ޔޫރަޕުން އައުޓް، ޔުނައިޓެޑް މާލީ ގޮތުން ބޮޑު ގެއްލުމަކާ ދިމާލަށް

Dec 13, 2023, 5:22 AM
ޔޫރަޕުން އައުޓް، ޔުނައިޓެޑް މާލީ ގޮތުން ބޮޑު ގެއްލުމަކާ ދިމާލަށް

މެންޗެސްޓާ (ޑިސެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ ފުލަށް ގޮސް ޔޫރަޕްގެ މުބާރާތްތަކުން ކެޓުމުން މާލީ ގޮތުން ބޮޑު ގެއްލުމެއް މެންޗެސްޓާ ޔުނައިޓެޑަށް ލިބޭނެކަމަށް ބެލެވިއްޖެ އެވެ.

މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ޔުނައިޓެޑުން ގްރޫޕް ސްޓޭޖް ނިންމާލަން ޖެހުނީ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ، އެންމެ ހަތަރު ޕޮއިންޓް ލިބިގެންނެވެ. އެ ޓީމުން 12 ގޯލު ޖެހިއިރު ބައިކޮޅަށް 15 ގޯލު ވަނީ ވަދެފަ އެވެ.

ޔޫރަޕްގެ މުބާރާތްތަކުން ކެޓުމުން އެ ކުލަބަށް ލިބޭ އާމްދަނީގެ ބޮޑުބައެއް އުނިވާނެ އެވެ. އެ ގޮތުން ޔޫރަޕްގެ މުބާރާތްތަކުގެ މެޗުތަކުން ލިބޭ އާމްދަނީ އާއި މެޗުތައް ދައްކައިގެން ލިބޭ އާމްދަނީގެ އިތުރުން ޔުއެފާއިން ކުލަބުތަކަށްދޭ ފައިސާ ވެސް މަދުވާނެ އެވެ.

Advertisement

ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށްދާ ކޮންމެ ޓީމަކަށް 8.2 މިލިއަން ޕައުންޑު ލިބެ އެވެ. ޔުނައިޓެޑަށް މި ފައިސާ ނުލިބުމުގެ އިތުރުން މުބާރާތުގައި އިތުރަށް ކުރިއަށްގޮސް ކޮންމެ ނޮކްއައުޓް ބުރަކުން ލިބޭ ފައިސާ ވެސް ޗެމްޕިއަންސް ލީގުން ކަޓާފައިވާތީ ނުލިބޭނެ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އިނާމް ފައިސާގެ ގޮތުގައި 45 މިލިއަން ޕައުންޑް ލިބެ އެވެ.

ޔޫރަޕްގެ މެޗުތައް ކުޅެން ނުޖެހުމަކީ ޔުނައިޓެޑަށް ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީ އަށް ވެސް އަސަރުކުރާނެ ކަމެކެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވަރުގަދަ ޓީމަކާ ދެކޮޅަށް އެޓީމުން ކުޅެން ޖެހިއްޖެނަމަ ކޮންމެ މެޗަކަށް އާމްދަނީގެ ގޮތުގައި 12 މިލިއަނެއްހާ ޕައުންޑް ލިބެ އެވެ.

މެޗުތައް ބްރޯޑްކާސްޓްކޮށްގެން ލިބޭ ފައިސާވެސް ޔުއެފާ އިން ޓީމުތަކަށް ބާހާލަ އެވެ. އެ ގޮތުން މި އަހަރު 257 މިލިއަން ޕައުންޑް ބަހާލާއިރު، މީގެ ތެރެއިން ޔުނައިޓެޑަށް ލިބޭނީ މަދު އަދަދެކެެވެ. އިނގިރޭސި ކުލަބުތަކަކީ ޔޫރަޕްގެ އެހެން ކުލަބުތަކަށް ވުރެ މަޝްހޫރު ކުލަބުތަކަކަށް ވުމާ އެކު ބްރޯޑްކާސްޓް ފައިސާ ބެހުމުގައި އިނގިރޭސި ކުލަބުތަކަށް އިސްކަން ދެ އެވެ. އެ ގޮތުން އިނގިރޭސި ކުލަބުތަކަށް ލިބޭ ފައިސާގެ އަދަދުވެސް އިތުރެވެ.

ދެން އޮތީ ޔޫރަޕްގެ ކުލަބުތަކުގެ ރޭންކިންއަށް ބަލައި ޓީމްތަކަށްދެވޭ ބޯނަސް ފައިސާ އެވެ. ފާއިތުވެދިޔަ 10 އަހަރު ކުލަބުތަކުން ދެއްކި ކުޅުމަށް ބަލައި މިއަހަރު 515 މިލިއަން ޕައުންޑް ބެހުމަށް އޮތީ ނިންމާފަ އެވެ. ޓީމްތައް ރޭންކްކޮށް ފައިސާ ބަހާއިރު، އެެންމެ ދަށް ރޭންކް ޓީމަށް 1.28 މިލިއަން ޕައުންޑް ލިބެ އެވެ. އެންމެ މަތިން ރޭންކްކުރެވިފައިވާ ޓީމަށް 42.3 މިލިއަން ޕައުންޑް ލިބޭނެ އެވެ.

ޔޫރަޕްގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް ޔޫރަޕްގެ މުބާރާތްތަކުން ކެޓުމާއިއެކު ކޯޗު އެރިކް ޓެން ހާގަށް އަމާޒުވެފައިވާ ފާޑުކިޔުންވަނީ ގިނަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox