ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކިބައިން ފެނާންޑޭސް މާފަށް އެދިއްޖެ

Dec 11, 2023, 3:40 AM
ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކިބައިން ފެނާންޑޭސް މާފަށް އެދިއްޖެ

ލަންޑަން (ޑިސެމްބަރު 11) - ބޯންމައުތު އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވި މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަންނަން އުނދަގޫ ކުޅުމެއް ކަމަށާއި އެކަމަށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭސް ބުނެފި އެވެ.

މިއީ، ބޯންމައުތުގެ ތާރީހުގައި އެ ޓީމުން ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ، ޔުނައިޓެޑުން މި ސީޒަނުގައި ކުޅުނު 23 މެޗުގެ ތެރެއިން ބަލިވި 11 ވަނަ މެޗެވެ. މިއީ ޔުނައިޓެޑްގެ މުއްސަނދި ތާރީހުގައި ވެސް އާދަޔާހިލާފަށް ދަށްކޮށް ފެށުނު ސީޒަނެކެވެ. އެހެންވެ، ސަޕޯޓަރުންގެ ނުރުހުން ކްލަބްގެ ކަންކަމަށް ވަނީ އަމާޒުވެފަ އެވެ.

"އަހަރެން ޔުނައިޓެޑްގެ (ސަޕޯޓަރުން) ކިބައިން މާފަށް އެދެން. ފެނުނީ ދަށް ކުޅުމެއް. މި ބުނަނީ އަހަރެން ހިމެނޭ ގޮތަށް، އެހެން ކުޅުންތެރިންގެ ވާހަކައެއް ނޫން، މުޅި ޓީމުގެ ވާހަކަ،" މި ސީޒަނުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ފެނާންޑޭސް ބުންޏެވެ.

Advertisement

"މިއީ އަހަރެެމެން ޗެލްސީއާ ދެކޮޅަށް ދެއްކި ވަރުގެ ކުޅުމާ އެއްވެސް ވަރަކަށް އެއް ހަމައެއްގައި ބެލޭނެ ކުޅުމެއް ނޫން. މި ކަންކަން ރަނގަޅުކުރަން ޖެހޭ،"

ޔުނައިޓެޑުން ވަނީ ބޯންމައުތު އަތުން ބަލިވި މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 2-1 އިން މޮޅުވެފަ އެވެ.

"އަހަރެމެން އަބަދުވެސް މެޗަކުން މޮޅުވެފައި. ދެން ކުޅޭ މެޗުގައި މި ފެންނަނީ ދަށްކޮށްދާތަން. މިއީ ވިސްނުންތެރިކަމާ އެކު ކޮންމެ މެޗަކަށް ފޯކަސް ނުކުރާތީ ވާ ކަމެއްތޯ، އަހަރެމެން އެންމެން ޓީމެއްގެ ގޮތުގައި ބަަލަންޖެހޭ،" ފެނާންޑޭސް ބުންޏެވެ.

ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ފެނާންޑޭސް އަށް ދެއްކި ރީނދޫ ކާޑަކީ މި ސީޒަނުގައި އޭނާ އަށް ދެއްކި ފަސް ވަނަ ރީނދޫ ކާޑެވެ. މި ކާނޑާ އެކު ފެނާންޑޭސް ވަނީ ލީގުގައި ދެން ކުޅޭ މެޗަށް ސަސްޕެންޑްވެފަ އެވެ. ޔުނައިޓެޑުން ލީގުގައި ދެން ކުޅޭ މެޗަކީ އެއް ވަަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗެވެ.

ޔުނައިޓެޑުން މި ހަފްތާގައި ނަތީޖާ ނެރެން މަޖުބޫރު މެޗެއްގައި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭނެ އެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވެން އޮތީ އެ ޓީމު ކުޅޭ މެޗުން ބަޔާން އަތުން މޮޅުވެ، ގްރޫޕްގެ އަނެއް މެޗުން ކޯޕެންހާގެން އާއި ގަލަސަތަރާއި އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox