މިއަދު މުޒާހަރާއާ ދެކޮޅަށް ވާހަކަ ދެއްކިޔަސް ވެރިކަމަށް އައީ އިންޑިއާ އައުޓޭ، ހަރާމް ހުކުމޭ ކިޔައި މުޒާހަރާ ކޮށްގެން: ފިއްޓޭ

 ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: އޭނާ ވިދާޅުވީ ވެރިކަމަށް އައީ އިންޑިއާ އައުޓޭ، ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: އޭނާ ވިދާޅުވީ ވެރިކަމަށް އައީ އިންޑިއާ އައުޓޭ، ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްވެ އުޅުމާއި މުޒާހަރާ ކުރުމާ ދެކޮޅަށް މިއަދު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކިޔަސް އެ ޕާޓީން ވެރިކަމަށް އައީ އިންޑިއާ އައުޓް އަދި ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެ ގާނޫނު އޮންނަން ޖެހޭ ކަމަށާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

އެ ކަމަށް ރައްދު ދެއްވާ ޒިޔާދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅުން ކުރި ބޮޑެތި މުޒާހަރާތައް ކަމަށެވެ. އޭރު މުޒާހަރާ ކުރި މީހުންނަށް ދައުވާ ނުކުރާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

Advertisement

"އެ ދުވަހު ކުރި ބޮޑެތި މުޒާހަރާތަކުގެ ނަތީޖާ އަކީ އިއްޒަތްތެރި ރައީސް ތި ގޮނޑީގައި އިންނެވުން. އެ އިންޑިއާ އައުޓް އާއި އެ ހަރާމް ހުކުމުގެ ބޮޑު މުޒާހަރާގެ ސަބަބުން ތި ހިސާބަށް އާދެވުނީ، ނަމަވެސް މިއަދު މި އިއްޒަތްތެރި މެންބަރުން އެ ދުވަސް ހަދާނެއް ނެތް،" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވާ ވާހަކަ ދެއްކެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރީ ހަރާމް ހުކުމެއް ކަމަށް މީގެ ކުރިން ވިދާޅުވި ޕީއެންސީގެ މެންބަރުންނަށް މިއަދު އެ ހުކުމް ހަލާލު ވެއްޖެ ކަމަށް ވިދާޅުވެ ޒިޔާދު ވަނީ ބާރު ލިބޭ ދުވަހު ޕީއެންސީ ފިކުރަށް އަބަދު ވެސް މާޒީ ހަނދާން ނެތޭ ކަން ފާހަގަކުރައްވާފަ އެވެ.

މިއަދު އެމްޑީޕީން މަސައްކަތް ކުރަނީ ވެރިކަމުގައި ތިބެ މި ގާނޫނު އުވާނުލައި ހެދުނު ގޯސް ރަނގަޅު ކުުމަށް ކަމަށް ޒިޔާދު ވެސް ވަނީ ވަނީ ވިދާޅުވެފަ އެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް ނަސީމެވެ.

"ވަރަށް ފަހުން އެޓާނީ ޖެނެރަލް ވަޑައިގެން ވިދާޅުވިހެން. ބަންޑާރަނައިބު ވިދާޅުވިހެން މީގަ މައްސަލަތަކެއް އެބަހުއްޓޭ. ރައީސުލްޖުމްހުރިއްޔާ ވެސް ވިދާޅުވަނީ [އެއްވެ އުޅުމުގެ ހައްގު] އަދިވެސް ފުޅާކުރާނަމޭ. ދެން މިކަން ނުކުރަންވި ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ޒިޔާދު ވިދާޅުވި އެވެ.

މި ބިލު ހުށަހެޅުއްވި މީކާއިލް މިއަދު ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކު ކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.

އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ އަމަލު ކުރަންޖެހޭ ގާނޫނެއް ނޫން ކަމަށެވެ. އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓުމަށް ފާސްކުރި އެ ގާނޫނު އުވައިލުމަކީ 2018 ގައި ވެރިކަމަށް އައި އެމްޑީޕީގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެހެންނަމަވެސް ވެރިކަން ނިމުމާ ހަމައަށް ވެސް އެ ގާނޫނު އުވާލައިފައެއް ނުވެ.

އެމްޑީޕީގެ ވެރިކަމުގައި އެ ގާނޫނަށް އަމަލު ކުރާތީ، އެކަމަށް ވަރަށް ބޮޑަށް މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން، ފާޑުވިދާޅުވަމުން ގެންދެވި އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް ވެސް އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox