އާތީ ދެކޭގޮތުގައި މަސް އޮޑީގެ ކާމިޔާބީގެ އަސްލަކީ ގުޅިގެން ކުރި މަސައްކަތް

Feb 17, 2024, 11:00 AM
މަސް އޮޑި ޓީމުގެ ކޯޗު މުހައްމަދު އާތިފް: އެ ޓީމާ އެކު ފުރަތަމަ ޑިވިޝަނުގައި ވެސް ހުންނާނެތޯ ވިސްނާނީ ވިސްނަން ޖެހޭ ކަންކަމަށް ބަލާފައި ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަސް އޮޑި ޓީމުގެ ކޯޗު މުހައްމަދު އާތިފް: އެ ޓީމާ އެކު ފުރަތަމަ ޑިވިޝަނުގައި ވެސް ހުންނާނެތޯ ވިސްނާނީ ވިސްނަން ޖެހޭ ކަންކަމަށް ބަލާފައި ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މަސް އޮޑި ސްޕޯޓްސް ކްލަބުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ހޯދުމުގެ އަސްލަކީ އެ ޓީމުގެ އެންމެން ގުޅިގެން ކުރި މަސައްކަތް ކަމަށް ޓީމުގެ ކޯޗު، މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މަސް އޮޑިން ވަނީ ދެ ވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރިއިރު، ފައިނަލުގައި 3-2 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ފައިނަލް މެޗަށް ފަހު، އާތީ ބުނީ، މުބާރާތުގެ ތަށްޓަކީ، މަސް އޮޑި އިން ވަރަށް މިންނަތުން، ވަރަށް މަސައްކަތް ކޮށްގެން ހާސިލްކުރި ކަމެއް ކަމަށެވެ. އަދި ޓީމުގެ ފޯކަސް މުޅިން ވެސް ހުރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ކަމަށާއި އަނެއް ޓާގެޓަކީ ތަށި ކަމަށެވެ.

Advertisement

ސެމީ ފައިނަލުން، ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެ، ފައިނަލަށް ދިއުމާ އެކު، މަސް އޮޑި އަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންވި އެވެ. އެ މެޗަށް ފަހު، އާތީ ބުނީ، އޭނާ އަށް ހަވާލުކުރި ޓާގެޓް ހާސިލްވީ ކަމަށާއި ދެން އޮތް ތަށީގެ ޓާގެޓްގެ ކަންކަން ދޫކޮށްލާނީ ކުޅުންތެރިން އަތްމައްޗަށް ކަމަށެވެ.

"ދެން، އެކަމަކު ކުޅުންތެރިން ކައިރީގައި ބުނިން ވިއްސަކަށް މިނިޓް ތެރޭ ކުޅުންތެރިންނަށް ނުވެއްޖިއްޔާ ކޯޗު އަތަށް ޓީމު ދެއްޗޭ. ކުޅުންތެރިންނާއި ކޯޗު އަދި އޮފިޝަލުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް މިއީ،" ފައިނަލް މެޗަށް ފަހު، ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ދިން އިންޓަވިއުގައި އާތީ ފާހަގަކުރި އެވެ.

"ކުޅުންތެރިން ކައިރީގައި އަހާލީމަ އެނގޭނެ، ކުޅުންތެރިން ބޭނުން ޓެކްޓިކްސް އަކަށް، ކުޅުންތެރިން 11 އެއް ނަގަން ފުރުސަތު ދީގެން މި ކުޅުނީ، ކޯޗުކަން ކުރާއިރު ވަރަށް މުހިންމު ވާނެ ކުޅުންތެރިންގެ ސަޕޯޓް ކޯޗަކަށް. އެހެންވީމަ، ކޯޗު، ކުޅުންތެރިންނަށް އިތުބާރު ފެށުނުއިރުއްސުރެ ކުރަމުން މި އަންނަނީ. އެހެންވީމަ، ކުޅުންތެރިން މި ބުނީ، ތިމަންނަމެން އަތަށް ދިނަސް މި ކަން ކޮށްދޭނަމޭ. އެހެންމަ އެ ގޮތަށް ފައިނަލް މެޗުގައި ކުޅުންތެރިން އެ ގޮތަށް މި ކަން ކޮށްދިނީ،"

ސެމީ ފައިނަލް މެޗާ ހަމައަށް އައިއިރު މަސް އޮޑި ކޮޅަށް މި މުބާރާތުގައި ގޯލެއް ނުވަދެ އެވެ. އާތީ ބުނީ، ފައިނަލް މެޗުގެ ކުރިން ކޮޅަށް ގޯލެއް ވަނުމުގެ ކަންކަން ތަޖުރިބާ ކޮށްލަން ލިބުމަކީ އެ ޓީމަށް ރަނގަޅަކަށް ދިމާވި ކަމެއް ކަމަށެވެ.

"އެ ލަނޑު ވަނުން އެއީ ފައިނަލަށް އަހަރެމެންނަށް އައި ރަނގަޅު ކަމެއް ކަންނޭނގެ. އެހެންނޫންނަމަ ގޯލެއް ނުވަދެ ފައިނަލަށް އައިނަމަ މިއަދު މިވީ ހެން، އެއްވަރުވެއްޖިއްޔާ ހިތްވަރު އެލޭ ގޮތް ވެދާނެ. އެހެންވީމަ މޮޓިވޭޓްވެގެން ތިބުމަށް، ވިސްނަން ޖެހޭ ގޯލު ވެސް އެއީ ކޮޅަށް ވަންނަ އެއްޗެއް ކަމާ ބަލިވުން ވެސް އެއީ އޮންނަ އެއްޗެއްކަން ވިސްނައިދީގެން މި އައީ،" ގައުމީ ޓީމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އާތީ ބުންޏެވެ.

މަސް އޮޑި ޓީމާ އެކު ފުރަތަމަ ޑިވިޝަނުގައި ވެސް ފެނިދާނެތޯ އެހުމުން، އާތީ ބުނީ އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"އެއީ ފުރަތަމަ ބަލަން ޖެހެނީ، ރާއްޖޭގެ ފުޓްބޯޅަ މި އޮތް ހާލަތު ކަންނޭނގެ. ފުރަތަމަ ބަލާނީ މި އޮތް ހާލަތުގައި ބަޔަކު ގޮވައިގެން މި ކަން ވަން އިޔާ (އެއް އަހަރު) ކުރެވިދާނެތޯ. ވަރަށް ބޮޑު އެސެސް އެއް ހަދާފައި މިކަން ކުރަން ޖެހެނީ. އެހެންނޫނިއްޔާ ކުޅުންތެރިން މޯޓިވޭޓްނުވެ، އަހަރެން މޯޓިވޭޓް ނުވެ މިއީ ފަސޭހަ މަސައްކަތެއް ނޫން، އެއް އަހަރުގެ ދިގު ދަތުރެއް ކުރުމަކީ، ސިޓުއޭޝަނަށް ބަލަންޖެހެނީ އަދި ޑިސައިޑެއް ނުކުރަން،" ކުރިން، ވިކްޓަރީ، ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދިން އާތީ ބުންޏެވެ.

މަސް އޮޑިން ދެ ވަނަ ޑިވިޝަނުގެ ތަށި ހާސިލްކުރިއިރު، މި މުބާރާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ވިކްޓަރީ އާއި ނިއު ވެސް ވާދަކުރި އެވެ. އާތީ، ބުނީ ވިކްޓަރީ އާއި ނިއު އަށް ކުޅުމަކީ، އޭނާގެ ކުޅުމުގެ ކެރިއަރާއި ކޯޗިން ކެރިއަރުގައި ވެސް އެކި ފަހަރު މަތިން ކޮށްފައިވާ ކަމެއް ކަމަށެވެ.

އާތީ ބުނީ މީގެ އެންމެ މުހިންމު ކަމަކީ، ނިއު އާއި ވިކްޓަރީ ނޫން ކަމުގައި ވިޔަސް، އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ފުރިހަމަ އިހުތިރާމް ދީގެން ނުކުތުން ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox