ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ ނުވަ ރިސޯޓެއްގެ ދަނޑުވެރިކަމަށް ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ 20 ރަށެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
އެންމެފަހުން މީރާއިން އާންމުކުރި ލިސްޓުގައި 12 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހަތަރު ރަށެއްގެ ނަން އޮތެވެ.
މިފަހަރުގެ ލިސްޓުގައި ވެސް ކުރީ ފަހަރުގެ ލިސްޓުގައި ނަން އޮތް ރިސޯޓުތައް ހިމެނެ އެވެ. ތިރީގައިވާ ލިސްޓުގައި ހިމެނޭ އެންމެ ފުރަތަމަ ހަތަރު ރަށަކީ ކުރީ ފަހަރު ވެސް މީރާއިން އާންމުކުރި ލިސްޓުގައި ހިމެނޭ ރަށްތަކެކެވެ.
ޓޫރިޒަމް ބިމު ކުލި ނުދައްކާ ވިޔަފާރިތައް
- ޓްރިޕްލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ - ފ. ފިލިތެޔޮ (ފިލިތެޔޮ އައިލެންޑް ރިސޯޓު)
- ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް - އދ. ތެލުވެލިގާ (ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް)
- މެދުފުށި އިންވެސްޓްމަންޓް - މ. މެދުފުށި (މެދުފުށި އައިލެންޑް ރިސޯޓު)
- އަތަމާ މެރީން އިންޓަނޭޝަނަލް - ބ. ހިރުނދޫ, ބ. ހުރާފަރު, ބ. ކިހާދުއްފަރު (ކިހާ މޯލްޑިވްސް)
- އަލީ މޫސާ - ލ. ވަޑިނޮޅު (ތަރައްގީ ކުރަމުންދާ ރިސޯޓެއް)
- އެކުއާ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް - އއ. އެތެރެމަޑިވަރު
- އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް - ތ. ކަޅުފަހަލަފުށި
- ޑޮލާޓަން ޕްރައިވެޓް ލިމިޓެޑް - ސ. ހަންކެޑެ
- ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - އއ. މަތިވެރިން ނަގާފައިވާ ދެ ބިން
މި ރިސޯޓުތަކުގެ ތެރޭގައި، ބިމު ކުލި ނުދައްކައިގެން 2011 ގައި އާންމުކުރި 10 ރިސޯޓުގެ ލިސްޓުގައި ހިމެނުނު ތިން ރަށެއްގެ ނަން ހިމެނޭކެން ފާހަގަކުރެވެ އެވެ. އެއީ ފ. ފިލިތެޔޮ އާއި މ. މެދުފުއްޓާއި ބ. ކިހާދުއްފަރެވެ.
އޭރު ވެސް މި ރަށްތަކުން ބިމު ކުލީގެ ގޮތުގައި މިލިއަނުން ނުދައްކާ ހުރި ކަމަށް ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. އެފަހުން ރައީސް ޔާމީންގެ ސަރުކާރުގައި މި ތިން ރަށުން ދައްކަން ޖެހޭ ކުލި 10 އަހަރަށް ބަހާލައިގެން ދައްކަން ސަރުކާރާ އެކު އެއްބަސްވި އެވެ.
އެކަމަކު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މި ރިސޯޓުތަކާއި މިފަހަރުގެ ލިސްޓުގައި ހިމެނޭ ހޮނޑާފުއްޓާއި ތެލުވެލިގާގެ އޮޕަރޭޓިން ލައިސެންސްތައް އެ ސަރުކާރުން ހިފެހެއްޓި އެވެ. އެ ރަށްތަކަށް އަލުން ހުއްދަ ދިނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި، 2019 ގަ އެވެ.
މީރާއިން މީގެ ކުރިން އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް، ރިސޯޓުތަކުން ނުލިބިވާ ކުއްޔާއި އޭގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ އަދަދު 17 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން ކޮވިޑާ ގުޅިގެން ފަސްކޮށްދިން ކުލި އުނިކުރުމުން ވެސް މި އަދަދު 16 ބިލިއަން ރުފިޔާއަށް އަރަ އެވެ.










