ރީތި ގޮތަކީ ބައްސާމް އިސްތިއުފާ ދިނުން: ތޯރިގް

2016 ވަަނަ އަހަރު އެފްއޭއެމްގެ އިންތިހާބު ދުވަސްވަރު، ތޯރިގު (ކ) އާއި ބައްސާމް (ވ).

2016 ވަަނަ އަހަރު އެފްއޭއެމްގެ އިންތިހާބު ދުވަސްވަރު، ތޯރިގު (ކ) އާއި ބައްސާމް (ވ).

ރާއްޖޭގެ ފުޓްބޯޅަ އަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ކަމުން، ބައްސާމް އަދީލް ޖަލީލް، އިސްތިއުފާދިނުން ކަމަށް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ކުރީގެ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ވަރަށް އަވަހަށް އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ ތަނުގެ ބައެއް ވެރިންނަށް ދައުވާ ކުރަން ފޮނުވާނެ ކަމަށާއި، އެކަން ކުރަން އެކަށީގެންވާ މިންވަރަށް ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން އެފްއޭއެމާ ގުޅޭ ގިނަ މައްސަލަތަކެއް ސިވިލް ކޯޓުގައި އޮތްއިރު، އެފްއޭއެމުން ގިނަ ކުންފުނިތަކަކަށް ދައްކަން ޖެހޭ ފައިސާ ނުދޭ މައްސަލަތަކުގައި އެ އެސޯސިއޭޝަންގެ މައްޗަށް ވަނީ ކޯޓުން ހުކުމްކޮށްފަ އެވެ. އެކަމަކު، އެފްއޭއެމްގެ މާލީ ހާލަތު އޮތްގޮތުން، ކޯޓު ހުކުމާ އެއްގޮތަށް އަމަލުކުރެވެން ވެސް ނެތެވެ. އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާއިރު، މުސާރަ ނުލިބި މުވައްޒަފުން މަސައްކަތަށް ނުނިކުންނަން ހަޅުތާލެއްގައި ތިބުމުން، އެސޯސިއޭޝަން ހިންގުމުގެ ކަންކަން ކުރިއަށް ނުދެ އެވެ. ފީފާ އިން ވަނީ ދާދި ފަހުން، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދޭން ޝަރުތުކޮށް ފައިސާ ހަމަޖައްސައިދީފަ އެވެ.

ފުޓްބޯޅައިގެ ހާލަތު މި ހިސާބުގައި އޮތްއިރު، އަންނަ އަހަރުގެ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރުވަމުން އަންނަ، ކުރިން ވެސް އެ މަގާމު ފުރުއްވި ތޯރިގު، ސޯޝަލް މީޑިއާގައި ރޭ ހާމަކުރެއްވީ ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުގެ ސޮއި ހޯދާ ކަމުގެ ވާހަކަ އެވެ.

"އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި. ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން،" އެފްއޭއެމްގެ ރައީސްގެ މަގާމު، 2016 ވަަނަ އަހަރު ތިން މަހެއްހާ ދުވަހު ފުރުއްވި، ޓޯރިގު ވިދާޅުވި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ތިބީ ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަައި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ދިއުމަށް ތައްޔާރަށެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކްލަބުތަކުން، ހުށަހަޅައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް، ޓޮމް، އެފްއޭއެމްގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ.

އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އެވެ. ޓޮމްގެ އެކްްސްކޯ ފަސް މެމްބަރުން އިސްތިއުފާ ދިނީ، އޭރު އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި ބައްސާމް މަގާމުން ދުރުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox