ނިއުގެ ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ކެންސަލް

Dec 31, 2023, 11:36 AM
ނިއު ރޭޑިއަންޓްގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިއު ރޭޑިއަންޓްގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅެން އޮތް ފުރަތަމަ މެޗު، މިއަދު މާލެ ސަރަަހައްދަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކެންސަލްކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު، 3:50 ގައި ނިއު އިން ކުޅެން އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. އެ މެޗު ފެށެން ކުޑަވަގުތުކޮޮޅަކަށް ވެފައި އޮއްވައި، އެފްއޭއެމުން އަންގާފައިވަނީ ދެ ޓީމުގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފަހު، މެޗު ފަސް ކުރަން ނިންމާފައިވާ ކަމަށެވެ. އެއިރު ދެ ޓީމުގެ ކުޅުންތެރިން ވަނީ މެޗަށް ދަނޑަށް ވެސް ހާޒިރުވެފަ އެވެ.

އެފްއޭއެމުން ދެ ކްލަބަށް ވެސް އަންގާފައިވަނީ މެޗު ރީޝެޑިއުލް ކުރެވޭނެ ތާރީހެއް، ވަރަށް އަވަހަށް އަންގާނެ ކަމަށެވެ. ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަަލަ ހައްލުނުވާތީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހަމައެކަނި ކުޅެނީ ހަވީރު ވަގުތުގަ އެވެ.

ނިއުގެ ފުރަތަމަ މެޗު ކެންސަލްކުރަން ޖެހުމުން، ދެން އެ ޓީމުން ފުރަތަމަ މެޗަށް ނުކުންނަން އިތުރު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ.

މިއީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ދެ ވަނަ ސީޒަނެވެ. މި ފަހަރު ނިއު އޮތީ، ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ، ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ، ކްލަބް ޓީނޭޖް އަދި ޓެންޓް ސްޕޯޓްސް ކްލަބް އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުން ބީޖީ އަތުން ޓެންޓް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ނިއު އިން މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުންނެވެ.

ޖޭޖޭ ބަލިކޮށް ކުޑަހެންވޭރަށް ފަސޭހަ ފެށުމެއް

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި، އިއްޔެ ހަވީރު ކުޅުނު މެޗުން، ޖޭޖޭ ސްޕޯޓްސް ކުލަބް 5-0 ގެ ނަތީޖާއަކުން ބަލިކޮށް ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ.

ފުޓުބޯޅައިގައި ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ކުޑަހެންވޭރު ޓީމަށް ބަލާއިރު, އެ ޓީމުގެ ސްކޮޑުގައި މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) އަދި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމް ހިމެނެ އެވެ. އަދި ފުޓްސަލްގައި ނަން މަޝްހޫރު ޖުމައިލް ޖަމީލް (ޖުމްބެ) ވެސް ހިމެނެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ނަގައިގެން ކުޅުނީ ކުޑަހެންވޭރެވެ. އެކަމަކު، މި މެޗުގެ ފުރަތަމަ ހާފުގައި ޖޭޖޭގެ ޑިފެންޑަރުން ވަނީ ކުޑަ ހެންވޭރުގެ ހަމަލާތައް ހުއްޓުވުމުގައި ތަފާތު ދައްކައިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ކުޑަހެންވޭރުން ލީޑުގައި އޮވެގެންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ގޯލު ކުޑަހެންވޭރަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޝަހީމް އަބްދުލް ގާދިރު ނަގައިދިން ހުރަހަކުން މިޑްފީލްޑަރު، އަލީ ޝަމާލް އަބްދުالله (ޝަންމު) އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކުޑަހެންވޭރު ކުޅުންތެރިންގެ އެޓޭކުތައް ވަރުގަދަކުރިއިރު, އެ ޓީމުގެ ކަނާތް ފަރާތުން ޖުމްބެގެ ބޭނުން ހިފައި ގިނަ އެޓޭކުތަކެއް ކުރިއެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ކުޑަހެންވޭރުން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ. ޖުމްބެ, ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު, ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޝަމާލް އެވެ.

އޭގެ ފަހުން މެޗުގެ 59 ވަނަ މިނެޓުގައި ޖުމްބެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ކުޑަހެންވޭރުން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ޖޭޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޝަޑޭ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޖުމްބެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ނަގާދިން ހުރަހަކުން ޝަހީމް ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ކުޑަހެންވޭރުން ކާމިޔާބުކުރި ފަސް ވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖުމްބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox