ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" ނިމެން ތިން ދުވަހަށް ވެއްޖެ އެވެ.
މިއީ ރާއްޖޭގައި އެންމެ މަޝްހޫރު ހާޑުވެއާ ފިހާރަ، ސޮނީ ހާޑްވެެއާ އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް އެވެެ.
ސޮނީ ރެޑް ސޭލް ކުރިއަށްދާނީ ޖަނަވަރީ މަގުގައި ހުންނަ މައި ފިހާރަ ކުރިމައްޗަށް ވާ ގޮތައް ހުންނަ ސޮނީގެ އައުޓްލެޓުންނާއި އެކުންފުނީގެ ހުޅުމާލެ ފިހާރައިންނެވެ.
މިދިޔަ ޑިސެމްބަރު 16، އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ހިމެނޭ އުފެއްދުންތަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެ އުފެއްދުންތަކުގެ ތެރޭގައި ކަރަންޓު ސާމާނާއި ހިފައި ގެންގުޅޭ ސާމާނާއި ބަދިގެ ސާމާނު އަދި ގޭތެރެއަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. އޭގެ އިތުރުން ކުލަ އާއި ސެނިޓަރީވެއާ އަދި އެހެނިހެން ތަކެތި ވެސް ހިމެނެ އެވެ.

ސޮނީ ހާޑްވެއާއަކީ ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.











