ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން; ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފި -- ފޮޓޯ: މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން; ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފި -- ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދީފި އެވެ.

ކުރީ ސަރުކާރުން ދޫކުރަން އިއުލާނުކޮށްފައިވާ 4000 ފްލެޓުގެ ދާއިމީ ލިސްޓު ނެރުނީ, މިދިޔަ ނޮވެމްބަރު ފަހެއްގަ އެވެ. އެ ލިސްޓާއެކު ގިނަ ޝަކުވާތަކެއް ފެންމަތިވުމުން, އޭސީސީން ވަނީ ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ނޫނީ މައްސަލަ ކުރިއަށް ނުގެންދަން އަންގާފަ އެވެ.

އެހެން ނަމަވެސް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އެ ކޮމިޝަނަށް ނުލިބޭތީ, މައްސަލަ ތަހުގީގު ކުރުން އޮތީ މަޑުޖެހިފަ އެވެ. ހައުސިން މިނިސްޓްރީން ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހިއްސާކުރުމާއެކު މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭސީސީން ބުނެ އެވެ.

ގެދޮރުވެިރޔާ ސްކީމުގެ މައްސަލާގައި އޭސީސީން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި, ކޮމިޝަނުން މައްސަލައިގެ ތަހުގީގު ކުރަމުން ދަނީ ގެދޮރުވެރިޔާ ސިސްޓަމަށް އެކްސެސް ލިބިގެންނެއް ނޫނެވެ. އަދި މިހާތަނަށް ހޯދި މައުލޫމާތުތައް ހޯދާފައި ވަނީ މިނިސްޓްރީގެ ލޮގިންތައް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މުޅި ސިސްޓަމަށް އެކްސެސް ލިބުމަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން މިކަން ބެލުމަށްޓަކައި. އެކަން އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ޓެކްނިކަލް،" ޝާމިލް ވިދާޅުވި އެވެ.

ފްލެޓު ލިސްޓުގެ ސައްހަކަމާމެދު އޭސީސީން ވެސް ސުވާލު އުފައްދާފައިވާއިރު، ކޮމިޓީގައި މެންބަރުން ސާފުކުރަން އެންމެ ބޮޑަށް ބޭނުންވީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގު ނިންމާނެ ދުވަހެއް ހޯދުމެވެ. އެ ސުވާލު ތަކުރާރުކޮށް ކުރުމުން ވެސް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ޖަވާބެއް ނުދެއްވި އެވެ.

މައްސަލަ ބަލާތާ މަސް ދުވަސް ވާން ކައިރިވެފައިވީ ނަމަވެސް, ތަހުގީގު ނިންމޭނެ ތާރީހެއް ވިދާޅުވެވެން ނެތް މައިގަނޑު ސަބަބަކީ އޭނާ ފާހަގަކުރެއްވި ގޮތުގައި ޕޯޓަލްއަށް އެކްސެސް ނުލިބުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox