އިންޑިއާގެ ސަރުކާރާ އެއްވެސް މައްސަލައެއް ނުޖެހޭ، ގުޅުން ރަނގަޅު: ފޮރިން މިނިސްޓަރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު; އިންޑިއާ ސަރުކާރާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު; އިންޑިއާ ސަރުކާރާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ސަރުކާރާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިއެކޭ އެއް ގޮތަށް ބަދަހިކޮށް އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ޓްވީޓް ކުރައްވައި، އިންޑިއާއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ.

މި މައްސަލާގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދެވެ.

މިއަދުގެ ކެބިނެޓު ބައްދަލު ވުމަށް ފަހު، ރައީސް އޮފީހު ބޭރުގައި "އަދަދު" ނޫހަށް ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ސަރުކާރުގެ ސްޓޭންޑު ސާފުކޮށް މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާނެ ކަމަށެވެ.

"ސަރުކާރުން މިހާރު ދަނީ، އަޅުގަނޑުމެން ތެރެއިން އެ ގޮތަށް ހިޔާލު ފާޅުކުރި އޮފިޝަލުންނަށް ފިޔަވަޅު ވެސް އަޅަމުން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، އިންޑިއާގެ ސަރުކާރުން އެފަދަ އެއްވެސް ކަންބޮޑުވުމެއް ވެސް ފާހަގަކޮށްފައި ނުވާ ކަމަށާއި އިންޑިއާގެ ސަރުކާރާ އެކު ގުޅުން ވަރަށް ބަދަހިކޮށް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން ދެ ގައުމު ހަމަ ވަރަށް އެކުވެރިކޮށް ގުޅުން ބަދަހިކޮށް، ދެ ގައުމުން އެއް ގައުމުން އަނެއް ގައުމުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންތަކާ ގުޅޭ ގޮތުން ހަމަ ވާހަކަ ދެކެވެމުން އަދިވެސް އެބަ ދޭ،" ޒަމީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު، އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާއިރު އިންޑިއާއަށް ވެސް ރައީސް ވަޑައިގަންނަވާނެ ކަމަށް ޒަމީރު މިއަދު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން ވެރިކަމަށް ވަޑައިގެން އާންމުކޮށް ފުރަތަމަ ރަސްމީ ދަތުރުފުޅު އޮންނަނީ އަވައްޓެރި އިންޑިއާއަށެވެ. ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު މި ކުރައްވަނީ ޗައިނާއަށެވެ.

ރާއްޖެއަށް އައުމުގެ ބަދަލުގައި ލަކްޝަދީޕު ހިޔާރު ކުރުމަށް ގޮވާލައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ޕޯސްޓެއް ކޮށްފަ އެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މޯދީއަށް މަލާމާތް ކުރުމުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރްއެމްގެ ލީޑަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްއަކީ އިދިކޮޅުގައި އޮތް އިރު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ހިންގި ބަޔެކެވެ. އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ކަމަށް، އިންޑިއާ ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox