އަދަބިއްޔާތަށް ފާޑުކިޔަން ޖެހޭތަ؟

އަދަބިއްޔާތަށް ފާޑުކިޔަން ޖެހޭތަ؟

"ދެން އެއަށްވެސް ވީ ފާޑުކިޔަންތަ؟" މިއީ އަހަރެން ކުރި ސުވާލެއް ނޫނެވެ. އެއްދުވަހަކު އެކުވެރިއަކު ކުރި ސުވާލެކެވެ. އަދަބިއްޔާތުގެ އުފެއްދުންތަކަކީ މީހުންގެ ހިތްހަމަޖައްސައި، މުނިފޫހިފިލުވުމަށް ހުންނަ ތަކެއްޗަށް ވާހިނދު، ދެން އެއަށްވެސް ފާޑުކިޔަން ޖެހޭ ހެއްޔެވެ؟ ތިޔަހެން ހުރިހާ އެއްޗަކަށް ފާޑުކިޔާންވެއްޖިއްޔާ، އަދަބީ މަސައްކަތްކުރާ މީހުން ހިތްމަރުވާނޭ ނޫންހެއްޔެވެ؟

ހަނދާނަށް އަންނަނީ މަޝްހޫރު އަދީބު ސެމުއެލް ޓޭލަރ ކޮލެރިޖް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

"ކިޔުންތެރިން ހަތަރު ބަޔަކަށް ބަހާލެވިދާނެ އެވެ. އެއްބަޔަކީ އިސްޕެންޖުފަދަ ކިޔުންތެރިންނެވެ. އެމީހުން ކިޔާ ހުރިހާ އެއްޗެއް އިސްޕެންޖަގަނޑަކަށް ފެން ވަންނަފަދައިން އެމީހުންގެ ބޮލަށް ވަންނާނެ އެވެ. ނިކުންނާނީ ހަމަ އެ އެއްޗެކެވެ. ކުޑަކޮށް ކިލާކަމެއް ހުރުން އެކަށީގެންވެ އެވެ. ދެވަނަ ބަޔަކީ ދަންފުޅިތަކެކެވެ. ދަންފުޅީގެ އެއްކޮޅުން އަނެއްކޮޅަށް ހިލަވެލި ފައިބާ ނިމޭފަދައިން ލިޔެފައި އޮންނަ އެއްޗެއް ކިޔުންތެރިޔާގެ ސިކުނޑިއަށް ވަންނާނެ އެވެ. އެހެންނަމަވެސް އެކައްޗެއްވެސް ސިކުނޑީގައި ހިފެހެއްޓިފައެއް ނުހުންނާނެއެވެ. ދެން ތިބޭނީ ފުރޭނިތަކެއް ފަދަ ކިޔުންތެރިންނެވެ. އެއްޗެއް ކިޔާ ނިމޭއިރު، ސިކުނޑީގައި ހަރުލާފައި ހުންނާނީ "ރާޅު" ބައި އެކަންޏެވެ. ދެން ތިބޭނީ މުޣަލް އަލިމަސް ފަދަ ކިޔުންތެރިންނެވެ. މިއީ އެންމެ ތަދު ބާވަތެވެ. މި ފަދަ ކިޔުންތެރިން އެއްޗެއް ކިޔާލުމުން ޚުދު އެމީހުންނަށާއި އެހެންމީހުންނަށްވެސް އޭގެ ފައިދާކުރާނެއެވެ."

Advertisement

ފާޑުކިޔަނީ، ކޮލެރިޖް އެ ވިދާޅުވާ ފަހު ބައިގެ މީހުންނެވެ. އެއްޗެއް ކިޔާލުމުން ޚުދު އޭނާ އާއި އެހެން މީހުންނަށްވެސް އޭގެ ފައިދާ ކުރާނޭ ބީދައިން ލިޔުންތައް ކިޔާ ކިޔުންތެރިންނެވެ. ހިތާމައަކީ މީގެ ތެރެއިން ގިނަ މީހުންނަނީ މަތީ ތަޢުލީމީ މުވައްސަސާތަކުގެ ކުތުބުޚާނާތަކާއި ޑިޕާޓްމަންޓްތަކުގައި ތިބޭ މީހުން ކަމަށް ވާކަމެވެ. އެމީހުންގެ މޮޅު ލިޔުންތެރިކަމާއި މުއްސަނދި ބަސްކޮށާރުން، އަދަބިއްޔާތުގެ ޢިލްމަށް ނުފަރިތަ މީހާއަށް އަލިމަގެއް ހޯދައިދިނުމުގެ ބަދަލުގައި އެމީހާ ފުންމިން ނޭނގޭ ކަނޑަކަށް ވައްޓާލާ ފަދަ އެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ މި ޢިލްމު ޢާއްމުންނާ ހިސާބަށް ގެނެސްދެވޭ ފެންވަރަށް، އަދަބިއްޔާތު ތިލަކޮށްދޭން ދަންނަ މީހުންނެވެ. އަދަބީ ފާޑުކިޔުމުގެ ފަންނު ޢާއްމުކޮށްދީ، އެ ފަންނަށް ޢާއްމުން އަހުލުވެރިކޮށްދިނުމުގެ މަސައްކަތްކުރަނީ މި މީހުންގެ ތެރެއިންވެސް އެ ކީ އެއްޗަކުން އޭނާގެ ހިތުގައި އުފެދުނު ޝުޢޫރުތައް ސާދާކަމާއެކު ފާޅުކުރަން އެނގޭ، އެކަން ކުރަން ޖެހިލުންނުވާ މީހުންނެވެ.

މިކަން ކުރަން އެންމެ ފަސޭހަ އެއް ގޮތްކަމަށް ބެލެވިފައިވަނީ، އަދަބުގެ ފުން ކަނޑުގެ ޚަޒާނާއިން، އިންސާނުންގެ ޢާއްމު ދިރިއުޅުމާ އެންމެ ގުޅޭ މަސައްކަތްތައް އިޚުތިޔާރުކޮށްގެން، އެ ފަދަ މަސައްކަތްތަކުގެ ތަފްޞީލުތައް ބަޔާންކޮށްދިނުމެވެ. ބައެއް ޢިލްމުވެރިން މިއަށް މިކިޔަނީ "ޕަރސަނަލް ކްރިޓިސިޒަމް" އެވެ. މިއީ އަދަބިއްޔާތަށް ފާޑުކިޔުމުގެ ނަޒަރިއްޔާތަކާ ދުރު، އެންމެން ދަންނަ ޖަޒުބާތުތަކާއި އެންމެނަށް ކުރެވޭ އިހުސާސްތަކުގެ ތަރަހައިގެ މައްޗަށް ބިނާކުރާ ފާޑުކިޔުމެވެ. ދިރާސީ ދަރިވަރެއް ނޫންކަމުގައިވިޔަސް، ފަރިތަ ޖަޒުބާތުތަކާއި ތިމާގެ އިހުސާސްތަކަކާ އަދަބީ މަސައްކަތް ގުޅުވައިލެވިއްޖެނަމަ، އެއަށް ހިތްޖެހޭލެއް އަވަސްވާނެ އެވެ.

މި ފަދަ ފާޑުކިޔުމަކުން ކަމުގައިވިޔަސް ދިރާސީ ފާޑުކިޔުމަކުން ކަމުގައިވިޔަސް، އަދަބީ މަސައްކަތެއް ވަޒަންކުރުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ބައެއް ފަހަރަށް އަދަބީ މަސައްކަތެއްގެ ވާހަކަ ދައްކައިގެން، މުޖުތަމަޢުގައި ދައްކަންޖެހޭ ވާހަކައެއް ދައްކަން ފަސޭހަވެ އެވެ. ބައެއް ފަހަރު އަދަބަށް ފާޑުކިޔައިގެން އަދަބީ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، އޭގެ މޮޅު ދެރަ ކިރަން ދަސްވެ އެވެ. އަދި މި ވަޒަންކުރުމުގެ ސަބަބުން، އަދަބީ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށް ނުސީދާ ގޮތެއްގައި ބާރުދެވެ އެވެ. ފާޑުކިޔައިގެން ފަންނުވެރިންގެ އަގުވަޒަންކުރެވެ އެވެ.

އަހަރެމެންނަށް ބައެއް ފަހަރު އޮޅިފައި އޮންނަނީ ފާޑުކިޔުމަކީ ފައްސިގޮތެއްގައި ކުރެވިދާނޭ ކަމެއް ކަމެވެ. ކޮންމެ ފާޑުކިޔުމަކީ ނައްސި ފާޑުކިޔުމަކަށް ވުން މަޖުބޫރެއް ނޫންކަމެވެ. ފާޑުކިޔުމުގެ ލަފުޒީ މާނައަކީވެސް، ކަންކަމާ ދޭތެރޭ ނުވަތަ ތަންތަނާއި ތަކެއްޗާ މެދު އެމީހަކަށް ފެންނަ ގޮތެއް ކިޔުމެވެ. ކަމެއްގައި ފާޑުހުރި މިންވަރުވެސް އަހަރެމެންނަށް ހާމަކޮށްދެވިދާނެ އެވެ. އެހެން މަސައްކަތަކާ ފާޑުކުރެވިދާނެކަން ދެއްކިދާނެ އެވެ.

އަހަރަންގެ އެކުވެރިޔާ ކުރި ސުވާލުގައި އެހެން މަޤްޞަދެއްވެސް ވިއެވެ. އެއީ ދިވެހި އަދަބީ މަސައްކަތްތައް، ޚާއްޞަކޮށް މި ޒަމާނުގެ އަދަބީ މަސައްކަތްތައް ނިސްބަތުން މަދު އިރު، އެއަށްވެސް ދެން ފާޑުކިޔަންފެށީމާ މީހުން ހިތްމަރުވެދާނޭ ކަމަށް ޤަބޫލުކުރެވުނު ޤަބޫލުކުރެވުމެވެ. ތެދެކެވެ. ތިމާގެ މަސައްކަތަކަށް ނޭދެވޭ ފާޑުކިއުމެއް ލިބޭ ހިނދު، ތިމާގެ ހިތުގައި އެންމެ ފުރަތަމަ އުފެދޭނީ އުފާވެރިކަން ނުވަތަ ޝުކުރުވެރިކަން ނުވަތަ އިސްލާޙުކުރުމުގެ އިހުސާސްކަމަށް ނުވުން އެކަށީގެންވެ އެވެ. އެހެންނަމަވެސް، ތިމާވެސް، ވަގުތުގެ ޖަޒުބާތާ އެކަހެރިވެލައި، ސިކުނޑި ހުޅުވާލައިގެން އެ ފާޑުކިޔުމާމެދު ވިސްނާލައިފިނަމަ، ނޭދެވޭ ކޮންމެ ފާޑުކިޔުމެއްގައިވެސް ބިނާކުރަނިވި ދަރުސެއް ވެދާނޭކަން ދެނެގަނެވޭނެ ފުރުޞަތު އޮންނާނެ އެވެ.

އެއްދުވަހަކު ޅެންވެރިއެއްގެ މަސައްކަތާމެދު އޭނާ އާ މަޝްވަރާކުރަމުންދަނިކޮށް، އޭނާ ނު ބަލާ ނަޒަރަކުން އޭނާގެ މަސައްކަތް ދިރާސާ ކުރެވޭ ވާހަކަ އޭނާ ބުންޏެވެ. އެއީ މައްސަލައެއްތޯ އަހަރެން ސުވާލުކުރުމުން އޭނާ ދިނީ ވަރަށް ފުރިހަމަ ޖަވާބެކެވެ. "ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ. އެހެންނަމަވެސް އޭނާ އެ ކަރުދާހަށް ތިރިކޮށް ޢާއްމުކުރުމަށްފަހު، އެ މަސައްކަތަކީ އޭނާގެ މަސައްކަތެއް ނޫނެވެ. އެ މާނަކުރުމަކީވެސް އޭނާއަށް އެކަނި އޮންނަ އިޚުތިޔާރެއް ނޫނެވެ. ކަރުދާހުން ތުނޑު ނައްޓާލައި، ކިޔުންތެރިންނާ ހަވާލުކުރާ ހިސާބުން އެއީ އެމީހުންގެ އެއްޗެކެވެ."

ތެދެކެވެ. ފާޑުކިޔާނީ ކިޔުންތެރިންނެވެ. އެމީހެއްގެ ދޭހަކުރުމުގެ ފެންވަރުންނެވެ. އެމީހެއްގެ ޒާތީ ތަޖުރިބާތަކުން އެއަށް ދުރުމީ އަޅައިގެންނެވެ. ކޮންމެ ފާޑުކިޔުމަކީ ބިނާކުރަނިވި ފާޑުކިޔުމަކަށް ނުވެވެސް ހިނގައިދާނެ އެވެ. އަދި ކޮންމެ ފާޑުކިޔުމަކީ ދިރާސީ ވެއްޓަށް އެކަށޭނެ ފެންވަރުގެ ފާޑުކިޔުމަށް ނުވެވެސް ހިނގައިދާނެ އެވެ. އެހެންނަމަވެސް އަދަބީ ކޮންމެ މަސައްކަތަކާ މެދު ދެކެވޭ ކޮންމެ ވާހަކައަކީ އެ އަދަބީ މަސައްކަތުގެ މުހިއްމުކަމަށް ހެކިވާ ވާހަކައެކެވެ. ފާޑުކިޔުމެއް ރައްދުނުވާ އަދަބީ މަސައްކަތެއްގެ މަޤާމަކީ، ހަނޑޫދޮލަނގުގައި އުކާލާ ވީގެ މަޤާމެއް ނޫންހެއްޔެވެ؟ އެހެންކަމުން ކުރުގޮތަކަށް ބުނާނަމަ، އަދަބިއްޔާތަށް ފާޑުކިޔަނީ އޭގެ އަގުވަޒަންކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox