މާލޭގެ މިސްކިތްތައް ބަލަހައްޓަން މިސްކިތަށް އަރާ ހަރު މީހުން ހިމެނޭ ކޮމިޓީއެއް އުފައްދަން ސައިފް ހުށަހަޅުއްވައިފި

މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް: ސައިފް ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް: ސައިފް ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ މިސްކިތްތައް ބަލަހައްޓަން, އެ މިސްކިތަށް އަރާ ހަރު މީހުން ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލަން, މާލޭ މޭޔަރު ކަމަށް ކުރިމަތިލާފައިވާ މުހައްމަދު ސައިފް ފާތިހް ހުށަހަޅުއްވައިފި އެވެ.

ރޭ ސަންގު ބަހުސްގައި ސައިފް ވިދާޅުވީ މިސްކިތްތައް ބެހެލެއްޓުމަކީ ފުލުހުން ލައިގެން ފޯރިމަރައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި, އެކަން ކުރެވޭނީ އިހުގައި އެކަން ކުރިހެން މުޖުތަމައުގެ އިސްނެގުމާއެކު ހިތު ލޯބިން ކަމަށެވެ.

"އެތަންތަނަކީ އަޅުގަނޑުމެން ޒަމާނުއްސުރެ ނެއިބަހުޑުން ބަލަހައްޓަމުން ދިޔަ އަޅުގަނޑުމެންގެ ހިތު ލޯބިން, އަޅުގަނޑުމެންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން, ހިސާބުގަނޑު މީހުން ބަލަހައްޓަމުން އައި ތަންތަން." ސައިފް ވިދާޅުވި އެވެ.

މިހާރު މިސްކިތްތައް ބަލަހައްޓަމުން ދަނީ ކޮންޓްރެކްޓް އުސޫލުން ސާފުކުރާ ކުންފުނިތަކަށް ދޫކޮށްގެންކަން ފާހަގަކޮށް ސައިފް ވިދާޅުވީ, އެކަން ކުރަން ބޭރު ބަޔަކަށް ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި އެކަން ކުރާނީ ކައުންސިލުގެ މުވައްޒަފުންނާއި ބަޖެޓަކާ އެކު، މުޖުތަމައުގެ ބައިވެރިވުމާ އެކު ކަމަށެވެ.

މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރަން ސެކިއުރިޓީ ވެސް ހުންނަންޖެހޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިހާރު އޮތް ގޮތުން ނަމަ މިސްކިތްތަކުގައި މުޖުތަމައުގެ ދައުރު ކުޑަ ކަމަށެވެ. އެހެންކަމުން އޭނާ ހުށަހެޅުއްވީ މުޖުތަމައުގެ ބައިވެރިވުމާއެކު ކޮންމެ މިސްކިތަކަށް ވެސް އަރާ ހަރުއުމުރުގެ މީހުން ހިމެނޭ ގޮތަށް މިސްކިތް މެނޭޖު ކުރުމަށް ކޮމިޓީއެއް ސިޓީ ކައުންސިލުން އުފެއްދުމަށެވެ.

"އެ މިސްކިތަށް އަރާ މީހުން މިސްކިތަށް ހުންނަ ލޯތްބެއް އެހެން މީހުން ނުހުންނާނެ. އެ މީހުންނަށް ފެންނަ ތަންތަނެއް އެހެން މީހުންނަކަށް ނުފެންނާނެ. އެ މީހުންނަށް ތަން މުޑުދާރުވީމަ އެވާ އުނދަގުލެއް އެހެން މީހުންނަކަށް ނުވާނެ." އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރަކަށް ހުންނެވި ސައިފް ވިދާޅުވީ މިސްކިތްތަކަކީ އިލްމާއި އިޖުތިމާއީ ގުޅުމުގެ ސެންޓަރުތަކަކަށް ބަދަލުވާންޖެހޭ ކަމަށެވެ. އަދި އެތަންތަނުގައި މާލޭގެ އަހުލުވެރިންގެ ދަރިންނަށް ހިލޭ ގުރުއާން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްކިތްތައް ފަޅު ފިލީމައި އެތަނުގައި ނުސިޔާނު ކަންތައްތައް ކުރުން ދުރުވާނެ, އެކަމުން ސަލާމަތް ވެވޭނެ." މިސްކިތްތަކުގެ ފާހަނަތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލައަށް އިޝާރާތް ކުރައްވަމުން ސައިފް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މިމަހު 13، ގަ އެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ސައިފްގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް އާއި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި އާއިޝަތު އާޒިމާ ޝަކޫރު އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއެއިބު އަލީ އާއި ހުސައިން ވަހީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox