ފެންވަރުގެ ފެންވައިރު ކުރަން ތައި ޕައިޕް: މިއީ ހޮޅި ވާހަަކައެއް ނޫން

ސޮނީއިން ވިއްކާ ތައި ޕައިޕްތައް -- ފޮޓޯ: ސޮނީ ހާޑްވެއާ

ސޮނީއިން ވިއްކާ ތައި ޕައިޕްތައް -- ފޮޓޯ: ސޮނީ ހާޑްވެއާ

ބޯހާސްކަމެއް ނެތި ފެންވަރުގެ ފެންވައިރު ކޮށްލަން އެންމެ ރަނގަޅީ ސޮނީ ހާޑްވެއާއިން ވިއްކާ ތައި ޕައިޕުގެ އުފެއްދުންތަކެވެ. މިއީ އެއްގޮތަކަށް ވެސް ދައްކާ ހޮޅި ވާހަކައެއް ނޫނެވެ.

ތައި ޕައިޕްގެ ޕީވީސީ ހޮޅިއަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ އުފެއްދުމެކެވެ. މި ހޮޅިތައް އުފައްދަން މަދު ވަސީލަތްތައް ބޭނުންވާއިރު، ހޮޅިން އެއްވެސް ކުންޏެއް ނުއުފުދެ އެވެ.

ގޭގެ އެކި ބޭނުންތަކަށް ބޭނުންކުރާ މި ހޮޅި ބޯފެން ދައުރުކުރަން ވެސް ރައްކާތެރިއިރު، ސިނާއީ އެކި ބޭނުންތަކަށް ވެސް މި ހޮޅި ބޭނުން ކުރެ އެވެ. އަދި ނަރުދަމާއަށް ވެސް މި ހޮޅި ބޭނުން ކުރެ އެވެ. އަދި ހޮޅީގެ ވަރުގަދަކަމުން، ދިމާވާ ހާދިސާތައް ވެސް ވަރަށް މަދެވެ.

ތައި ޕައިޕްގެ ސިފަތަކާއި ފައިދާތައް:

ހައި އިމްޕެކްޓް ސްޓްރެންތު

  • ފެން ބޭނުން ކުރަން ރައްކާތެރި
  • އުފައްދާފައި ވަނީ ސިއްހަތާއި ތިމާވެއްޓާ ރައްޓެހިކޮށް
  • ޔޫވީ ސްޓޭބަލައިޒްޑް
  • ލީކު ޕްރޫފް ޖޮއިންޓްސް
  • އަލިފާން ނުހިފާ
  • ފެނުގެ ފެންވަރަށް ބަދަލެއް ނާދޭ
ސޮނީ ހާޑްވެއާގެ މާލޭ ފިހާރައެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ސޮނީ ހާޑްވެއާގެ މާލޭ ފިހާރައެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ހާޑްވެއާގެ މާލޭ ފިހާރައެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ހާޑްވެެއާއިން ލިބޭ ޕީވީސީ ހޮޅީގެ ވައްތަރުތައް:

  • ކްލޮރިނޭޓެޑް ޕީވީސީ (ސީޕީވީސީ)
  • އަންޕްލަސްޓިސައިޒްޑް ޕީވީސީ (ޔޫޕީވީސީ)
  • މޮޑިފައިޑް ޕީވީސީ (އެމްވީޕީވީސީ)
  • މޮލެކިއުލާ އޮރިއެންޓެޑް ޕީވީސީ (އޯޕީވީސީ)

ސޮނީއިން ވިއްކާ ތައި ޕައިޕްއާ ގުޅޭ އިތުރު މައުލޫމާތުތާއި އަގުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބެން އެބަ ހުއްޓެވެ. އަދި info@sonee.com.mv އަށް އީމެއިލް ކޮށްގެން ވެސް އިތުރު މައުލޫމާތު ހޯދެ އެވެ.

މީގެއިތުރުން ހޮޅިއާ ބެހޭ އިތުރު މައުލޫމާތުތައް ސޮނީ ހާޑްވެއާގެ 3336699 ނަމްބަރަށް ގުޅައިގެން ލިބޭއިރު، ބޮޑެތި އޯޑަރުތައް 3306301 ނުވަތަ 3306331 އަށް ގުޅައިގެން ކުރެވެ އެވެ.

ސޮނީ ހާޑްވެއާގެ ގިނަ ފިހާރަތަކެއް މާލޭގައި ހުންނައިރު، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ސޮނީގެ ފިހާރައެއް ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox