ވިކްޓަރީގެ އެނބުރި އައުމަކީ ބުރަ މަސައްކަތުގެ ނަތީޖާއެއް

Feb 16, 2024, 4:13 AM
ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު އާދަމް: އޭނާ އަކީ ޓީމު މި ހިސާބަށް ގެނައުމުގައި އިސް މަސައްކަތެއްކުރި ފަރާތެއް.--- ފޮޓޯ: އަދަދު

ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު އާދަމް: އޭނާ އަކީ ޓީމު މި ހިސާބަށް ގެނައުމުގައި އިސް މަސައްކަތެއްކުރި ފަރާތެއް.--- ފޮޓޯ: އަދަދު

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ރާއްޖޭގެ ފުރަަތަމަ ޑިވިޝަނަށް ހަަތަރު އަހަރެއްހާ ދުވަހަށް ފަހު އެނބުރި އައުން މިއީ ގިނަ ބަޔެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު، މުހައްމަދު އާދަމް ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު، 15:30 ގައި އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފައިނަލް ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާ ވިކްޓަރީ އާއި މަސް އޮޑި ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެެވެ.

މާލީ އަދި އެޑްމިނިސްޓްރޭޝަންގެ މައްސަލަތަކާ ހެދި، އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2020 ވަނަ އަހަރު އެވެ.

"ހަގީގަތުގައި، ވިކްޓަރީގެ ފޭނުން ވަރަށް އުފާވާނެ، ހަމަގައިމު ވެސް މީގެ ކުރިން ކުޅުނު ކުޅުންތެރިން ވަރަށް އުފާވާނެ. ދެން އޭގެ އިތުރުން ދިވެހި ފުޓްބޯޅަ އަށް ވެސް ރަނގަޅަކަށް ވެގެންދާނެ، މި ވަރުގެ ބޮޑު ކްލަބެއް އެނބުރި އައުން. ދެން އަމުދުން މި ކަހަަލަ ހާލަތެއްގައި، ސިޓުއޭޝަނަކީ ފުޓްބޯޅަ މާ ރަނގަޅު ދުވަސްކޮޅެއް ނޫން ފުޓްބޯޅައިގައި ހިނގަމުން މިދަނީ. ދެ އަހަރެއްގައި ކުރި ބުރަ މަސައްކަތުން އާ މެނޭޖްމަންޓަކުން މި ވިކްޓަރީ އަނބުރާ ގެނެސްދިނުމަކީ، ފުޓްބޯޅަ އަށް ކޮށްދިން ވަރަށް ބޮޑު މަސައްކަތެއް ކަމަށް ދެކެނީ،" ކުރިން ވިކްޓަރީ އަށް ކުޅެ ފަހުން އެ ޓީމަށް ކޯޗުކަން ވެސް ކޮށްދިން މުހައްމަދު ބުންޏެވެ.

"ހަގީގަތުގައި މިހާރު ނަމެއް ނޫން ފުޓްބޯޅަ ކުޅެނީކީއެއް. ވިކްޓަރީ އޭ ބުނީމަ އެނގޭނެ، ވިކްޓަރީ ޖޯޒީ ލައިގެން ނާރާނެ ދަނޑުމައްޗަށް އެހެން ބައެއް،"

މުހައްމަދު ބުނީ، ފައިނަލުގައި ވިކްޓަރީއާ ދެކޮޅަށް ކުޅޭ މަސް އޮޑި ޓީމުގައި ވެސް ތިބި ކުޅުންތެރިންނަށް ބަލާއިރު، މޮޅު ކުޅުންތެރިން ކަމަށެވެ.

ކުއާޓާ ފައިނަލުގައި، ކުޑަހެންވޭރު ޔުނައިޓެޑް އަތުން ވިކްޓަރީ މޮޅުވިއިރު، އެ މެޗުގެ ފަހުކޮޅުގައި ހިނގާދިޔަ ކަންތައްތައްތަކުގެ ސަބަބުން، ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަސީޗޭފް ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ، ވިކްޓަރީން ސެމީގައި އަނަޓޯލީ ނުލައި ކުޅެ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެފަ އެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ އެ ތަން (އަނަޓޯލީ ނެތްތަން) ދެއްކިހެނެއް އެންމެ ފަހުން ކުޅުނު މެޗުގައި، އެ ގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް ވަކި ޑިސެޑްވާންޓޭޖެއް ނެތް. ކޮންމެ ބަޔަކާ ކުޅެން ޖެހުނަސް، މި ސީޒަން ވަރަށް ރަނގަޅަށް މި ދަނީ އެއްވެސް ބައެއް އަތުން ބަލިނުވެ. މި ޕޭސްގައި ނިންމާލާނެ ކަމަށް އުންމީދު ކުރަނީ،" މުހައްމަދު ބުންޏެވެ.

ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްކުރަން އެންމެ ފުރަތަމަ އިސް ނެގި އެއް ފަރާތަކީ މުހައްމަދު އެވެ. އެ ގޮތުން، 2022 ވަނަ އަހަރު އެ ޓީމު ސަސްޕެންޝަނުން ސަލާމަތްކުރުމަށް ފަހު، އެ ސީޒަނުގެ ދެ ވަނަ ޑިވިޝަނާ ދެމެދު މާ ވަގުތެއް ނެތުމުން، ދަރަނި ދައްކާފައި ރަނގަޅު ޓީމެއް ހެދުން ވީ އުނދަގޫ ކަމެއް ކަމަށް މުހައްމަދު ވަނީ ފާހަގަކޮށްފަ އެވެ.

"ފުރަތަމަ ޓީމު ނެރެންްވެގެން، ދައްކަން އޮތް ދަރަނި ދައްކާފައި ކުޅުންތެރިން ހޯދަން ނުކުތްއިރު މާކެޓްގައި ކުޅުންތެރިންނެއް ނެތް. ވަރަށް މަދު ކުޅުންތެރިއެއް ތިބީ، އޭގެ ތެރެއިން ވަރަށް މަދު ކުޅުންތެރިންނެއް ލިބުނީ. ބޭރުން ގެންނަން ކުޅުންތެރިންނަށް ބެލީއިރު ވެސް މުއްދަތެއް ނުލިބުނު، ޗޫސް ކޮށްގެން ކުޅުންތެރިން ގެންނަން ވަރަށް އަވަސް އަރުވާލާފައި ކުޅުންތެރިން ގެނެސްގެން ކުޅުނީ،" 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ވިކްޓަރީ އަށް ދިމާވި މައްސަލަ އަށް އަލިއަޅުވާލައި، މުހައްމަދު ފާހަގަކުރި އެވެ.

މުހައްމަދު ބުނީ، އެ ފަހަރުގެ ދެ ވަނަ ޑިވިޝަން ނިމުމާ އެކު، މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފެށި ކަމަށެވެ. އެ ގޮތުން، ފުރަތަމަ ވެސް ގެނައީ، ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު، ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ވިކްޓަރީގެ ކުރީގެ ކެޕްޓަން މުހައްމަދު އުމެއިރު ކަމަށެވެ.

"އަޅުގަނޑާ އެކު ފުޓްބޯޅަ އެކެޑަމީއެއްގެ މަސައްކަތް ކުރާ މާޑޭއާ އެކީގައި އަޅުގަނޑުމެން ޓީމެއް ހަދައިގެން، އަޅުގަނޑުމެންގެ ޖެނެރަލް ސެކްރެޓަރީ ރަމީއާ އަދި އެޑްމިނިސްޓްރޭޝަން ސައިޑްގައި އުޅޭ ހަސަންއާ އަޅުގަނޑުމެން ޓީމެއް ހަދައިގެން، ސިލެކްޝަން ހަދަމުން ޑިޕާޓްމަންޓްތަކަށް ކުޅުންތެރިން ކުރިއާލާ އޭރުއްސުރެ ވާހަަކަ ދައްކަމުން މި ސީޒަނަށް އައިއިރު ތައްޔާރުވެވިއްޖެ،" މުހައްމަދު ބުންޏެވެ.

"ދެ ވަނަ ޑިވިޝަނަށް އެކަންޏެއް ނޫން، އެފްއޭ ކަޕާ ވެސް އެއްކޮށް، ކަންދިމާކުރި ގޮތުން އެފްއޭ ކަޕް ނުބޭއްވުނު. ތައްޔާރުކުރި ޓީމަކީ އެފްއޭ ކަޕަށް ވެސް އަމާޒުކޮށް ތައްޔާރުކުރި ޓީމެއް،"

ސްރީ ލަންކާގައި ވެސް ފުޓްބޯޅައިގެ މަސައްކަތްތަކެއް ކުރި މުހައްމަދު ބުނީ، ވިކްޓަރީގެ މެނޭޖްމަންޓުން ދުރާލާ ވި ތައްޔާރުވުމުގެ ރަނގަޅު ނަތީޖާ ދަނޑުމަތިން ފެންނަ ކަމަށެވެ.

"ތައްޔާރުވި ތައްޔާރުވުން ކަންނޭނގެ ދަނޑުމަތިން ކާމިޔާބު ވެގެން މިދަނީ، އެއީ ކުރިން ޕްލޭން ކުރެވިގެން، ކުރިން ރޭވިގެން، ބަޖެޓް ހެދިގެން، އަޅުގަނޑުމެންގެ ފައިނޭންސަރުންނާއި މެނޭޖްމަންޓުން ހުރިހާ ކަމެއް މިހާ ހިސާބަށް ކޮށްދީފައި ހުރީމަ އަޅުގަނޑުމެންނަށް މިހާ ހިސާބަށް މި ނަތީޖާ ގެެނެވުނީ،" މުހައްމަދު ބުންޏެވެ.

ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox