ގައުމީ ބާސްކެޓްބޯޅަ ލީގު: ފުރަތަމަ މޮޅު ކުއީންސް އަށް

Jan 19, 2024, 4:38 AM
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުއީންސް އާއި އެލީޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުއީންސް އާއި އެލީޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން އެލީޓް ސްޕޯޓްސް ކްލަބް އަތުން ކުއީންސް ބާސްކެޓްބޯލް ކްލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ކުއީންސް މޮޅުވީ، 82-56 އިންނެވެ.

މި މެޗުގެ ކުއީންސް އިން ވަނީ 25-07 އިން ލީޑުނަަގައިފަ އެވެ. މިއީ މި މެޗުން މޮޅުވުމުގައި ކުއީންސް އަށް ލިބުނު އެންމެ ބޮޑު ފަސޭހަ އެވެ. ދެން ކުޅުނު އެއްވެސް ކުއާޓަރެއްގައި ކުއީންސް އަށް ފުރަތަމަ ކުއާޓަރުގައި ޕޮއިންޓް ސްކޯކުރި މިންވަރަށް ނުކުރެވުނެވެ. އެކަމަކު، މެޗުގެ ކޮންޓްރޯލް އަތުގައި ބޭއްވޭ ވަރަށް އެ ޓީމުން ދިޔައީ މަސައްކަތުގެ ރޭޓް ދަމަހައްޓަމުންނެވެ.

އެލީޓަށް ބަލާއިރު، އެ ޓީމަށް އެންމެ ރަނގަޅަށް ޕާފޯމްކުރެވުނީ ތިން ވަނަ ކުއާޓާގަ އެވެ. މި ކުއާޓާ އަށް ބަލާއިރު، ކުއީންސް އަށް ވުރެ އެ ޓީމުގެ ސްކޯރިން ރަނގަޅެވެ.

ރޭގެ މެޗުން ކުއީންސް މޮޅުކޮށްދިނުމުގައި އެންމެ އިސް ރޯލެއް ކުޅުނީ، 19 ޕޮއިންޓް ހޯދި، އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި 18 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އެވެ. އަދި އެ ޓީމުގެ ހައުމާ އުބައިދުﷲ ވަނީ 13 ޕޮއިންޓް އެއްކޮށްފަ އެވެ.

އެލީޓް ޓީމުން އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ، 11 ޕޮއިންޓް ހޯދި ރާއީ ހަމްޒާ އާއި 10 ޕޮއިންޓް އެއްކުރި އައިމިނަތު އިނާޝާ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރެޕްޓާސް އާއި ރެޑްވިންގްސް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ސިޑިބަރި

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ ރެޕްޓާސް ބާސްކެޓްބޯލް ކްލަބުން ވަނީ 81-75 އިން ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ.

މި މެޗުގައި ރެޕްޓާސް އަށް އެންމެ މޮޅު ކުޅުމެއް ދައްކައިދިނީ، 21 ޕޮއިންޓް ހޯދި މުހައްމަދު އައިކް ވަޖީހު އެވެ. ރެޑްވިންގްސްގެ ފަރާތުން ވެސް ހިތްވަރު ގަދަ ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ މުހައްމަދު ޒީދާން ނައީމް 17 ޕޮއިންޓް ސްކޯކުރިއިރު، މުހައްމަދު ރިޝްވާން ވަނީ 15 ޕޮއިންޓް އެއްކޮށްފަ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ކުޅޭ ފުރަަތަމަ މެޗަކީ އަންހެން ޑިވިޝަނުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި ލަޔެންސް ބައްދަލުކުރާ މެޗެވެ. އަދި މިރޭ ދެން ކުޅެނީ، ޓީރެކްސް އާއި ރޯޔަލްސް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox