ސްޕޯޓްސް ކޮމިޝަނަރު އެންގިޔަސް އެފްއޭއެމްގެ އިންތިހާބު ކަންކަން މަޑުނުޖެހުނު

އެފްއޭއެމްގެ އޮފީސް ޗާންދަނީ މަގުގައި ވެސް ވަނީ ހިންގާފައި: ފީފާގެ ވެބްސައިޓްގައިވާ ގޮތުން އަދިވެސް އެފްއޭއެމް ހިނގަމުން އަންނަނީ މި އިމާރާތުގެ ގާއިމްވެފައި ހުރި އޮފީހެއްގައި.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ އޮފީސް ޗާންދަނީ މަގުގައި ވެސް ވަނީ ހިންގާފައި: ފީފާގެ ވެބްސައިޓްގައިވާ ގޮތުން އަދިވެސް އެފްއޭއެމް ހިނގަމުން އަންނަނީ މި އިމާރާތުގެ ގާއިމްވެފައި ހުރި އޮފީހެއްގައި.--- ފޮޓޯ: އަދަދު

ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގާފައިވަނިކޮށް، އެފްއޭއެމް އިން އަދިވެސް އިންތިހާބުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވަނީ އެފްއޭއެމް އިން ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރަމުން އަންނާތީވެ، އެ ކަންކަން ބެލުމުގެ ގޮތުން، މި މަހު 31 ވަަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

އެއީ، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އޮޅުންފިލުވަން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ފޮނުވި ސިޓީ އަށް ދިން ވަގުތުގެ ތެރޭގައި ޖަވާބުދާރީވެފައިނުވާތީ އައި އެންގުމެކެވެ.

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރު އެންގި އެންގުމުގެ ބަޔާން ނެރުނު ފަހުން، އެފްއޭއެމް އިން ވަނީ ކޮމިޝަނަރު ކުރިން ފޮނުވި ސިޓީ އަށް ޖަވާބުދީފަ އެވެ.

"އަދަދު" އަށް ދީފައިވާ އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވިދާޅުވީ، އެފްއޭއެމަށް ވެސް ގާނޫނަށް ވުރެ މަތިން ކަންކަމެއް ނުނިންމޭނެ ކަމަށެވެ.

އެ ގޮތުން، އެފްއޭއެމްގައި މި ވަގުތު ހިނގަމުން އަންނަ ކަންކަމާ ގުޅޭގޮތުން، ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމަންދެން އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ވަނީ ތޮލާލް އަންގައިފަ އެވެ.

އެފްއޭއެމް އިންތިހާބުގެ ކަންކަން، މަޑުޖައްސާލާފައިވޭތޯ، މިއަދު، "އަދަދު" އިން ކުރި ސުވާލަކަށް އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، އިންތިހާބުގެ ކަންކަން އަދިވެސް ކުރިއަށްދާ ކަމަށެވެ.

މިދިޔަ މަހުގެ 27 އަށް ހަމަވާ ގޮތަށް އޮތް، އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ، އެ މުއްދަތުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އަތުގައި ވެސް މަދުވެގެން، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހެ އެވެ. މުފާ އާއި ތޯރިގު އަތުގައި ވެސް ކްލަބް ވެެލެންސިއާގެ ތާއީދު ސިޓީ އެބައޮތެވެ.

ވެލެންސިއާ އިން ރަސްމީކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ކްލަބްގެ ތާއީދު އޮތީ ތޯރިގަަށް ކަމަށެވެ. އަދި ދެން އޮތް ސިޓީ (މުފާ އަތުގައި އޮތް ސިޓީ)ގެ މައްސަލަ ފުލުހުންނާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ތޯރިގު ވިދާޅުވީ، މުފާގެ ޓީމުން، ވެލެންސިއާގެ ސިޓީ ހޯދީ ފޯޖު ކޮށްގެން ކަމަށެވެ.

އެ ތުހުމަތަށް އިންކާރުކުރައްވައި، މުފާ ވިދާޅުވީ، ވެލެންސިއާ ނުލައި ވެސް އޭނާ އަށް ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއީދު އެބައޮތް ކަމަށެވެ.

މުފާ އަތުގައި ވެލެންސިއާ ނުލައި ވެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއީދު އޮތްނަމަ، ތޯރިގު އަތުގައި އޮންނާނީ ވެލެންސިއާ ހިމަނައިގެން ތިން ކްލަބެއްގެ ތާއީދެވެ. އެހެންކަމުން، ވެލެންސިއާގެ ތާއީދު އޮންނަ ފަރާތެއް ކަނޑައެޅުން އެއީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމަން ޖެހޭ މުހިންމު ނިންމުމެކެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ ވަނީ ސިއްރުކޮށްފައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން، ސުވާލުކުރުމުން، ޖައުޝަން ވިދާޅުވީ، އެއްވެސް އިރެއްގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ ސިއްރު ނުކުރާ ކަމަށެވެ. އެ ގޮތުން، ކުރިން ވެސް އިލެކްޓޯރަލް ކޮމިޓީގެ މެމްބަރުންގެ ނަންތަކަކީ، އެފްއޭއެމްގެ ކޮންގްރެސް އަކުން ފާސްކޮށްފައި އޮތް، އާންމުންނަށް ލިބިފައި އޮތް މައުލޫމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ނޫން މިއީ. މިއީ އެފްއޭއެމް ކޮންގްރެސް އަކުން ނިމިފައި އޮތް ޕަބްލިކް އަށް ލިބޭ ހިސާބުގައި އޮތް މައުލޫމާތެއް،" ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގައި ހިމެނެނީ، ޗެއާމަނަކަށް ހުންނެވި އުސްތާޒް އަބްދުﷲ އަލީގެ އިތުރުން ދެ މެމްބަރުންގެ ގޮތުގައި އަހްމީމް އަބްދުލް ރައްޒާގު އާއި އަބްދުﷲ އަލީ އެވެ.

އެފްއޭއެމް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ މި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox