ހުޅުމާލޭ އާބަން އައިލްގައި ހަތް އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމަކަށް

ހުޅުމާލޭގައި ތަރައްގީކުރާ އާބަން އައިލް: މިއީ ޓޫރިޒަމާއި ވިޔަފާރި އާއި ދިރިއުޅުން މަސްހުނިކޮށް ތަރައްގީކުރާ ތަނެއް --- ފޮޓޯ:އާބަންކޯ

ހުޅުމާލޭގައި ތަރައްގީކުރާ އާބަން އައިލް: މިއީ ޓޫރިޒަމާއި ވިޔަފާރި އާއި ދިރިއުޅުން މަސްހުނިކޮށް ތަރައްގީކުރާ ތަނެއް --- ފޮޓޯ:އާބަންކޯ

ހުޅުމާލޭ އެންމެ އުތުރުގައި ތަރައްގީކުރާ "އާބަން އައިލް" ގައި ހަތް އިމާރާތެއް އަޅަން ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕާއެކީ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިންނެވެ.

އެގޮތުން ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުއިއްޒު އަރިހުގައި ޗައިނާއަށް ވަޑައިގެން އުޅުއްވާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ހުނާން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ކައި ޑައާންވޭ އެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެމްއޯޔޫގެ ދަށުން ހިންގަން ރާވާފައިވާ ޕްރޮޖެކްޓުގެ އަގަކީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އެވެ.

އާބަން އައިލްގެ ކޮމާޝަލް ސްޕައިން

އާބަންކޯއިން އާންމުކޮށްފައިވާ "އާބަން އައިލް"ގެ އިންވެސްޓްމަންޓު ބްރޯޝަރުގައިވާ ގޮތުގައި ކޮމާޝަލް ސްޕައިން ސަރަހައްދު ހާއްސަ ވަނީ ވިޔަފާރިތަކުގެ އިތުރުން މުނިފޫހިފިލުވާ ތަންތަނަށެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި ބްރޭންޑް އައުޓްލެޓުތަކާއި ވެލްނަސް ސެންޓަރެއް ވެސް ހުންނާނެ އެވެ.

އާބަންކޯއިން ބުނި ގޮތުގައި ގާތްގަނޑަކަށް 9500 އަކަމީޓަރުގެ އެ ސަރަހައްދުގެ އެއް ފަޅީގައި އަޅާ ހުރިހާ އިމާރާތްތަކެއް ހުންނާނީ މައިބަދަ (ސްޕައިން) ގޮތަށް ގުޅިފަ އެވެ. އެ ސަރަހައްދަށް ކޮމާޝަލް ސްޕައިންގެ ނަން ދީފައި ވަނީ އެ ކޮންސެޕްޓަށް އިމާރާތްތައް ތަރައްގީކުރަން ރާވާފައިވާތީ އެވެ.

އެ ހަތް އިމާރާތް ވެސް ހުންނާނީ ތިން ފަންގިފިލާއަށެވެ. އަދި އިމާރާތްތަކުގައި ގާތްގަނޑަކަށް 30 ވިޔަފާރި އައުޓްލެޓް ހުންނާނެ ކަމަށް އާބަންކޯއިން ކުރިން ބުނެފައި ވެ އެވެ. މި ސަރަހައްދު ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ތަރަައްގީކުރެވޭ އެންމެ ބޮޑު ސިނާއީ ސަރަހައްދަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox