ބެޓިސް އަތުން ރެއާލް އަށް މޮޅުނުވެވުނު

Dec 10, 2023, 6:32 AM
ބެޓިސް އަތުން ރެއާލް އަށް މޮޅުނުވެވުނު

ސެވިލް، ސްޕެއިން (ޑިސެމްބަރު 10) - ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު 1-1 އިން އެއްވަރުވެ އެވެ.

ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވިއިރު، އެ ޓީމު މިވަގުތު އޮތީ ލީގުގެ އެއް ވަނައިގައި އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ރެއާލް އަށް 39 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެފައިވާ ޖިރޯނާ އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. އެ ޓީމު މިރޭ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ލީގުގެ ތިންވަނައިގައި ބާސެލޯނާ އޮތީ 34 ޕޮއިންޓާ އެކުގަ އެވެ.

ބެޓިސް އަތުން އެއްވަރުވި މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު ޖަހައިދިނީ ޖޫޑް ބެލިންހަމް އެވެ. މިއީ ލީގުގައި ބެލިންހަމް ކުޅުނު 14 މެޗުގައި ޖެހި 12 ވަނަ ގޯލެވެ. ބެޓިސް އިން ނަތިޖާ އެއްވަރުކުރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއ ގޯލަށް ވައްދާލައިގެން އައިޓޯ ރުއިބާލް އެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ނުކުޅު ނަމަވެސް އަނިޔާއިން ރަނގަޅުވެ ކީޕަރު ކެޕާ އަރިޒަބަލަގާ ސްކޮޑުގައި ހިމެނި ބެންޗުގައި އިނެވެ. ބެލިންހަމްވެސް މި މެޗަށް ނިކުތީ ކޮނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށްފަހުގަ އެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރެއާލް ސޮސިއެޑާޑުން ވަނީ ވިޔަރެއާލްގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި އެ ޓީމުގެ ގޯލްތައް ޖަހައިދިނީ މިކޭލް މެރީނޯ، މާޓިން ޒުބިމެންޑީ އަދި ޓަކެފޫސާ ކޫބޯ އެވެ.

ލީގުގައި ރޭ ސެވިއްޔާ ވަނީ މަޔޯކާ އަތުން 1-0 އިން ބަލިވެފަ އެވެ. ލީގުގައި ކުޅުނު 15 މެޗުގެ ތެރެއިން ސެވިއްޔާ އަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އެ ޓީމު އޮތީ ލީގުގެ 16 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox