އެފްއޭއެމް ދެ ވަނަ ޑިވިޝަން: އެލްޓީ ބަލިކޮށް މަސްއޮޑި ދެ ވަނަ ބުރާ ގާތަށް

މަސްއޮޑި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ؛ އަބްދުﷲ އިޔާން/ އަދަދު

މަސްއޮޑި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ؛ އަބްދުﷲ އިޔާން/ އަދަދު

އެލްޓީ ސްޕޯޓްސް ކުލަބް، 4-0 އިން ބަލިކޮށް މަސްއޮޑި ސްޕޯޓްސް ކުލަބުން އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމާ ގާތައް ޖެހިލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މަސްއޮޑިން ކާމިޔާބުކުރީ އެ ޓީމުގެ ފުރަތަމަ މެޗެކޭ އެއްގޮތަށް ފަސޭހައިންނެވެ. މަސްއޮޑިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބްވެސް ބަލިކުރީ މި ނަތީޖާއިންނެވެ. އެހެންވެ، މަސްއޮޑި މި ވަގުތު ފަސް ޓީމު ހިމެނޭ މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާ އެކުގަ އެވެ. އަދި ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް މަސްއޮޑިއަށް ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.

މަސްއޮޑި ޓީމަށް ލަނޑު ޖަހައިދިނުމަށް ފަހު އެޑޫ އުފާފާޅުކުރަނީ: އެޑޫ އަކީ ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން މޮޅަށް ކުޅުނު ކުޅުންތެރިއެއް.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މުޅި މެޗު ކަހަލަ ގޮތައް މަސްއޮޑިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި މަސްއޮޑިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)ގެ އެހީތެރިކަމާ އެކު އައްޒާމް އަބްދުالله (އެޑޫ) އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި މަސްްއޮޑިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. ބިދޭސީ ކުޅުންތެރިޔާ ޖޮހޮނޯފް ޝަރުދޯފް ނަގާދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮޑިލީ ފީލިކްސް އެވެ. މި ގޯލަށް ފަހު ވެސް މަސްއޮޑީގެ އިއްބެ އާއި އަބްދުالله ޒިޔާން (ޖަންކީ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.

މަސްއޮޑި އާއި އެލްޓީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މަސްއޮޑި އާއި އެލްޓީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މަސްއޮޑި އާއި އެލްޓީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މި މެޗުގެ ދެ ވަނަ ހާފު ފަށައިގެންވެސް މަސްއޮޑިން ގިނަ އެޓޭކުތަކެއްކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ.

އެކަމަކު އެލްޓީގެ ކެޕްޓަން، ތަޖުރިބާކާރު ކުޅުންތެރިޔާ، އާދަމް ލަރީފް (ރޮނާ) ވަނީ މަސްއޮޑީގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ދެ ވަނަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މަސްއޮޑީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް އާޒިމް އެވެ. އަދި އިތުރު ވަގުތުގައި އެލްޓީގެ ރޮނާ އެ ޓީމުގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއިން މަސްއޮޑީގެ ހަތަރު ވަނަ ލަނޑު ޖަހާދިނީ ސޮއްޑޯވް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބް ކުޅޭނީ ކްލަބް ޓީނޭޖްއާ އެވެ. ބީޖީ ވަނީ ފުރަތަމަ މެޗުން ޓެންޓް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox