ބޭނުމަކީ ރާއްޖެ ސަސްޕެންޑްވިޔަ ނުދީ މައްސަލަ ހައްލުކުރުން: ތޮލާލް

ސްޕޯޓްސް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޕޯޓްސް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގަވާފައިވަނިކޮށް، އެކަން އަދިވެސް އެފްއޭއެމް އިން ކުރިއަށްގެންދަމުން އަންނައިރު، މި ވަގުތު ފުޓްބޯޅައިގެ ހާލަތު މި އޮތްގޮތަށް ބަލާއިރު، އެންމެން މަސައްކަތް ކުރަންވީ، ފީފާގެ ސަސްޕެންޝަނެއް ނައިސް މީގެ އަށް ހައްލެއް ހޯދުމަށް ކަމަށް ތޮލާލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އިންތިހާބާ ގުޅޭ މައުލޫމާތު ސާފުކުރަން ތޮލާލް، އެފްއޭއެމް އަށް ފޮނުވި ސިޓީ އަށް އެ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ދީފައިނުވެ އެވެ. އެހެންވެ، ތޮލާލް ވަނީ ސްޕޯޓްސް މިނިސްޓްރީން ނެރުނު ބަޔާނެއް މެދުވެރިކޮށް، އެފްއޭއެމްގައި ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނާތީ، އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

އެކަމަކު، ކޮމިޝަނަރުގެ އެ އެންގުމަށް ބެލުމެއް ނެތި އެފްއޭއެމް އިން އަންނަނީ އިލެކްޓޯރަލް ކޮމިޓީ މެދުވެރިކޮށް، މި މަހު 31 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ.

އެ ގޮތުން، އިލެކްޓޯރަލް ކޮމިޓީން ވަނީ އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން (މުފާވިޒް ހާޝިމް - މުފާ އާއި އަހުމަދު ތޯރިގު - ޓޮމް) ވެލެންސިއާ އިން ތާއީދު ސިޓީ ދީފައިވާ މައްސަލައިގައި އޭއެފްސީ އާއި ފީފާގެ ލަފަޔަކަށް އަހައިފަ އެވެ.

މާދަމާގެ ނިޔަލަށް އެކަމަށް އޭއެފްސީން ލަފަޔެއް ދޭން އިލެކްޓޯރަލް ކޮމިޓީން ވަނީ އެދިފަ އެވެ.

ސަރުކާރުތަކުގެ ސިޔާސަތާއި ގައުމުތަކުގެ ގާނޫނުތަކާއި ކުޅިވަރު އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ، މި ކަންކަމުގައި ހުންނަ ފުށުއެރުންތަކެއްގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ނުފޫޒުތަކެއް ފޯރާ ކަމަށް ބުނެ، ފީފާ އިން ވަނީ މިދިޔަ ހަތަރު ވަރަކަށް އަހަރެއް ތެރޭ، ސާކް ސަރަހަައްދުގެ ތިން ގައުމެއް ސަސްޕެންޑް ކޮށްފަ އެވެ. އެއީ، އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާން އެވެ. އިންޑިއާ ސަސްޕެންޝަނުގައި އޮތީ ހަފްތާ އެކެވެ. ސްރީ ލަންކާ ހަތް މަސް ދުވަސް ސަސްޕެންޝަނުގައި ހޭދަކުރި އެވެ. ޕާކިސްތާން އަށް މިދިޔަ ފަސް އަހަރު ތެރޭ ގިނަ ފަހަރުތަކެއް މަތިން ސަސްޕެންޝަން އަ އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ތޮލާލް ވިދާޅުވީ، އެފްއޭއެމްގެ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ފީފާގެ ސަސްޕެންޝަނުގެ ވާހަކަ އަންނަ ކަމަށެވެ.

"އެހެންވީމަ މި ފަހަރުގައި ވެސް ސަސްޕެންޝަންގެ ވާހަކަ ނާންނާނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. ސަސްޕެންޑްނުވެ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެތޯ އެއީ އަޅުގަނޑުމެން ކުރަން ޖެހޭނެކަމެއް. އެ ގޮތަށް ކުރުމަށްޓަކައި، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ ކުރަމުން ގެންދާނަން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަސްޕެންޝަނަކަށް ގޮސްފިއްޔާ ދެން ކަންތައްތައް ކުރަން ވިސްނަން އެންމެ ރަނގަޅީ އެ ފަދަ ހިސާބަކަށް ގޮސްފިނަމަ ކަމަށެވެ.

"ސަސްޕެންޝަނަަކާ ހަމައަށް ގެންދަން އެސޯސިއޭޝަނުން މަސައްކަތް ކުރާ ކަމަށްވާނަމަ އެ އެސޯސިއޭޝަނަކަށް އެ ދޭން ޖެހޭ އެއްބާރުލުމަކަށް ހުއްޓުމެއް އަންނާނެހެން ހީވަނީ. ހަމަ ޔަގީނުން ވެސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން އެ ލިބެން ޖެހޭ އެއްބާރުލުމަށް ކޮންމެވެސް ވަރެއްގެ ހުއްޓުންތަކެއް އައިސްފާނެހެން ހީވަނީ،" އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ގިނަ އަހަރުތަކެއް ވަންދެން ކުރައްވާފައިވާ ތޮލާލް ވިދާޅުވި އެވެ.

"އެސޯސިއޭޝަނުން ވެސް މަސައްކަތް ކުރަންވީ ސަސްޕެންޝަނާ ހަމައަށް ދިޔަ ނުދީ މިކަން ހައްލުވެގެން ހުރިހާ އެންމެންނަށް ބައިވެރިވެގެން އެންމެންގެ ކުޅިވަރެއްގެ ގޮތުގައި ކުރިއަށްދެވޭނެ ގޮތަކަށް ކަންކަން ކުރުމަށް. އެހެންވެއްޖިއްޔާ، އިންތިހާބު ވެސް ކުރިއަށްދާނެ، ދެން ހުރި ކަންތައް ވެސް ކުރިއަށްގެންދެވޭނެ،"

ތޮލާލް ވިދާޅުވީ، އެފްއޭއެމްގައި މިހާރު ހުރި މައްސަލަތަކަކީ، 2020 ވަަނަ އަހަރު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބަށް ފަހު އަންނަ ކަންތައްތަކެއް ކަމަށެވެ. މީގެ މިހާރު އޮތް ހާލަތުން އެންމެ މުހިންމު ކަމަކީ، ކްލަބްތަކުގެ މައްސަލަ ހައްލުކޮށް، އަދި އެފްއޭއެމަށް ވެސް ދެމެހެއްޓެނިވި ބަދަލުތަކެއް ގެންނަން ޖެހޭނަމަ އެކަމެއް ކުރުން ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ކްލަބްތަކުގެ މައްސަލަ ހައްލުވެގެން އެފްއޭގެ މައްސަލަ ހައްލުކުރެވޭނީ. އެފްއޭގެ ދައުރު ހަމަވާން ހައެއްކަ މަސް އެބައޮތް އެހެންވެ، އަަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން ހިފަންޖެހޭ ހެން ހިއެއްނުވޭ. މައްސަލަތައް ހައްލުކޮށްގެން މަޑުމަޑުން ވީހާވެސް ބޮޑަށް އެންމެ އިންސާފުވެރިކޮށް މަސްލަހަތު ފުށޫނާރާނެ ގޮތަކަށް މި އިންތިހާބުގެ މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ،" ތޮލާލް ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދިފައިވާ އެސޯސިއޭޝަނެއް ކަމަށް ވާނަމަ، އެ ބަޔަކު އަމަލުކުރަން ލާޒިމްކުރާ ގާނޫނުތަކާއި ގަވާއިދުތަކާ، ހިންގާ ގަވާއިދާ، މި ހުރިހާ ކަމެއް ގެންދަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ފުޓްބޯޅަ އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތާއީދުކުރާ އެންމެ ގިނަ ބަޔަކު ލޯބިކުރާ އަދި އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރު، އެ ކުޅިވަރު އަޅުގަނޑުމެން އެބަޖެހޭ މަރުވިޔަނުދީ ދިރުވައިގެން ގެންގުޅެން. އެހެންވީމަ އެކަން އިރާދަކުރެއްވިއްޔާ ކުރާނަން،" މިނިސްޓަރެއްގެ ފެންވަރުގައި، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ފުރުއްވަމުން އަންނަ ތޮލާލް ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅެއް އެއީ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުން، އެކަން އަޅުގަނޑުމެން ކުރާނަން،"

މި ވަގުތު އެފްއޭއެމް އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނޫން އެހެން އެސޯސިއޭޝަންތަކުގެ ކަންކަން ވެސް ސްޕޯޓްސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox