ވެލެންސިއާގެ ހާލަތުން ވެސް ފެންނަނީ ބައްސާމްގެ "ފެއިލްވުން"

ވެލެންސިއާގެ ހާލަތުން ވެސް ފެންނަނީ ބައްސާމްގެ "ފެއިލްވުން"

ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ވެއްޓުމުގެ ސަަބަބުތައް ބައިވަރެވެ. ރާއްޖޭގެ އެއް ވަނަ ކުޅިވަރުގެ ގޮތުގައި އަދިވެސް އޮތް ފުޓްބޯޅައާ މެދު ގިނަ ދިވެހިން ފޫހިވި ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ގިނަ ބަޔެއްގެ މިންނެއް މަސައްކަތުން ގައުމުގެ އެންމެން ދެކެފަރިތަ، ބަޔަކަށް ހެދި ބޮޑެތި ކްލަބްތަކުގެ ހިންގުން ދޯދިޔާވެ، އެ ޓީމުތަކަށް ދިމާވި އެކި މައްސަލަ އެވެ. ކުޅިވަރުގެ ރިވެތި އުސޫލާ ނުބައްދަލު ހިޔާލުތަކުގެ މީހުން، ފުޓްބޯޅަ ކްލަބްތައް ހިންގަން އައިސް ދިވެހި ފުޓްބޯޅަ ހަމަ މަގުން ކައްސާލައިގެން އަހަރަކަށް ފަހު އަހަރެއް ގުނަން ޖެހުމެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ތިން ބާރުގެ ގޮތުގައި އޮތް ތިން ކްލަބްގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެ ތައްޔާރުވަމުން އަންނަނީ ވިދިވިދިގެން ދެ ވަނަ ފަހަރަށް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ. ދެން އޮތް ގަދަބާރު ކަމަށްވާ ކްލަބް ވެލެންސިއާ ވަނީ، މާލީ ގޮތުން ވެއްޓިފައި އޮތް އަޑިގަނޑުން އަރައިނުގަނެވި، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެދަކާ ހަމައިން އެ މުބާރާތުން ވަކިވެފަ އެވެ.

އެފްއޭއެމްގެ ރައީސްކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ތެރެއަށް ނުކުތީ ކްލަބް ވެލެންސިއާ އިންނެވެ. ކުޅުންތެރިއެއްގެ ގޮތަށް ބެލިޔަސް ހިންގުމުގެ ދާއިރާ އަށް ބެލިޔަސް ބައްސާމްގެ ފެށުން ގުޅިފައި އޮތީ ވެލެންސިއާއާ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީ އަށް ކަނޑައެޅިގެން އެނގޭ "ބޮޑު ސިއްރެއް"ގެ ގޮތުގައި މިދިޔަ އަހަރުތަކުގައި ވެސް އޮތް ކަމަކީ، ކްލަބް ވެލެންސިއާ އަކީ އަދިވެސް ބައްސާމްގެ "ޓީމެއް" ކަމެވެ. ދަަނޑު ބޭރުންނާއި ދަނޑުމަތީގައި ވެސް ފުޓްބޯޅައިގެ ގިނަ ކުޅުންތެރިން އަދި އޮފިޝަލުން ވެސް ދުލުން ބުނެލާ އެއް އިބާރާތަކީ، ވެލެންސިއާ އަކީ "ބައްސާމްގެ ޓީމު" ކަމަށެވެ.

އެ ގޮތަށް ބަލާއިރު، ބައްސާމްގެ ޓީމު، މި ވަގުތު އެ އޮތީ، އަމިއްލަ ހާލުގައި، ރާއްޖޭގެ މައި ފުޓްބޯޅަ ލީގުގައި ވާދަކުރެވެން ނެތިގެން ވަކިވެފަ އެވެ. އެކަމަކު، އެ ޓީމަށް އެޅޭނެ ފިޔަވަޅެއްގެ އަޑެއް އަދި ނެތެވެ.

މީގެ ކުރިން، ރާއްޖޭގެ އެންމެ ވަރުގަދަ ދެ ކްލަބް، ނިއު ރޭޑިއަންޓާއި ވިކްޓަރީ، މުސާރަ އާއި އެޑްމިނިސްޓްރޭޝަންގެ މައްސަލަ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަނުން ރެލިގޭޓްކޮށްލި އެވެ. އެކަމަކު، ވެލެންސިއާއާ މެދު އެޅޭނެ މި ފަދަ ފިޔަވަޅެއްގެ ވާހަކަ ހާމަކުރެވޭ ވަރަށް ވުރެ މުޅި ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް،ގެ ހާލަތު އޮތީ އިންތިހާ ދަރަޖަ އަށް ދަށަށް ގޮސްފަ އެވެ.

މާލީ މައްސަލަތައް އޮތަސް، ވިކްޓަރީ އާއި ނިއު ރޭޑިއަންޓް، އެ ފަަހަރު، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލުމުގެ އަސްލު މައްސަލަ ގުޅިފައި އޮތީ، ބައްސާމް މަގާމުން ދުރުކުރަން އެ ދެ ކްލަބުން އިސްނެގުމެވެ. މި ވަގުތު، މާލީ މައްސަލަތައް އިންތިހާ އަށް ބޮޑުކޮށް އޮތް، ވެލެންސިއާ އިން އެފްއޭއެމްގެ ކަމެއްގައި ވޯޓެއްގައި ބައިވެރިވިޔަސް، ކުރިއަށްދާނީ ބައްސާމް ރުހޭގޮތަކަށެވެ.

ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުއްޓައި، ވެލެންސިއާ ވަނީ 2018 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. ޖެހިގެން އައި ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އެވެ. އަދި މީގެ އެއް ސީޒަން ކުރިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް، ވެލެންސިއާ އެ އޮތީ، 2008 އިން ފެށިގެން އެ ކްލަބަށް، އެކި ފަަހަރު މަތިން ދިމާވަމުން އަންނަ މާލީ މައްސަލަތަކަށް ބޮޅެއް އިތުރުވެފަ އެވެ.

މީގެ 30 އަށް ވުރެ ގިނަ އަހަރު ކުރިން، 1992 ވަނަ އަހަރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު އަގުގައި ކުޅުންތެރިންނަށް މުސާރަ ދީގެން ޓްރާންސްފާ ކޮށްގެން ކުޅެން ފެށީ ވެލެންސިއާ އިންނެވެ. މި ވަގުތުގެ ހާލަތަށް ބަލާނަމަ ވެލެންސިއާ އޮތީ އެ ޓީމަށް މިދިޔަ ސީޒަނުގައި ގެނައި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަައިގައި ފީފާގެ އަދަބެއްގަ އެވެ. އެކި ފަހަރު މަތިން ދިން ފުރުސަތުތަކުގައި ވެސް ވެލެންސިއާ އިން އެ ފައިސާތައް އެއްކޮށް ދައްކައި ހަލާސްކޮށްފައިނުވެ އެވެ.

އަނެއްކޮޅުން، މިދިޔަ ސީޒަންތަކުގައި ވެލެންސިއާ އަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަ ވެސް އޮތީ އޮތްތާގަ އެވެ. މި ސީޒަނުގައި ވެލެންސިއާ އިން ގިނަ މެޗުތަކުގެ ބޮޑުބައި، ކުޅެން ޖެހުނީ، ޔޫތު ކުޅުންތެރިން (16 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން) ލައިގެންނެވެ. އެކަމަކު، އެ ކުޅުންތެރިންނަށް ވެސް ބަރާބަރަށް އުޖޫރައެއް ދިނުމުގައި ވެލެންސިއާ އޮތީ ނުކުޅެދިފަ އެވެ.

ވެލެންސިއާ އަށް މި ސީޒަނުގައި ކުޅެން އެއްބަސްވި، ފެންވަރު ރަނގަޅު ދިވެހި ކުޅުންތެރިންނަށް ދެ ޓްރާންސްފާ ދިޔައިރު ވެސް އެ ޓީމަށް ކުޅެވޭ ގޮތެއް ނުވެގެން، އޭގެ ތެރެއިން އެއް ކުޅުންތެރިއަކު ފުރަތަމަ ޑިވިޝަނަށް އަދި އަނެއް ކުޅުންތެރިއަކު ދެ ވަނަ ޑިވިޝަނުގައި ކުޅެން އެ އަންނަނީ ތައްޔާރުވަމުންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކަށް ވަގުތު ދޭން ކަމަށް ބުނެ، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް އައި 79 ދުވަހުގެ މެދުކެނޑުމަށް ފަހު، މާލީ މައްސަލަތަކާ ހުރެ ލީގުން ވަކިވީ، ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އެވެ.

މި ސީޒަން ފެށިއިރު، އެފްއޭއެމް އިން ފުރަތަމަ ޑިވިޝަން ޓީމުތަކަށް ދީފައި އޮތް ޔަގީންކަމަކީ "އެއްވެސް ޓީމެއް ރެލިގޭޓް" ނުވާނެ ކަމެވެ. އެހެންވެ، ޓީމުތަކުން، ވަކި ހިސާބަކުން ނިންމީ "ނުމެކެވި ނުމެދިރި" އޮތް ފަދަ ހާލަތެއްގައި ވެސް ޓީމު ހަމަކޮށްލައިގެން ވިޔަސް މެޗުތަކުގައި ކުޅުމަށެވެ. އެކަމަކު، އެންމެ ފަހުން، ގޯސް ހާލަތު ދިގުލައި، ޓީމު ހަމަކުރެވޭ ވަރު ވެސް ކޮށްލެވެން ނެތުމާ އެކު، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އިން ލީގުން ވަކިވީ ގިނަ މެޗުތަކެއް ހާޒިރުނުވެގެން އެ ހަޑިނަމުން ޓީމު ސަލާމަތްކުރަން ވެސް ބޭނުންވާތީ އެވެ.

އަސާސީ ގަވާއިދުގައި އަދި ނެތް، ދެ ޑިވިޝަނުގެ ނިންމުންތަކެއް

އެފްއޭއެމް އިން މިހާރު ނިންމާފައި އޮތީ މިއަދު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕް، އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށެވެ. އެކަމަކު، ފުރަތަމަ ޑިވިޝަނަކީ 10 ޓީމުގެ މައްޗަށް އޮތް ޑިވިޝަނެއްގެ ގޮތުގައި ބަޔާން ކުރަން އަސާސީ ގަވާއިދުން އަދި ޖާގައެއް ނުދެ އެވެ. އަނެއް ކޮޅުން، ދެ ވަނަ ޑިވިޝަނަކީ 10 ޓީމުގެ މައްޗަށް އޮތް ޑިވިޝަނެއްގެ ގޮތުގައި ބަޔާންވެފައި އަސާސީ ގަވާއިދުގައި އޮތްއިރު، މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި 15 ޓީމަކުން ވާދަކުރެ އެވެ. އެކަމަކު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަވާއިދުގައި، އެ ޑިވިޝަނުގައި ގިނަ ވެގެން 16 ޓީމަށް ވާދަކުރެވޭނެ ކަމަށް ހިމަނާފައިވާ މާއްދާއެއް އޮވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މި ވަގުތަށް ބަލާއިރު، ވިސްނުމަކީ، އެއް ވަނަ ޑިވިޝަން އަދި ދެ ވަނަ ޑިވިޝަނުގައި ވެސް ޓީމުތަކުގެ އަދަދު އިތުރު ކުރުން ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރުމަށް އަސާސީ ގަވާއިދަން ގެންނަން ޖެހޭ ބަދަލުތައް ގެންނަން އެފްއޭއެމުން ކޮންގްރެސް އަކަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ މި ވަގުތުގެ އެންމެ ބޮޑަށް ސާފުކުރަން ބޭނުންވާނެ އެއް ކަމަކީ، ފުރަތަމަ ޑިވިޝަނުގެ ލީގުގައި ނުކުޅެވޭނެ ކަމަށް އަމިއްލަ އަށް ބުނެ، ވަކިވި ދެ ޓީމާ މެދު އެފްއޭއެމް އިން އަމަލުކުރާނެ ގޮތަކީ ކޮބައިތޯ އެވެ. އެކަމަކު، އެ އަށް އެފްއޭއެމަށް ދެވޭނެ ޖަވާބެއް ނެތެވެ. އެއީ އެ ކްލަބްތަކުން ޓީމު ހިންގަން ބަރޯސާވެގެން ތިބީ، އެފްއޭއެމް އިން ވެފައިވާ ވައުދެއްގައި، ބަޔާންކޮށްފައިވާ ތިން މިލިއަން ރުފިޔާ އަށެވެ. އެ ފައިސާ ބަރާބަރަށް ކްލަބްތަކަށް ނުދެވޭތީ، އެޅޭނެ ފިޔަވަޅެއް ނެތެވެ.

އެހެންކަމުން، މާލީ ގޮތުން، އަޑިއަޅާލައިގެން، ފުރަތަމަ ޑިވިޝަނުގައި ކުޅެވެން ނެތް ކްލަބެއް ވެސް މި ވަގުތު ބާއްވަން ޖެހިފައި އޮތީ އެ ޑިވިޝަނެއްގަ އެވެ. އެ ފަދަ ދަންތުރައެއްގައި މި ވަގުތު ތާށިވެފައި އޮތް އެއް ޓީމަކީ، އެފްއޭއެމްގެ ރައީސް ބައްސާމް، އެ ކްލަބަކަށް ނިސްބަތްވާ ވެލެންސިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox