އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ މަޖިލީހުގައި "ތާށިވެފައި" އޮންނަތާ ދޮޅު އަހަރު

 އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާއެއްގައި އޭރު މާލޭ މޭޔަރު މުއިއްޒު "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓުގައި.

އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާއެއްގައި އޭރު މާލޭ މޭޔަރު މުއިއްޒު "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓުގައި.

ކުރީގެ ސަރުކާރުން އިންޑިއާއާއެކު ހެދި އަސްކަރީ އަދި ސްޓްރެޓީޖިކް އެއްބަސްވުންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލަ، އެއްވެސް ކުރިއެރުމެއް ނުލިބި ތާށިވެފައި އޮންނަތާ ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ޖޫން 10، 2024 ގައި ހުށަހެޅުއްވި މި މައްސަލަ ބެލުމަށް އެ ދުވަހު ކޮމިޓީން ނިންމައި ހަތަރު މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވައިލިއެވެ. އެ ކޮމިޓީން ބަލަން ނިންމާފައިވަނީ ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅު އަދި ޑޯނިއާ މަތިންދާ ބޯޓާ ގުޅޭ އެއްބަސްވުންތަކުގެ މައްސަލައެވެ.

މި މައްސަލަ ބެލުމަށް އެކުލަވައިލި ސަބް ކޮމިޓީގައި ތިއްބަވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަދި މައްސަލަ ހުށަހެޅުއްވި އަހްމަދު އަޒާންއެވެ.

މި މައްސަލަ މަޖިލީހުގައި ތާށިވެފައި އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އަދަދު ނޫހާ ވާހަކަ ދެއްކެވި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް އެހެން ވިދާޅުވި އެވެ.

"މި މައްސަލަ ހުށަހެޅިކަން އެނގިވަޑައިގެންނެވުމުން ރާއްޖޭން ބޭރުގައި ހުންނަވާފައި ރައީސް ގުޅުއްވި. އެ މަނިކުފާނު ކަންބޮޑުވުން އޮތް އެކަން އެގޮތަށް ކުރެއްވީމަ. އެހެންވެ، މައްސަލަ ހުއްޓިފައި އެ އޮތީ،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

"އެ ނޫން ކޮން ކަމެއްތޯ ދެން އޮންނާނީ. މަޖިލީހުގެ ގަވާއިދުން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް އެއީ. ރައީސް ބޭނުންފުޅުވާ އެހެން ކަންކަން އެބަ ހިނގާ. މި މައްސަލަ ނުހިނގާ އޮތީ."

މި މައްސަލަ ހުށަހެޅުއްވި ދުވަހު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިން އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ މިނިވަންކަމަށް އުނިކަން އަންނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ސަރުކާރު ހޯދަން ދެއްކި ވާހަކަތައް ތަހުގީގު ކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެއްބަސްވުންތައް ހާމަކުރާނެ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ ވާގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކުރާނެ ކަމަށް މުއިއްޒުގެ ސަރުކާރުން ބުނި ނަަމަވެސް އެއްވެސް އެއްބަސްވުމެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ގާއިމުކޮށްފައި އޮތް އިންޑިއާގެ އަޝްކަރިއްޔާ ބޭރުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވި ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޔުނިފޯމު ލައިގެން ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެނައުމަށް މުއިއްޒު އެއްބަސްވީ އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސްގެ މުވައްޒަފުންނެވެ.

މިއީ މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތް ކަމަށް ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ.

ދިވެހި ގައުމުގެ އެންމެ ވެލިފުކަކަށްވެސް ގެއްލުންވާފަ އެއްބަސްވުމެއްގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ސޮއިކޮށްފާ ނުވާނެ ކަމަށާއި އެއްބަސްވުންތައް ހާމަކުރަން ނުކުރޭ ސަބަބަކީވެސް އެއީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެ އެވެ.

މި ސަރުކަރުން ވެސް އިންޑިއާއާއެކު އާ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުންތައް ވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox