ސޮނީ ހާޑްވެއާ ރޯދަ ބާޒާރު 2024 ސޮނީގެ ހުރިހާ ފިހާރައެއްގައި ފަށައިފި އެވެ.
ސޮނީން ބުނީ އެ ކުންފުނީގެ ހާޑްވެއާ، ފިޝިން، ހޯލްސޭލް، ހޯމް އަދި ހޯމް މެއިޓެނެންސްގެ ފިހާރަތަކުން ވިއްކާ ޕްރޮޑަކްސްތަކުން ރޯދަ ބާޒާރުގެ ދަށުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
މި ހަފުތާގައި ފެށި ސޮނީ ރޯދަ ބާޒާރުގެ ދަށުން ރޯދަ މަސް ނިމެންދެން 50 ޕަސަންޓާ ހިސާބަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ސޮނީން ބުނެ އެވެ. ސޮނީ ރޯދަ ބާޒާރުގެ ދަށުން 50 ޕަސަންޓާ ހިސާބަށް ޑިސްކައުންޓް ލިބޭ ފިހާރަތައް:
- ސޮނީހާޑްވެއާ - މާފަންނު
- ސޮނީ ހާޑްވެއާ - ހެންވޭރު
- ސޮނީ ފިޝިން - ބޮޑުތަކުރުފާނު މަގު
- ސޮނީ ހޯލްސޭލް - ބޮޑުތަކުރުފާނު މަގު
- ސޮނީ ހޯމް - މަޖީދީ މަގު
- ސޮނީ ހާޑްވެއާ - ހުޅުމާލެ
- ސޮނީ ހޯމް މެއިންޓަނަންސް - ޗާނދަނީ މަގު
ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.











