މޯދީ ލަކްޝަދީޕަށް ވަޑައިގެންނެވީ ކޮން ބޭނުމަކު؟

އިންޑިޔާގެ ބޮޑު ވަޒީރު ނަހެންދުރަ މޯދީ ލަކްޝަދީފް ގައި ހަދިޔާ އަކާއި ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ/ މޯދީގެ އެކްސް

އިންޑިޔާގެ ބޮޑު ވަޒީރު ނަހެންދުރަ މޯދީ ލަކްޝަދީފް ގައި ހަދިޔާ އަކާއި ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ/ މޯދީގެ އެކްސް

މަލިކު ހިމެނޭ، އިންޑިއާގެ ލަކްޝަދީފް ގައި ސާޅީހަކަށް ރަށް އޮންނައިރު، އޭގެ ތެރެއިން މީހުން ދިރިއުޅޭ 10 ރަށުގެ ޖުމްލަ އާބާދީއަކީ ހަތް ދިހަ ވަރަކަށް ހާހެވެ. ދީނާއި ސަގާފަތުގެ ގޮތުނާއި އަދި ކުރިން އާއިލީ ގޮތުން ވެސް ދިވެހިންނާ ގުޅިފައިވާ، މަލިކުގައި ދިވެހި ބަހުން ވާހަކަ ދެއްކާއިރު، އަނެއް ނުވަ ރަށުގައި ވެސް ދިރިއުޅެނީ މުސްލިމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފާއިތުވެދިޔަ ހަފުތާގައި ދެ ދުވަހުގެ ދަތުރެއްގައި ލަކްޝަދީފް އަށް ވަޑައިގަތީ، އެ މަނިކުފާނު އެ ސަހަރައްދުގެ ރައްޔިތުންނަށް ވައުދުވެވަޑައި ގެންފައިވާ ގިނަ ކަންތައްތަކެއް ފައްޓަވައި ދެއްވުމަށައި ބައެއް ވަދުތައް ހާސިލުވިކަން ފާހަގަ ކުރެއްވުމަށެވެ.

ޖެނުއަރީ 2، އަދި ޖެނުއަރީ 3، ވަނަ ދުވަހު، ކުރެއްވި އެ ދަތުރުފުޅުގައި 1،156 ކްރޯޑް ނުވަތަ 139 މިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓުތަކެއް ލަކްޝަދީފްގެ ކަރަވައްތީގައި ފައްޓަވައި ދެއްވި އެވެ. އެއީ 11،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ، 4.2 އަކަކިލޯ މީޓަރުގެ ރަށެވެ. ލަކްޝަދީފްގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ރަށެވެ.

ކަރަވައްތީގައި މޯދީ ފައްޓަވައި ދެއްވީ ޓެކްނިލޮޖީ އާއި ފެނާއި ހަކަތަ އާއި ބޭސްފަރުވާ އަދި ތައުލީމާ ގުޅޭ ކަންކަން ތައްގީ ކުރެއްވުމަށް ހިންގޭ ޕްރޮޖެކްޓް ތަކެކެވެ.

މީގެ ތިން އަހަރު ކުރިން 2020 ވަނަ އަހަރު، މޯދީ އޮތީ 1،000 ދުވަހުގެ ތެރޭގައި ލަކްޝަދީފް އަށް ފާސްޓް އިންޓަނެޓް ފޯރުކޮށްދޭން ވައުދުވެ ވަޑައިގެންފަ އެވެ. އެހެންކަމުން ކެރެލާގެ ވެރިރަށް ކޮޗީ އާއި ލަކްޝަދީފްގެ ރަށްތަކާ ދެމެދު ފައިބާ އޮޕްޓިކް ސަބްމެރީން ކޭބަލްގެ ހިދުމަތް މޯދީގެ ދަތުރުފުޅުގައި ފައްޓަވައި ދެއްވި އެވެ.

މޯދީގެ ދަތުރުގައި، ލަކްޝަދީފްގެ މީހުނަށް ހައްޖާއި އުމްރާ އަށް ދިއުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދެއްވިކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. މިގޮތުން ވިސާގެ ކަންކަން ފަސޭހަ ކުރުމާއި އޮންލައިންކޮށް ވިސާ ލިބޭނެ ގޮތް ހަމަޖެހުމާއި މަހުރަމަކާއި ނުލައި އަންހެނުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައި ދެވުނު ކަމަށް މޯދީ ވިދާޅުވި އެވެ.

"މި ކަންކަމުގެ ސަބަބުން އިންޑިއާ އިން އުމްރާ އަށް ދާ މީހުންގެ އަދަދު ފާހަގަ ކުރެވޭ ވަރަށް ވަނީ އިތުރުވެފައި،" މޯދީ ވިދާޅުވި އެވެ.

ލަކްޝަދީފް ދަތުރުގައި ކުރެއްވި ބައެއް އިތުރު ކަންތައްތައް

  • - ސްލޫކް ކުދިންނަށް ލެޕްޓޮޕައި ބާސްކަލް ހަދިޔާ ކުރެއްވުން
  • - މަސްވެރިންނާއި ދަނޑުވެރިނަށް ކްރެޑިޓް ކާޑު ދޫކުރެއްވުން
  • - ލޮޖިސްޓިކް ހަބަކަށް ލަކްޝަދީފް ހެދުމުގެ ވަހާކަ ދެއްކެވި
  • - ގޭގެ އަށް ސާފު ބޯފެން ދިނުމުގެ ޕްރޮޖެކްޓް ބާރަށް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި
  • - ލަކްޝަދީފްގެ މަސް އެކްޕޯޓްކުރުން ފުޅާކުމުގެ މުހިންމުކަން ފާހަގަ ކުރެއްވި
  • - ދަޅުގައި މަސް ބަންދުކުރަން ފެށުމުގެ މުހިންމުކަން ފާހަގަ ކުރެވި
  • - މޫދުވިނަ އާލާ ކުރުމުގެ ފުރުސަތުތައް ބެލުމަށް ނިންމެވި

މުޅި ދުނިޔެ އަށް މޯދީ ލަކްޝަދީފް ދައްކާލެއްވުން

"ލަކްޝަދީފް ގެ ރީތިކަން ދެކޭ ހިސާބުން، ދުނިޔޭގެ އެހެން މަންޒިލުތައް ފަނޑުވާނެ،" މޯދީ ވިދާޅުވި އެވެ.

ލަކްޝްދީފް ގެ ރަށެއްގެ އަތިރި މަތީގައި އިންޑިއާގެ ބޮޑު ވަޒީދު ނަހެންދުރަ މޯދީ ސޯފާ އެއްގައި އިށިނގދެ ވަޑަިގެން -- -- ފޮޓޯ/ މޯދީގެ އެކްސް
ލަކްޝްދީފް ގެ ރަށެއްގެ އަތިރި މަތީގައި އިންޑިއާގެ ބޮޑު ވަޒީދު ނަހެންދުރަ މޯދީ ސޯފާ އެއްގައި އިށިނގދެ ވަޑަިގެން -- -- ފޮޓޯ/ މޯދީގެ އެކްސް

ލަކްޝްދީފް ގެ ރަށެއްގެ އަތިރި މަތީގައި އިންޑިއާގެ ބޮޑު ވަޒީދު ނަހެންދުރަ މޯދީ ސޯފާ އެއްގައި އިށިނގދެ ވަޑަިގެން -- -- ފޮޓޯ/ މޯދީގެ އެކްސް

އެ ގައުމެއްގެ ރީތިކަން ދުނިޔެ އަށް ދައްކާލުމަކީ ކޮންމެ ވެރިއަކު ވެސް ބޭނުންފުޅު ވާނެ ކަމެވެ. ލަކްޝަދީފް ގެ ހިތްގައިމު ދޮންވެލި ގޮނޑުދޮށްތަކުގެ ފޮޓޯ މޯދީ ބުދަ ދުވަހު އެކްސްގައި ހިއްސާ ކުރެއްވުމުން، ނުވަ ވަނަ އަށް އިންޑިއާ އިން ގޫގުލްގައި ސާޗު ކުރި ބަހަކަށް ލަކްޝަދީފް ވި އެވެ.

މިހާރު ވެސް ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަ ލަކްޝަދީފް އަށް ބޭރު ގައުމުގެ 4،000 މީހުން 2022 ވަނަ އަހަރު ޒިޔާރަތް ކުރިއިރު، އެ އަދަދު މިދިޔަ އަހަރު އެއް ލައްކަ އަށް އެރި އެވެ.

ޓޫރިޒަމްގައި ހަރަކާތްރިވާ އިންޑިއާގެ އެންމެ ބޮޑު ކުންފުނި، އިންޑިއަން ހޮޓެލްސް ކޮމްޕެނީ އިން، ލަކްޝަދީފްގެ ދެ ރަށެއްގައި ތާޖު ބްރޭންޑުގެ ދެ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ފަށައިފަ އެވެ. ރާއްޖޭގެ ރިސޯޓުތަކާއި އެއްގޮތަށް ވޯޓާ ވިލާ ހިމެނޭ މި ދެ ރިސޯޓް ހުޅުވަން ހަމަޖައްސާފައިި ވަނީ 2026 އަހަރު އެވެ.

މޯދީ ވިދާޅުވީ ލަކްޝަދީފްގައި ބޭއްވި ޖީ20 ގެ ބައްދަލުވުމުގެ ސަބަބުން، މުޅި ދުނިޔެއަށް އެތަން ފާހަގަ ކުރެވިއްޖެ ކަމަށާއި، ލަކްޝަދީފް އަށް ހާއްސަ ޓޫރިޒަމް މާސްޓަ ޕްލޭނެއް މިހާރު ހަދަމުން ގެންދާ ކަމަށެވެ.

"ކްރޫސް ލައިނާ ތަކަށް މުހިންމު މަންޒިލަކަށް ލަކްޝަދީފް ވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.

މޯދީ އެދިވަޑައިގަތީ އިންޑިއާގެ ރައްޔިތުން ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރަން ދިޔުމުގެ ކުރިން އިންޑިއާގެ 15 މަންޒިލަކަށް ފުރަތަމަ ޒިޔާރަތް ކުރުމަށެވެ.

ޗަރުކޭސް ބޮޑު ކުރީ އިންޑިއާ މީޑިޔާ އިން

ކުރީގެ ރައީސް އަބަދުﷲ ޔާމިން އިސްނަންގަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯއްދެވުމަށް ހިންގެވި އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން، މުއިއްޒަކީ ޗައިނާގެ ޕަޕެޓެއްގެ ގޮތުގައި އިންޑިއާގެ މީޑިޔާތަކުން ސިފަކުރަމުން ގެންދިޔަ އެވެ. އިންޑިއާ ނޫސް ތަކުގައި މުއިއްޒު އާއި ގުޅޭ ގޮތުން ހުންނަ ލިޔުންތަކަށް، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ، އިންޑިއާ މީހުން ކޮމެންޓް ފާޅުކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެ އަށް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް އިންޑިއާ ވި އެވެ. މޯދީގެ ލަކްޝަދީފް ފޮޓޯ ވެގެން ދިޔައީ، ކޮމެންޓް ފާލުކުރަމުން ދިޔަ ފަރާތްތަކުން ބޭނުންވާ ގޮތަށް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ކެމެޕޭނެއް ހިންގާލުމަށް، ލިބުނު ރަނުގެ ފުރުސަތަކަށެވެ. ރާއްޖޭގެ ޓޫރިޒަމް ބޮޑު ނުރައްކަލަކަށް މިކަން މިވީ، އިންޑިއާ އައުޓް ކެމްޕޭނު ހިންގުމުގައި ބައިވެރިވާ ސަރުކާރުގެ ބައެއް އިސްވެރިން، ވަދެވެނީ ކިހާވަރެއްގެ ކަމެއްގެ ތެރެއަށް ކަން ނޭނގި ދުންއަރަމުން ދިޔަ މޯލްޑިވްސް ބައިކޮޓް ކެމްޕޭނުގައި ހުޅު ޖެހުމުން ކަމަށް ބައެއް މީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox