އެފްއޭއެމް އިންތިހާބު: ދެ ކެންޑިޑޭޓުން އަތުގައި ވެސް ވެލެންސިއާގެ ސިޓީއެއް!

އެފްއޭއެމް އިންތިހާބު: ދެ ކެންޑިޑޭޓުން އަތުގައި ވެސް ވެލެންސިއާގެ ސިޓީއެއް!

އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ދެ ކެންޑިޑޭޓުން އަތުގައި ވެސް ކްލަބް ވެލެންސިއާގެ ތާއީދު އޮތް ކަމަށް ސިޓީއެއް އޮތްކަން ހާމަވެއްޖެ އެވެ.

އެފްއޭއެމް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ސުންގަނޑި ހަމަވެފައިވަނީ މިއަދު، 14:00 ގަ އެވެ. އޭގެ ކުރިން ފޯމު ހުށަހަޅާފައިވަނީ އެންމެ ފުރަތަމަ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އެވެ. އޭގެ ގަޑިއިރެއް ފަހުން، އީގަލްސްގެ ވައިސް ޗެއާމަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ މެމްބަރު، މުފާވިޒު ހާޝިމް (މުފާ) ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅައިފަ އެވެ.

އެފްއޭއެމް އިންތިހާބުގައި ވާދަކުރަން، ފޯމު ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭ ޝަރުތުތަކެއް އޮވެ އެވެ. އެ ގޮތުން، ކޮންމެ ކެންޑިޑޭޓަކު ވެސް، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް (ތާއީދު އޮތްކަމުގެ ލިޔުމެއް) ހޯދަން ޖެހެ އެވެ.

ވެލެންސިއާގެ ތާއީދު އޮތްކަމުގެ ލިޔުން، ޓޮމް އާއި މުފާ އަތުގައި ވެސް އޮތްކަމަށް ދެ ޓީމުން ވެސް ވަނީ ބުނެފަ އެވެ.

ދާދިފަހުން އިންތިހާބުވި ވެލެންސިއާގެ އާ ޗެއާމަން، ކުރީގެ ކުޅިވަރު ނޫސްވެރިޔާ، އަބްދުﷲ އަޒްމީން، ވަނީ މިއަދު، ޓޮމްގެ ކެންޑިޑެސީ ފޯމު ހުށަހަޅަން އައިއިރު، އޭނާއާ އެކު، އެފްއޭއެމް ހައުސް އަށް ވަޑައިގެންފަ އެވެ.

ވެލެންސިއާގެ ތާއީދު އޮތް ދެ ސިޓީއެއްގެ ވާހަކައާ ގުޅޭގޮތުން، "އަދަދު" އިން ސުވާލުކުރުމުން އަޒްމީން ވިދާޅުވީ، ވެލެންސިއާ ބޯޑު މެމްބަރުންގެ މެދުގައި ނެގުނު ރިޒޮލިއުޝަނެއްގައި މެޖޯރިޓީން ތާއީދު ކުރަން ނިންމާފައިވަނީ ޓޮމް އަށް ކަމަށެވެ.

"ވެލެންސިއާ ބޯޑުން ނިންމާފައި އޮތީ، ޓޮމް އަށް ތާއީދުކުރަން. އެއީ، ވެލެންސިއާގެ ނިންމުމަކީ،" ސައްހަވާނެ ލިޔުމަކީ ކޮބައިތޯ ސާފުކޮށްދިނުމުގެ ގޮތުން އަޒްމީން ވިދާޅުވި އެވެ.

ވެލެންސިއާ އިން ދީފައިވާ މި ދެ ސިޓީއާ މެދު ގޮތެއް ނިންމާނީ އިލެކްޓޯރިއަލް ކޮމިޓީންނެވެ.

ޓޮމްގެ މިއަދު ކެންޑިޑެސީ ހުށަހެޅިިއިރު، އޭނާގެ ޓީމުގައި ހިމެނެނީ، ރައީސަކަށް ޓޮމްގެ އިތުރުން، ނައިބު ރައީސަކަށް ކުރީގެ އެއް ވަަނަ ގޯލްކީޕަރު، އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ އަދި ބައްސާމްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި ނައިބަކަށް ހުންނެވި، ހުސައިން ޝާފިއު (ކޮއްކީ) އެވެ. ޝާފިއު އަކީ ބައްސާމްގެ އެކްސްކޯ އިން އިސްތިއުފާ ދިން ފަސް މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ މަގާމުން ދުރުވި ފަރާތެވެ.

ޓޮމްގެ ޓީމުގައި އެކްސްކޯ މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު، އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

އެފްއޭއެމްގެ ރައީސަކަށް މި ފަހަރު، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް، ބައްސާމް، ކުރިމަތިނުލާނެކަން އިއުލާނުކުރައްވާފައިވާއިރު، އޭނާގެ ތާއިދާ އެކު، އިންތިހާބަށް ނުކުތީ މުފާ ކަމަށް ވަނީ އެނގިފަ އެވެ. އެ ގޮތުން، ބައްސާމްއާ އެކު، އެފްއޭއެމް ލީޑަޝިޕްގަޔާއި ފުޓްބޯޅައިގެ އެކި ކަންކަމުގައި މަސައްކަތްކުރި ގިނަ ފަރާތްތަކެއް މުފާގެ ޓީމުގައި ހިމެނެ އެވެ.

މިދިޔަ ދެ ދައުރުގައި ވެސް، އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތްކުރި، މުފާ ހުށަހެޅި އެކްސްކޯ ގައި އެފްއޭއެމް އެންމެ ފަހުން އޮތް އެކްސްކޯގައި މަސައްކަތްކުރި އަހްމަދު ޝަކީބު (ޑޮކް) އާއި ކުރިން އެކްސްކޯއިން އިސްތިއުފާދިން، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހިމެނެ އެވެ. މުއާބެ، ހިމަނާފައިވަނީ މުފާގެ ޓީމުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. ދެން ނައިބު ރައީސަކަށް ހިމެނީ، ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ.

މުފާގެ ކެންޑީޑެސީ ފޯމުގައި ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ކުޑަހެންވޭރު ޓީމުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއީލް ޝަފީއު (އިއްސެ) އާއި ބުރުގެ މުހައްމަދު ހަސަން އެވެ. ދެން އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި ފާހަގަކުރެވޭ، މަރްޔަމް މިރްފަތު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox