ރޮޑްރީ އަށް ފިފްޕްރޯ ޓީމުން ޖާގަ ނުލިބުން ބަލައެއް ނުގަނެވުނު

Jan 20, 2024, 6:03 AM
ރޮޑްރީ އަށް ފިފްޕްރޯ ޓީމުން ޖާގަ ނުލިބުން ބަލައެއް ނުގަނެވުނު

މެޑްރިޑް (ޖެނުއަރީ 20) - ފީފާ ބެސްޓް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ޓީމު، ފިފްޕްރޯ އިލެވެން އިން މެންޗެސްޓާ ސިޓީ އަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) އަށް ފުރުސަތު ނުލިބުމުން، ޔޫރަޕްގެ ފުޓްބޯޅަ ތަޖުރިބާކާރުން އެ ކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފިފް ޕްރޯ ޓީމުގައި މި ފަހަރު ހިމެނުނީ، މެންޗެސްޓާ ސިޓީގެ ހަ ކުޅުންތެރިންނާއި ރެއާލް މެޑްރިޑްގެ ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިންނާއި ޕީއެސްޖީގެ ދެ ކުޅުންތެރިންނެވެ. މިއީ، 2011 ވަނަ އަހަރުގެ ބާސެލޯނާ ޓީމުން އެ އަހަރުގެ ފިފް ޕްރޯ ޓީމުގައި ހަ ކުޅުންތެރިން ހިމެނުނު ފަހުން، އެއް ކްލަބަކުން އެ އަދަދަށް ފިފްޕްރޯ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެެވެ.

އެ ގޮތުން، ފިފްޕްރޯ ޓީމުގައި ހިމެނެނީ، ރެއާލް މެޑްރިޑްގެ ތިބޯ ކޯޓުއާ، ޖޫޑް ބެލިންހަމް އަދި ވިނީޝިއުސް ޖޫނިއާ އެވެ. ސިޓީން ފިޕްޕްރޯ ޓީމަށް އެރީ، ޖޯން ސްޓޯންސް، ރުބެން ޑިއާޒް، ކައިލް ވޯކާ، ކެވިން ޑި ބްރޭނާ، ބެނާޑޯ ސިލްވާ އަދި އާލިން ބްރައުޓް ހާލަންޑް އެވެ. ދެން ހިމެނުނީ، ޕީއެސްޖީގެ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ އެވެ. މެސީ މި ވަގުތު ކުޅެނީ އިންޓަ މިއާމީ އަށެެވެ. ބެލިންހަމް ހިމެނުނީ، ރެއާލާއި މިދިޔަ ސީޒަނުގައި ޑޯޓްމަންޑްގައި ދެއްކި ކުޅުމަށް ބަލައިފަ އެވެ.

މިދިޔަ އަހަރުގެ ފިފްޕްރޯ ޑްރީމް ޓީމު.

މިދިޔަ އަހަރު އެއް ކުޅުންތެރިއަކު ދެއްކި ކުޅުމަށް ބަލައި، ފިފްޕްރޯ ޓީމުން ޖާގަ ހައްގުވާ އެއް ކުޅުންތެރިއަކީ ރޮޑްރީ އެވެ. ސިޓީން މިދިޔަ ސީޒަނުގެ ތިން ތަށްޓާއި، މި ސީޒަނުގައި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ރޮޑްރީ ވަނީ ތަފާތު މޮޅަށް ކުޅެފަ އެވެ.

މިދިޔަ ސީޒަނުގައި ރޮޑްރީ ވަނީ 56 މެޗުގައި ޖުމްލަ، 4476 މިނިޓް ކުޅެފަ އެވެ. މިއީ އެއް ކުޅުންތެރިއަކުގެ އެންމެ ރަނގަޅު ސްޓެޓެވެ.

ސިޓީން ޗެމްޕިއަންސް ލީގު ތަށި އުފުލާލިއިރު، ފައިނަލުގައި ލަނޑު ޖަހައި، މޮޅު ކުުޅުންތެރިއަކީ ރޮޑްރީ އެވެ. ސްޕެއިނުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ރޮޑްރީ އަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. އަދި މި ފަހުން، ސިޓީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީ އެވެ.

މިދިޔަ އަހަރު ރޮޑްރީ ވަނީ ސްޕެއިނާއި ސިޓީއާ އެކު ޖުމްލަ 67 މެޗުގައި ކުޅެފަ އެވެ. އެ މެޗުތަކުން ރޮޑްރީ ވަނީ ޖުމްލަ އެކު ހަ ތަށި ހޯދައިފަ އެވެ. ރޮޑްރީ ކުޅެން އަރައި ހުއްޓައި ބަލިވި މެޗުގެ އަދަދަކީ ހަތަރެކެވެ.

ސިޓީގެ މިޑްފީލްޑަރު ރޮޑްރީ: އޭނާ އަކީ ކާމިޔާބީ އަށް ބަލާއިރު މިދިޔަ ސީޒަނުގައި އެންމެ ކުރީގައި އޮތް މިޑްފީލްޑަރު.

ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރު، ގިލެމް ބަލަގޫ، ޕޮޑްކާސްޓް ޝޯއެއްގައި ބުނީ، ރޮޑްރީ އަކީ މިދިޔަ އަހަރުގައި އާދަޔާހިލާފަށް މޮޅު ކުޅުންތެރިއެއް ކަމަށާއި ފިފްޕްރޯގައި އޭނާ ނެތުން އެއީ ބޭއިންސާފެއް ކަމަށެވެ.

މީގެ އިތުރުން، އިނގިރޭސި ފުޓްބޯޅަ ކޮލަމިސްޓުން ވެސް އަންނަނީ، ފިފްޕްރޯ ޓީމުގައި ރޮޑްރީ ނުހިމެނުމަކީ، ފުޓްބޯޅައިގައި އެ މަގާމަށް ކުޅޭ ތަފާތު ކުޅުންތެރިންނަށް އަގުވަޒަންކުރުމުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑް އާއި ފީފާ ބެސްޓް އެވޯޑްސްގައި ރޮޑްރީ ދިޔައީ ފަސް ވަނަ އެވެ. ބެސްޓް އެވޯޑްސްގައި ރޮޑްރީ އަށް އެއް ވަަނަ އަށް ވޯޓު ދީފައިވާ ކުޅުންތެރިންނަކީ، އަލްޖީރިއާގެ ކެޕްޓަން ރިޔާދު މާރޭޒް، ސްޕެއިނުގެ އަލްވާރޯ މޮރާޓާ އެވެ. ކޯޗުންނަށް ބަލާއިރު، އެންޑޯރާގެ ކޮލްޑޯ އަލްވަރޭޒް އާއި ބްރުނާއީގެ މާރިއޯ ރިވޭރާ، އެލް ސަލްވަޑޯގެ ރުބެން، އިންޑިއާގެ އީގޯ ސްޓިމަކް، އިރާގްގެ ޖީސޫސް ކަސަކް، ޕުއޭޓަ ރީކޯގެ ޗާލީ ޓްރައުޓް، ސްލޮވީނިއާގެ މަޓްޖަސް ކެކް، ސްޕެއިންގެ ލުއިޒް ޑެ ލަ ފުއެންޓޭ، ސްވިޑެންގެ ޖޭން އެންޑަސަން އަދި އެމެރިކާގެ ގްރެގް ބާހޯލްޓާ އެއް ވަނަ އަށް ވޯޓު ދިނީ ރޮޑްރީ އަށެވެ.

ފީފާ ބެސްޓް އެވޯޑްސްގެ އެންމެ ގިނަ ވޯޓު ލިބުނު ގަދަ ފަހެއްގެ ތެރެއިން ފިފްޕްރޯ ޓީމުގައި ނުހިމެނުނީ ރޮޑްރީގެ އިތުރުން ނަޕޯލީ އާއި ނައިޖީރިއާގެ ފޯވާޑް، ވިކްޓަ އޮސީމެން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox