު، ފަހު ކުއާޓަރުގައި ކިންގްސް އިން ތަފާތު ދައްކައި މެޗުން މޮޅުވީ އެވެ.

މެޗުގައި ކިންގްސް އަށް އެންމެ ރަނގަޅު ކުުޅުމެއް ދައްކައިދިނީ، 18 ޕޮއިންޓް ހޯދި އަބްދުﷲ އަމްޒަރު އެވެ. މީގެ ތެރެއިން، 11 ޕޮއިންޓް ސްކޯ ކުރީ ރީބައުންޑް އިންނެވެ. ކިންގްސްގެ މުހައްމަދު ސަބީހު ތައުފީގު ވަނީ 16 ޕޮއިންޓް އެއްކޮށްފަ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ރެޑްވިންގްސްގެ ލައިލް ޝިފާން ޕޮއިންޓެއް ސްކޯކުރަން މަސައްކަތްކުރަނީ.--- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ސްޓިންގާސްއާ ކުޅުނު މެޗުގައި ރެޑްވިންގްސް އިން ވަނީ ފުރަތަމަ ކުއާޓަރުގެ ފަހުކޮޅުން ފެށިގެން މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އެ ގޮތުން، ރެޑްވިންގްސް އިން ފުރަތަމަ ކުއާޓަރު ނިމުނުއިރު ކުރީގައި އޮތީ 19-16 އިންނެވެ. އެކަމަކު، މި ފަރަގު ދެން ކުޅުނު ކުއާޓަރުތަކުގައި ބޮޑުކޮށް، ރެޑްވިންގްސް އިން ބޮޑު ލީޑެއްގައި އޮވެ މެޗުން މޮޅުވީ އެވެ.

މި މެޗުގައި ރެޑްވިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ، 21 ޕޮއިންޓް އެއްކުރި ޒައިދާން އާތިފް ޝުކޫރު އެވެ. އެ ޓީމުގެ މުހައްމަދު ރިޝްވާން އާއި މުހައްމަދު ޒީދާން ނައީމް ވަނީ ކޮންމެ ކުޅުންތެރިއަކު، 16 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި، މިރޭ 19:00 ކުޅޭ މެޗަކީ އަންހެން ޑިވިޝަނުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި ކުއީންސް ބާސްކެޓްބޯލް ކްލަބް ކުޅޭ މެޗެވެ. މި ދެ ޓީމުން ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މި މެޗަށް ފަހު، 21:00 ގައި ފަށާނީ އަންހެން ޑިވިޝަނުގައި ލަޔަނެސް އާއި އެލީޓް ސްޕޯޓްސް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox