މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އެމްޑީޕީން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭއްވި އެންމެ ފަހު ކެމްޕެއިން އިވެންޓު ތެރެއިން: ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަނީ 55 މެމްބަރުން ތިބޭ އެމްޑީޕީގެ -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭއްވި އެންމެ ފަހު ކެމްޕެއިން އިވެންޓު ތެރެއިން: ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަނީ 55 މެމްބަރުން ތިބޭ އެމްޑީޕީގެ -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހަޅަން ދިން މުއްދަތު އެ ޕާޓީން މިއަދު އިތުރުކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް ފޯމު ހުށަހަޅަން ކުރިން ދިން ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. މިއަދު ނެރުނު އިއުލާނުގައި މުއްދަތު ދައްމާލީ އަންނަ ހޮނިހިރު ދުވަހުގެ 4:00 އާ ހަމައަށެވެ.

މުއްދަތު އިތުރުކުރި ސަބަބާ ގުޅިގެން "އަދަދު"ން ސުވާލުކުރުމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ވިދާޅުވީ އިތުރު ދުވަސްތަކެއް ދިނީ ކުށުގެ ރެކޯޑު ސާފުކުރަން އިތުރު މުއްދަތު ބޭނުންވެގެން އެކަމަށް އެދޭތީ ކަމަށެވެ.

Advertisement

"ހުރިހާ ރަށެއްގެ ކޯޓަކުން ކުށުގެ ރެކޯޑު ޗެކުކުރުން ޑީޖޭއޭއަށް ފަސް ދުވަސް ބޭނުންވާތީ ބައެއް ބޭފުޅުން އެގޮތަށް އިތުރުކޮށްދޭން އެދޭތީ މުއްދަތު އިތުރުކުރަން ނިންމީ" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރަން ކުށުގެ ރެކޯޑު ހުށަހަޅަން ޖެހޭ ގޮތަށް ހެދި މިއީ ފުރަތަމަ ފަަހަރެވެ.

މިކަން ކުރި ސަބަބާ ގުޅޭގޮތުން އެމްޑީޕީން ބުނީ މި ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަނުން ކުށުުގެ ރެކޯޑް ސާފުކުރާ ގޮތް ބަދަލުކޮށްފައި ވާތީ އާއި ޕްރައިމަރީން ހޮވޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރަން އިތުރު ދުވަސްތަކެއް ނަގާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުށުގެ ރެކޯޑު ބަލާ ގޮތަށް ގެނައި ބަދަލަކީ މާލޭގައި ހުރި ސުޕީރިއާ ކޯޓްތަކާއި އެ މީހަކު ނިސްބަތްވާ ރަށުގެ ކޯޓްތަކުގެ ރެކޯޑުތަކުގެ އިތުރުން އެހެން ހުރިހާ ރަށެއްގެ ކޯޓުތަކުން ކުށުގެ ރެކޯޑުތައް ސާފުކުރަން ލާޒިމުކުރުމެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އިންތިހާބު ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox