ޔުނައިޓެޑްގެ ޓީމުގެ ކަންކަމުގައި ބަސްބުނުމުގެ ބާރު ރެޓްކްލިފް އަށް

Dec 29, 2023, 11:03 AM
ޔުނައިޓެޑްގެ ޓީމުގެ ކަންކަމުގައި ބަސްބުނުމުގެ ބާރު ރެޓްކްލިފް އަށް

މެންޗެސްޓާ (ޑިސެމްބަރު 29) - މެންޗެސްޓާ ޔުނައިޓެޑްގެ ޓީމާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ބާރު، ދާދި ފަހުން އެ ކްލަބްގެ 25 ޕަސެންޓް ހިއްސާ ގަތް އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފް އަށް ދީފި އެވެ.

އިނގިރޭސި ބިލިއަނަރު، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުންޏާ އެކު، އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ޔުނައިޓެޑުން ވަނީ އިއުލާނުކޮށްފަ އެވެ. އިނިއޯސް އަށް ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ވިއްކާލީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނިއޯސްއާ އެކު، ޔުނައިޓެޑްގެ ޑީލްގެ ހުރިހާ ކަމެއް ފުރިހަމަވާން ހަ ހަފްތާއެއްހާ މުއްދަތެއް ނަގާނެ އެވެ. އެކަމަކު، މި ވަގުތު ތެރޭގައި ވެސް ޔުނައިޓެޑްގެ ބަައެއް ކަންކަމުގެ ކޮންޓްރޯލް ނަގަން އިނިއޯސް އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ޔުނައިޓެޑްގެ ޓީމާ ގުޅޭ ކަންކަމުގައި މިހާރު ވެސް ގޮތެއް ނިންމާނީ އިނިއޯސް އިންނެވެ.

މާނަ އަކީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ޑީލެއް ހިންގާނަމަ އިނިއޯސްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ބާރު ވެސް އޮތީ އިނިއޯސް އަތުގަ އެވެ.

އިނިއޯސް އިން ޔުނައިޓެޑްގެ ހިއްސާ ގަތްފަހުން، އެ ކްލަބުން ކުޅުނު ފުރަތަމަ މެޗުން ވަނީ އެސްޓަން ވިލާ އަތުން ފަަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ. އެ މެޗު ބަލަން އިނިއޯސްގެ ބައެއް ވެރިން ޔުނައިޓެޑްގެ ސްޓޭޑިއަމް، އޯލްޑް ޓްރެފޯޑަށް ވަނީ ގޮސްފަ އެވެ.

ރެޓްކްލިފްގެ އިނިއޯސް އިން މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ ގަންނަން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެކަން ކާމިޔާބެއްނުވި އެވެ.

ރެޓްކްލިފް: އޭނާ އަކީ ޔުނައިޓެޑްގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށް ވަނީ ބުނެފައި.

އިނިއޯސް އިން މިހާރު ހިންގަމުން އަންނަ ދެ ކްލަބަކީ، ފްރެންޗް ލީގުގެ ނީސް އާއި ސްވިޒަލެންޑްގެ ލުސޭން ސްޕޯޓް އެވެ. އަދި އިނިއޯސް އިން އަންނަނީ، ގްރެނަޑިއާސް ސައިކްލިން ޓީމަށް ވެސް ފަންޑް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރެޓްކްލިފް ވަނީ ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑުން ހަރަދުކުރަން ބަޖެޓެއް ދޭން ނިންމައިފަ އެވެ. އަދި ޔުނައިޓެޑްގެ ޑީލްގެ ކަންކަން ނިންމާލުމަށް ފަހު، އެ ކްލަބްގެ ފުޓްބޯޅަ ހިންގުމުގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެންނަން ވަނީ މަޝްވަރާކޮށްފަ އެވެ.

ޔުނައިޓެޑް މިހާރު ހިންގަމުން އަންނަ އެމެރިކާގެ ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު އެ ކްލަބް ގަތީ 1.4 ބިލިއަން ޑޮލަރަށެވެ. މިހާރު އެ ކްލަބްގެ އަގު ފަސް ބިލިއަން ޑޮލަރަށް ވުރެ މަތީގައި އުޅޭނެ ކަމަށް ބެލެވެ އެވެ.

އެކަމަކު، ދާދި ފަހުން ގަތަރުގެ މަހުޖަނު ޝެއިހް ޖާސިމް، ޔުނައިޓެޑް ގަންނަން ފަސް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހުށަހެޅުމުން ވެސް ގްލޭޒާ އާއިލާ އިން ވަނީ އެ ޑީލަށް ފުރަގަސްދީފަ އެވެ. ޝެއިހް ޖާސިމް ބޭނުންވީ ޔުނައިޓެޑްގެ 100 ޕަސެންޓް ކޮންޓްރޯލް ނަގާ ޑީލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox