ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ރެޓްކްލިފަށް

Dec 25, 2023, 11:11 AM
ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ރެޓްކްލިފަށް

ލަންޑަން (ޑިސެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމަށްވާ ޖިމް ރެޓްކްލިފަށް 1.3 ބިލިއަން ޕައުންޑަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވެއްޖެ އެވެ.

ޔުނައިޓެޑުން އިއްޔެ ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އެ ކްލަބުގެ "ފުޓްބޯލް އޮޕަރޭޝަންސް"ގެ ހުރިހާ މަސައްކަތަކެއް ކުރިއަށްދާނީ ރެޓްކްލިފްގެ ކުންފުނި ކަމަށްވާ އިނިއޮސްގެ ބެލުމުގެ ދަށުންނެވެ.

ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާ ހޯދަން ރެޓްކްލިފް ކުރި މަސައްކަތް މި ކާމިޔާބުވީ 13 މަސް ފަހުންނެވެ. ޔުނައިޓެޑް ގަތުމަށް ގަތަރުގެ މަހުޖަން ޝޭހު ޖާސިމް ބިން ހަމަދު އަލް ތާނީ މަސައްކަތްކުރި ނަމަވެސް، އޭނާ ވަނީ ފަހުން އެ މަސައްކަތް ހުއްޓާލައިފަ އެވެ.

ކެމިކަލް އުފެއްދުމުގައި މަޝްހޫރު އިނިއޮސް ކުންފުނީގެ ޗެއާމަން ކަމަށްވާ ރެޓްކްލިފް، 71، ޔުނައިޓެޑްގެ ފެސިލިޓީސްތައް ރަނގަޅުކުރުމަށް އިންވެސްޓްކުރާނެ އެވެ.

"އަހަރަމެންގެ ބޭނުންވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ކްލަބެއްގެ އޮޕަރޭޝަންސް މި ކްލަބުގައި އުފެއްދުން," ރެޓްކްލިފް ބުންޏެވެ.

"އަހަރަމެންގެ އަމާޒަކީ އިނގިރޭސިވިލާތާއި ޔޫރަޕް އަދި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކްލަބަކަށް ޔުނައިޓަޑް އަލުން ހެދުން."

ރެޓްކްލިފް މައިނޯރިޓީ ހިއްސާ ހޯދިޔަސް، ޔުނައިޓެޑްގެ މައި ހިއްސާދާރުންގެ ގޮތުގައި ގްލޭޒާ އާއިލާ ދެމިއޮތުމަކީ ޔުނައިޓަޑްގެ ސަޕޯޓަރުން ރުހޭ ކަމެއް ނޫނެވެ. ކްލަބުގެ ސަޕޯޓަރުންނާއި ގްލޭޒާ އާއިލާއާ ދެމެދު އޮތް ގުޅުން ވަނީ މި ފަހަކަށް އައިސް ގޯސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox