ހާލުގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފިލްޑަރު ކަސެމީރޯ ފިޓުވެއްޖެ

Dec 12, 2023, 5:44 AM
ހާލުގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފިލްޑަރު ކަސެމީރޯ ފިޓުވެއްޖެ

މެންޗެސްޓާ (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން އޮތް މުހިންމު މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފިލްޑަރު ކަސެމީރޯ ފިޓުވެއްޖެ އެވެ.

އެކަށީގެންވާ ނަތިޖާތަކެއް ނުނެރެވި ޗެމްޕިއަންސް ލީގުން ކެޓުމުގެ ބިރު ބޮޑުވެފައިވާ ޔުނައިޓެޑު މި ވަގުތު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެ ގޮތުން ކުޅުންތެރިންނާއި ކޯޗުންނާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ދެ ވަނަ ބުރުން އެ ޓީމަށް ފުރުސަތު ލިބެން އޮތް ހަމައެކަނި ގޮތަކީ ބަޔާން މިޔުނިކް އަތުން މޮޅުވުމުގެ އިތުރުން ގްރޫޕްގެ އަނެއް މެޗުގައި ގަލަސަތަރާއި އާއި ކޯޕެންހާގެން އެއްވަރުވުމެވެ.

Advertisement

މި ހާލަތުގައި އޮތް ޔުނައިޓެޑަށް ލިބޭނެ އެއް ހިތްހަަމަޖެހުމަކީ އަނިޔާގައި ހުރި މިޑްފިލްޑަރު ކަސެމީރޯ ފިޓުވުމެވެ. ކަސެމީރޯ އަކީ މިދިޔަ އަހަރާއި މި ސީޒަންގައިވެސް ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިއެކެވެ.

ބްރެޒިލްގެ ގައުމީ ޓީމާ އެކު މިދިޔަ އޮކްޓޯބަރު މަހު ފަރިތަކުރަނިކޮށް އަނިޔާވި ކަސެމީރޯ، 31، އަށް މިދިޔަ ދޮޅުމަހެއްހާ ދުވަހު މެޗެއް ނުކުޅެވެ އެވެ. ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް ފަހު ކަސެމީރޯ މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޑިފެންސް ލައިނަށް ބަލާއިރު ސީޒަންގެ ކުރީކޮޅު އަނިޔާގެ މައްސަލަތައް ގިނަކޮށް ފެނުނު މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން މަޑު މަޑުން އަންނަނީ ފިޓުވަމުންނެވެ. އެ ގޮތުން ސަޖިއޯ ރެގިލޯން އާއި ލޫކް ޝޯ މިހާރު ހުރީ ފިޓްކޮށެވެ. އާރޮން ވެން ބިސާކާގެ ބޭނުންވެސް މިހާރު ޓެން ހާގަށް ހިފޭނެ އެވެ. އޭގެ އިތުރުން، އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒްވެސް އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox