2023: ބައްސާމްގެ ލީޑަޝިޕާ ހެދި ފުޓްބޯޅައިގައި އަގު ވެއްޓުނު އަހަރު!

2023: ބައްސާމްގެ ލީޑަޝިޕާ ހެދި ފުޓްބޯޅައިގައި އަގު ވެއްޓުނު އަހަރު!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ހިންގުމުގެ ދޯދިޔާ ކަމުން، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ ހީނުކުރާހާ ފަހަތަށް ސޮއްސާލައިފަ އެވެ. ދިވެހި ފުޓްބޯޅައިގެ ގިނަ ހިދުމަތްތެރިންގެ ނަޒަރުގައި، 1990 ނޫނީ 2000 ގެ އަހަރުތަކުގައި ދިވެހި ފުޓްބޯޅަ އޮތް ހިސާބަށް އަލުން ގެންނަން ބަލާއިރު، ވެސް ކުރަން ހުރި ކަންތައްތައް އިންތިހާ އަށް ގިނަ އެވެ.

މިހާރު އޮތް ހާލަތަށް، ދިވެހި ފުޓްބޯޅަ ވެއްޓުމުގެ ޒިންމާ ގިނަ ބަޔެއް އަޅުވަނީ، ފުޓްބޯޅަ ހިންގުމުގެ ބެލެނިވެރި ފަރާތް، އެފްއޭއެމާ ހަވާލުވެ ތިބި، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ބައިވެރިންގެ ބޮލުގަ އެވެ. މި ފަރާތްތަކުގެ މައްޗަށް، އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ޖިނާއީ ތަހުގީގެއް ވެސް އަންނަނީ ހިނގަމުންނެވެ.

ބައްސާމް، މިިހާރު އެ އަންނަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރެއްގައި މަގާމުގެ ޒިންމާ އެއިރެއްގައި ފެނުނު ގޮތަކަށް އަދާކުރަމުންނެވެ. މިދިޔަ ދެތިން މަސް ތެރޭ، ބައްސާމްގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާ ދިފައިވާއިރު، ބައްސާމްގެ މަގާމު ވަނީ ގެއްލިފަ އެވެ. އެއީ، ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެފްއޭއެމް ހިންގާ ކޮމިޓީގެ ސައްހަ މެމްބަރުންގެ 50 އިންސައްތަ އަށް ވުރެ ބޮޑު އަދަދެއް މަގާމުން ވަކިވެފައިވާތީ އެވެ.

އެކަމަކު، އަސާސީ ގަވާއިދުގެ ވަކި މާއްދާ އަކަށް ބަލައިގެން، ބައްސާމް ހުރީ މަގާމު ދިފާއުކުރައްވައިގެންނެވެ. އެއީ އޭނާ އަށް ފެނިގެން އަމިއްލަ އަށް ނިންމި ނިންމުމެއް ކަހަލަ ގޮތަކަށް އައްޔަންކުރި އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރަކަށް ބަލައިގެން، ދައްކާ ވާހަކަ އެކެވެ. މި މައްސަލަ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންނަނީ ބަލަމުންނެވެ.

މީގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، ވަނީ މި މަހު 31 ވަނަ ދުވަހު، ބާއްވަން ޝެޑިއުލްކުރި އެފްއޭއެމްގެ އިންތިހާބު، މަޑުޖައްސާލަން އަންގައިފަ އެވެ. އެއީ، އެފްއޭއެމް އިން ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރާތީ އެވެ.

ތޮލާލް ވިދާޅުވީ، އެފްއޭއެމަށް ވެސް އަދި ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް ވެސް ގާނޫނަށް ވުރެ މަތި ނުވެވޭނެ ކަމަށެވެ. އެފްއޭއެމްގެ ހިންގުމުގައި ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ތޮލާލް ވަނީ ފާހަގަކުރައްވައިފަ އެވެ.

ގައުމީ ޓީމުގެ ނަތީޖާތަށް ވެސް ދަށް އަހަރެއް

ގައުމީ ފުޓްބޯޅަ ޓީމަށް 2023 ވަނަ އަހަރަކީ ރެކޯޑް މިންވަރަކަށް ނަތީޖާ ދަށް ފަހަރެކެވެ. އެ ގޮތުން، 2023 ވަނަ އަހަރު، ޖޫން/ޖުލައި ގައި އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު، މިއީ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ރާއްޖެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. ސަރަަހައްދުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ރާއްޖެ މި އޮތީ ފަހަތަށް ވެއްޓިފަ އެވެ.

އަނެއްކޮޅުން، ގައުމީ ފުޓްބޯޅަ ޓީމު، ވަނީ ފީފާ ވޯލްޑް ކަޕްގެ ޕްރިލިމިނަރީ ބުރުން ވެސް ކަޓައިފަ އެވެ.

ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި ކުޅުނު، ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުން އެއްވަރުވިއިރު، ބަންގްލަދޭޝްގައި ކުޅުނު ދެ ވަނަ ލެގުން އެ ޓީމު އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. މިއީ، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުން ރާއްޖެ މި ފަހުން ކެޓި ފުރަތަމަ ފަހަރެެވެ.

އެންމެ ފަހުން ރާއްޖެ، ވޯލްޑް ކަޕް ކޮލިފައިނެއްގެ ޕްރިލިމިނަރީ ބުރުން ކެޓީ 2007 ވަނަ އަހަރު އެވެ. އެއީ، 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި، އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 އިން މޮޅުވި ނަމަވެސް، ޔަމަން ދަނޑުގައި ކުޅުނު ލެގުން، ރާއްޖެ ވަނީ 3-0 އިން ބަލިވެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާތަށް ގޯސްވުމުގައި ވެސް އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ، ޓީމުގެ ކަންކަން ނިންމުމުގައި ބައްސާމްގެ ލީޑަޝިޕުން ނިންމި އާދައިގެ ނިންމުންތަކެވެ. ސާފް ޗެމްޕިއަންޝިޕާއި ފީފާ ވޯލްޑް ކަޕް ކޮލިފައިން އަށް ޓީމަށް އެކަށީގެންވާ ވަރުގެ ތަމްރީންތަކެއް ހަމަޖައްސައިނުދެވުނެވެ. އެ އަށް ވުރެ، އެފްއޭއެމް އޮތީ މާލީ ގޮތުން ބަލާއިރު، ބަނގުރޫޓްވާ ހާލަތުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗަށް ފަހު ގައުމީ ޓީމުގެ ފޭދޫ އިއްބެ ދަނޑުމަތީގައި އިށީނދެލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމްގެ ލީޑަޝިޕުން، މިދިޔަ އަހަރު ނިންމި އަނެއް ދެ ނިންމުމަކީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އަށް ގައުމީ ޓީމު ނުފޮނުވުމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިދިޔަ އަހަރަކީ ވެސް ރާއްޖޭގެ އަންހެން ފުޓްބޯޅަ އަށް ކުރިމަގެއް ނުފެނުނު އަހަރެކެވެ.

އެފްއޭއެމް ދަރަނީގެ ދަންތުރައެއްގައި ތާށިވެފައި

މިދިޔަ ދޮޅު އަހަރަށް ބަލާއިރު، އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ. އެފްއޭއެމް އިން އެކި ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކާ ހިލާފުވެފައިވާތީ، އެ ކުންފުނިތަކުން ވަނީ އެފްއޭއެމް ގޮވައިގެން ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

މި މައްސަލަތަކުގައި، އެފްއޭއެމާ ދެކޮޅަށް ކޯޓުން ހުކުމް ކުރި ނަމަވެސް އެ އެސޯސިއޭޝަނުގައި ފައިސާ ނެތުމުން، ކޯޓު ހުކުމާ އެއްގޮތަށް އަމަލުކުރެވެން ވެސް ނެތެވެ.

އެފްއޭއެމް އިން އެކި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު، 20 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރަ އެވެ. މިއީ، މިހާތަނަށް ފެންނަން ހުރި އެއްބަސްވުންތަކާއި ކޯޓުގައި ހުރި މައްސަލަތަކަށް ބަލާއިރު، ޖުމްލަ އަދަދެވެ. އަސްލު ނަމްބަރު މާ ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެފްއޭއެމްގެ ހިންގުން ދޯދިޔާ ކަމުން، އެ އެސޯސިއޭޝަނަށް ސްޕޮންސަދޭން ގިނަ ކުންފުނިތަކުން މިހާރު ބޭނުމެއް ނުވެ އެވެ.

އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ފާއިތުވުމުން، އެ ތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަނީ އެހެން ވަޒީފާތަކަށް ބަދަލުވެފަ އެވެ.

އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ނުދޭތީ، އެ އެސޯސިއޭޝަންގެ ހަރަކާތްތައް ވެސް ކުރިއަށް ނުގޮސް އޮތް މައްސަަލަ ފީފާގެ ސަމާލުކަމަށް އައުމާ އެކު، އެ ފެޑެރޭޝަނުން ވަނީ އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދޭން ޝަރުތުކޮށް ފައިސާ ފޮނުވައިފަ އެވެ. އެ ގޮތަށް ފީފާ އިން އަމަލުކުރީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ އަށް އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާތީ އެކު އެވެ.

މުބާރާތްތައް ވެސް، އެފްއޭއެމް ވެސް ރަނގަޅަށް ނުހިނގައި

އެފްއޭއެމް އިން މިދިޔަ އަހަރަށް ކަނޑައެޅި މުބާރާތްތަކުގެ ކަލަންޑަރާ އެއްގޮތަށް ވެސް ކަންކަން ހިނގާފައިނުވެ އެވެ. އެ ގޮތުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު ތިން ބުރު ކުޅެން ފުރަތަމަ ނިންމި ނަމަވެސް ދެ ވަނަ ބުރުން ވަނީ މުބާރާތް ނިންމާލައިފަ އެވެ. އެ ގޮތަށް އެކަން ނިންމަން ޖެހުނު އެއް ސަބަބަކީ، ލީގުގެ ދެ ވަނަ ބުރުގެ މެދަކާ ހަމައިން އައި 79 ދުވަހުގެ ބްރޭކަށް ފަހު، މުބާރާތް ފެށިއިރު، މާލީ މައްސަލަތަކާ ހުރެ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވަނީ މުބާރާތުން ވަކިވެފައިވާތީ އެވެ.

އެފްއޭއެމްގެ ހިންގުމުގައި ހުރި މައްސަލަތަކާ ހުރެ، ސީޒަނުގެ ފަހު މުބާރާތް އެފްއޭ ކަޕް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. މިދިޔަ ހަ އަހަރަށް ބަލާއިރު، އެފްއޭ ކަޕް ބޭއްވުނީ އެންމެ ދެ ފަހަރު އެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް އެ ދަނީ، ތިން ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު އެވެ. އެ މުބާރާތް ބޭއްވޭ ގޮތްވީ ވެސް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ކައިރިއަށް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅޭ މެޖޯރިޓީ ޓީމުތަކުން ޝަކުވާ ހިފައިގެން ދިއުމުންނެވެ.

އަނެއްކޮޅުން، މުޅި ރާއްޖެ އަށް ފުޅާކޮށް ބާއްވަން ނިންމި ދިވެހި ޕްރިމިއާ ލީގުގެ ކަންކަން ވެސް އޮތީ ހުއްޓިފަ އެވެ. އެ މުބާރާތުގެ އެއް ޒޯން ލީގު ސްޕޮންސަކުރަން އެފްއޭއެމަށް ދިން ފައިސާ އަނބުރާ ހޯދަން އެސްޓީއޯ އިން ވަނީ ހުށަހަޅައިފަ އެވެ. އެއީ، އެއްބަސްވުމުގައި ބަޔާންކުރި ގޮތަށް މުބާރާތް ނުބާއްވާތީ އެވެ.

އެފްއޭއެމް އިން ދެން ބާއްވާ އިންތިހާބެއްގައި ވާދަނުކުރާނެ ކަމަށް ބައްސާމް ވަނީ އިއުލާނުކޮށްފަ އެވެ. ބައްސާމްގެ މައްޗަށް ހިނގާ އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގެ މައްސަލައިގެ ތަހުގީގު، ފުލުހުންނާއި ޕީޖީ އޮފީހުން ގެންދަނީ ކުރިއަށެވެ. މި މައްސަލައިގައި އެފްއޭއެމް ހައުސް ރެއިޑްކޮށް، ހެކި ވެސް ހޯދައިފައިވެ އެވެ. ބައްސާމް އާއި އޭނާގެ ލީޑަޝިޕްގެ ބައެއް މެމްބަރުންނަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ފުޓްބޯޅަ އަށް ޒަމާނުއްސުރެ، މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގައި އޮތް ލޯތްބައް އެންމެ ބޮޑު ބަދަލެއް ޔަގީނުން ވެސް އައީ، ބައްސާމްގެ ލީޑަޝިޕްގައި ފުޓްބޯޅަ އަށް މި އައި ވެއްޓުމުގެ ސަބަބުންނެވެ. މި ހުރިހާ ކަމެއް އެންމެ ބޮޑަށް ފެނިގެންދިޔައީ، 2023 ވަނަ އަހަރު އެވެ.

ދެން، މި އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް، އަދި ގައުމީ ޓީމުގެ ކުރިގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) އާއި ބައްސާމްގެ އެކްސްކޯގައި މަަސައްކަތްކުރާ، ކްލަބް އީގަލްސްގެ ސީއީއޯ، މުފާވިޒް ހާޝިމް (މުފާ) އެވެ.

ބައްސާމްގެ ނުފޫޒުގައި މި ވޭތުވެދިޔަ ހުރިހާ އަހަރަކު، އޮތް ކްލަބް ވެލެންސިއާ އިން އިންތިހާބުގައި ރަސްމީކޮށް، ތާއީދުކުރަނީ ތޯރިގަށް ކަމަށް އިއުލާނުކޮށްފައިވާއިރު، ވެލެންސިއާގެ ތާއީދު އޮތް ކަމަށް ބުނާ ސިޓީއެއް މުފާ އަތުގައި ވެސް އެބައޮތެވެ. މި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު، ވެލެންސިއާ އަށް ބިރުދައްކައިގެން ކަންކަން ކުރި ކަމަށް ތުހުމަތު ކުރައްވައި، ތޯރިގު ވިދާޅުވަނީ، އެފްއޭއެމަށް އަރާފައިވާ "ވިގަނީގެ ކަންކަން ނުނިމެނީސް" މި ފަހަރު ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމެެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox