ރާއްޖޭގެ ލީގު ޗެމްޕިއަނަށް ލިބެނީ އޭއެފްސީ ޗެލެންޖާސް ލީގު ޕްލޭއޮފް ޖާގަ

Dec 19, 2023, 6:59 AM
މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން އަންނަ ސީޒަނުގައި، ކްލަބް ފުޓްބޯޅަ މުބާރާތްތަކަށް ބޮޑު ބަަދަލުތަކެއް ގެންނައިރު، ރާއްޖޭގެ ލީގު ޗެމްޕިއަނުންނަށް ދޭން ނިންމާފައިވަނީ، އޭއެފްސީ ޗެެލެންޖާސް ލީގުގެ ޕްލޭއޮފް ޖާގަ އެކެވެ.

ޗެލެންޖާސް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ.

އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އެވެ.

މީގެ ކުރިން ރާއްޖޭން ވާދަކުރަމުން އައީ، އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގަ އެވެ. އެ މުބާރާތް، އަންނަ ސީޒަނުން ފެށިގެން ބަދަލުވާނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ނަމަށެވެ.

ރާއްޖެ އަށް ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ފުރުސަތު ލިބުނުއިރު، އިންޑިއާ ފިޔަވާ ސައުތު އޭޝިއާގެ ހުރިހާ ޓީމަކަށް ވެސް ފުރުސަތު ލިބެނީ މި ލީގުގެ ޕްލޭއޮފް ބުރުންނެވެ. އިންޑިއާ އަށް އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ގްރޫޕް ސްޓޭޖުން އެއް ޖާގަ އަދި ޕްލޭއޮފް ބުރުން އެއް ޖާގަ ލިބޭނެ އެވެ. އެއީ، އިންޑިއާގެ ލީގު ވަރުގަދަވެފައި، ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ކްލަބްތަކުން އޭއެފްސީ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، ލިބިފައިވާ ރޭންކިން ޕޮއިންޓް ގިނަވުމުންނެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭގެ ކްލަބްތަކުން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

އެކަމަކު، ނިއު ފިޔަވައި ރާއްޖޭގެ އިތުރު ޓީމަކަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައިނުވެ އެވެ.

އޭއެފްސީން 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތައް އެއް ގްރޫޕެއްގައި ކުޅެން ޖެހޭ ގޮތަށް ރޭވިފަހުން، އެ ގްރޫޕުން، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކުރަނީ މުޅިން ވެސް އިންޑިއާ ޓީމުތަކެވެ.

ރާއްޖޭގެ ކްލަބެއް އޭއެފްސީގެ މުބާރާތްތަކުން ނުފެނި ދިޔަ ސީޒަނެއް ވެސް ކުރިއަށްދިޔަ އެވެ. އެއީ 2019 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު އެ ގޮތަށް ދިމާވީ، ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކްލަބް ލައިސަންސް ނުހޯދުމުންނެވެ. އެއީ، ކްލަބްތަކުން ލިޔެކިޔުންތައް ފޮނުވި ނަމަވެސް، އެފްއޭއެމްގެ އިހުމާލުން ދިމާވި ކަމެކެވެ.

މީގެ ކުރިން، ރޭވިފައި އޮތް ގޮތުން، ރާއްޖޭގެ ދެ ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ލިބެ އެވެ. އެއީ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދާ ޓީމަކަށް ގްރޫޕް ސްޓޭޖްގެ ސީދާ ޖާގައެކެވެ. އަދި އެފްއޭ ކަޕް ޗެމްޕިއަން ނޫނީ ދިވެހި ޕްރިމިއާ ލިގު ރަނަރަޕަށް ދާ ޓީމު ކުޅެން ޖެހެނީ ކޮލިފައިން ބުރުގަ އެވެ.

އެކަމަކު، އޭއެފްސީން އަލުން ކްލަބް ފުޓްބޯޅަ މުބާރާތްތައް އަތުރާލުމާ އެކު، ރާއްޖޭގެ ފުޓްބޯޅަ މި ވަަގުތު އޮތް ހާލަތާއި ލީގުގެ ފެންވަރާއި ކްލަބްތަކުން އޭއެފްސީ މުބާރާތްތަކުގައި މި ފަހުން ނެރުނު ނަތީޖާ އަށް ބަލާއިރު، މި ވާދަކުރަން ޖެހުނީ ތިން ވަނަ ފަންތީގެ މުބާރާތް، ޗެލެންޖާސް ލީގުގަ އެވެ.

އެހެންކަމުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗު ވެގެންދާނީ އަންނަ އަހަރުގެ އޭއެފްސީ ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުގެ ޖާގައިގެ ވާދަވެރިކަމަށް ވެސް ބޮޑު މެޗަކަށެވެ.

އީގަލްސް އާއި މާޒިޔާ، މިއަދު ހަވީރު 3:50 ގައި ކުޅޭ މެޗަކީ މި ފަަހަރުގެ ލީގު ޗެމްޕިއަން ކަނޑައެޅިގެންދާނެ މެޗެވެ. ލީގު ތާވަލުގެ އެއް ވަނައިގައި، މި ވަގުތު، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން، މާޒިޔާ އޮތީ 37 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 35 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox