މާލޭގައި ހުންނަ އެންޖީބީ ރެސްޓޯރެންޓުގައި ގޭސްފުޅިއެއް ގޮވައި، އެތަނުގެ މުވައްޒަފަކު ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ރެސްޓޯރެންޓުގައި ގޭސްފުޅިއެއް ގޮވައި އަނިޔާވީ ސްރީލަންކާއަށް ނިސްބަތްވާ ޝެފަކަށް ކަމަށެެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާތީ ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އެހެން ދެ މީހަކަށް ވެސް އަނިޔާވި އެެެވެ.
އެ ހާދިސާ ހިނގި ރެސްޓޯރެންޓުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭސްފުޅި ގޮވައި ރެސްޓޯރެންޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ގޭސްފުޅި ގޮވި ރެސްޓޯރެންޓަކީ ހެންވޭރު ކިނބިގަސްމަގުގައި ހުރި ތަނެކެވެ.













