ގެދޮރުވެރިޔާ ސްކީމް މަޑުޖައްސާލަން އޭސީސީން އެންގީ ގުރުނަގާ ނިމުނު ފަހުން: އަކްރަމް

ހައުސިން މިނިސްޓްރީގެ ފްލެޓު ކޮމިޓީގެ ބައްދަލުވުމެއްގައި އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަނީ: އޭސީސީގެ އެންގުމާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އަކްރަމް ކޮމިޓީގައި ވިދާޅުވި -- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގެ ފްލެޓު ކޮމިޓީގެ ބައްދަލުވުމެއްގައި އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަނީ: އޭސީސީގެ އެންގުމާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އަކްރަމް ކޮމިޓީގައި ވިދާޅުވި -- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4,000 ފްލެޓު ލިބުނު މީހުންނާ ތަންތަން ހަވާލުކުރުން މަޑުޖައްސާލަން އަންގާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސިޓީއެއް ލިބުނީ ފްލެޓު ލިބުނު މީހުންގެ މެދުގައި ގުރުނަގައި ނިމުނު ފަހުން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކުރަމުންދާ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން، އޭސީސީގެ އެންގުމާ ހިލާފަށް ފްލެޓުތައް ހަވާލުކުރި ކަމަށް އޭނާ އާއި ހައުސިން މިނިސްޓްރީގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

އެގޮތުން, އޭނާ ވަނީ ޕޮއިންޓުތަކާ އެކީ ތަރުތީބު ކުރި ފްލެޓު ލިސްޓުގެ މަސައްކަތް ކުރެވުނު ގޮތާއި އެ މަސައްކަތް ކުރަމުންދިޔަ އިރު އޭސީސީއާ ކުރެވުނު މުއާމަލާތްތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ. އޭނާ ކިޔައިދެއްވި ގޮތުން ނަމަ ފްލެޓު ލިސްޓު އެކުލަވާލެވުނު ހިސާބުން ފެށިގެން ގުރު ނަގައި، އެއްބަސްވުންތަކުގައި ސޮއިކުރުމާ ހަމައަށް ވެސް ހައުސިން މިނިސްޓްރީން އޭސީސީގެ އެއްވެސް އެންގުމަކާ ހިލާފުވެފައި ނުވެ އެވެ.

އޭސީސީން ފުރަތަމަ އެންގީ ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން

ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެކެވެ. އެ ލިސްޓުން އެއްވެސް މީހަކަށް ލިބުނު ޕޮއިންޓެއް ހިމަނާފައި ނުވެ އެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވާލި އެވެ.

ޕޮއިންޓުތައް ހިމަނައި ތަރުތީބުކުރި ލިސްޓު އާންމުކުރީ ހުސްވި މަހުގެ ހަތަރެއްގެ މެންދަމުގެ ވަގުތެއްގަ އެވެ. ނުގަޑިއެއްގައި ލިސްޓު ގެޒެޓުކުރި ސަބަބު ސާފުކޮށްދެއްވަމުން އަކްރަމް ވިދާޅުވީ އެހެން އެކަން ދިމާވީ މަސައްކަތް ނިމުމާ އެކީ ލިސްޓު އަޕްލޯޑުކުރަން ނިންމުމާ ގުޅިގެން ކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުންތަކެއް މި ލިސްޓު ނުކުންނާނެ ކަމުގެ އުއްމީދުގައި ތިބީމަ، އަޅުގަނޑުމެން ހަމަ މަސައްކަތް ނިމުމާ އެކީ އަވަހަށް އަޕްލޯޑު ކުރީ," އަކްރަަމް ވިދާޅުވި އެވެ.

މި ލިސްޓު އަޕްލޯޑުކުރުމާ އެކީ ވަރަށް މައްސަލަ ގޯސްވި އެވެ. އޭރު ސަރުކާރަށް އަމާޒުވީ ތުހުމަތަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަޕޯޓަރުންނަށް ފްލެޓުތައް ދޭން އަވަސް އަރުވާލައިގެން ލިސްޓު އާންމުކުރުމެވެ. މިކަމާ ނުރުހުން ފާޅުކުރަން އެ ދުވަހު ހައުސިން މިނިސްޓްރީއަށް ވެސް ބައެއް މީހުން ދިޔަ އެވެ.

އަކްރަމް ވިދާޅުވީ، ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު ފްލެޓުތަކުގެ ގުރުއަތުލާން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިހާ ހިސާބުން ކަމަށެވެ. އަދި, ހައުސިން މިނިސްޓްރީން ހަމަ އެ ދުވަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަލުން، މި ދެންނެވީ ޝަކުވާއަށް ހުޅުވާލުމަށް. ޝަކުވާއެއް [ހުށަހެޅުމުން] އޭތި އަޅުގަނޑުމެން ބަލާފަ ދެން ގުރުލާން ދާން," އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް, ގިނަ ބަޔަކު އެދެމުންދާތީ ކަމަށް ބުނެ އިތުރު ދުވަހަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދަންމާލި އެވެ. އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އޭސީސީގެ ސިޓީއެއް ފުރަތަމަ ލިބުނު މި މަރުހަލާގެ ތެރޭގައި ކަމަށެވެ.

ފުރަތަމަ ލިބުނު ސިޓީގައި ގެދޮރުވެރިޔާ ސްކީމު ހުއްޓާލަން އަންގާފައި ނެތް ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭގައި އޭސީސީން އަންގާފައި އޮތީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ފުރުސަތު ދީ، އެ ޝަކުވާތައް ބެލުމަށް ފަހު ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, ކަން ކުރީ ވެސް އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 7000 މައްސަލަ [ޝަކުވާގެ ގޮތުގައި ހުށަހެޅުނު] ގިނައިން ހުރީ އެއް މައްސަލައެއް. ތިމަންނަ މިހާ މުއްދަތުގައި އުޅުނީމޭ." އަކްރަމް ވިދާޅުވި އެވެ.

ޝަކުވާތައް ބަލައި ނިންމާ ފައިނަލް ލިސްޓު އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ، ވެރިކަން ނިމެން ދެ ދުވަހަށް ވަނިކޮށް ނޮވެމްބަރު 15 ގަ އެވެ. އަކްރަމް ވިދާޅުވީ އެ ދުވަހު މަސައްކަތް ނިންމާލުމާ ހަމައަށް ވެސް އޭސީސީގެ ނައިބު ރައީސް، އަބްދުއްސަލާމްއާ ފްލެޓު ކޮމިޓިގެ މެމްބަރުން މުއާމަލާތް ކުރަމުން ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކޮމިޓީގެ ބައެއް ބޭފުޅުން ގެންދެވީ އޭސީސީގެ ނައިބާ ވެސް ވާހަކަ ދައްކަމުން ގެންދެވީ، މި ކިހިނެއްތޯ މިކަންތައް އޮތީ، ހުއްޓުވާތޯ. ދެން ވިދާޅުވި ހުއްދަ ދީފައި ސިޓީއެއް ވެސް ފޮނުވާނަމާ ކުރިއަށް ގެންދަން. ތިން ހަތަރު ފަހަރު އޭސީސީގެ ނައިބާ ވާހަަކަ ދެއްކެވި ކަމަށް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ," އަކްރަމް ވިދާޅުވި އެވެ.

އެކަމަކު އޭސީސީގެ މި ސީޓި ފްލެޓް ކޮމިޓީއަކަށް ނުލިބުނެވެ. ނުލިބުމުން އެ ކޮމިޓީން ނިންމީ އޭސީސީއަށް ސިޓީއެއް ފޮނުވާށެވެ. އެ ސިޓީގައި އޮތީ ޝަކުވާތަކުގެ މައްސަލަ ބަލައިނިންމި ވާހަކަ އެވެ. މި ސިޓީ ފޮނުވި ދުވަހުގެ ރޭ، ހައުސިން މިނިސްޓްރީން ވަނީ ގުރުނަގައި އެރެއިން އެރެއަށް ފްލެޓު ދިނުމުގެ މަސައްކަތްތައް ނިންމާލާފަ އެވެ.

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ އެއްވެސް ކަމެއް ކުރުން ހުއްޓާލަން އަންގައި އޭސީސީގެ ސިޓީ ލިބުނީ ޖެހިގެން އައި ދުވަހު އޮފީހަށް ދިޔުމުން ކަމަށެވެ. އަދި ދައުލަތުން އަވަހަށް ފޮނުވަން ބޭނުންވާ މުހިންމު ލިޔެކިޔުންތަކުގައި ޖަހާފައި އޮންނަ "އަވަސް" ތައްގަނޑު ވެސް އޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއް ދުވަހު އޮފީހަށް އައިސްފައި ގާތްގަނޑަކަށް ދިހައެއް ޖަހާކަން ހާއިރު ސެކްޝަނަށް ސިޓީ އައީ އޭސީސީން، އޭގައި އަވަސް ވެސް ޖަހާފައި ނެތް، ކުރިއަށް ގެންދަން ހުއްޓާލުމަށް. އެހެންމަ އެ ޕްރޮސެސް އިތުރަކަށް ނުއެއްދޭ" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަނީ ސިޓީ ލިބުނު ހިސާބުން ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށް ބުނެ ކޮމިޓީގައި ދިފާއުވެވަޑައިގެންފަ އެވެ. އަދި އޭސީސީގެ ސިޓީގައި އޭގެ ކުރީ ދުވަހުގެ ތާރީހު އޮތް ނަމަވެސް ސިޓީ ލިބުނީ މިދިޔަ މަހުގެ 16 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox