ޓްރެއިލާ ލީކުވުމުން 15 ގަޑިއިރު ކުރިން ޖީޓީއޭ ސިކްސްގެ ޓްރެއިލާ ނެރެފި

ޓްރެއިލާ ލީކުވުމުން 15 ގަޑިއިރު ކުރިން ޖީޓީއޭ ސިކްސްގެ ޓްރެއިލާ ނެރެފި

މަގުބޫލު ގޭމު ގްރޭންޑް ތެފްޓް އޮޓޯ (ޖީޓީއޭ) ސިކްސްގެ ޓްރެއިލާ ލީކުވުމުގެ ސަބަބުން، ތަވާލުކޮށްފައިވާ ވަގުތަށް ވުރެ 15 ގަޑިއިރު ކުރިން ޓްރެއިލާ ނެރެފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ގޭމް ސީރީޒް، ޖީޓީއޭ ސިކްސްގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވަނިކޮށް، ޓްރެއިލާގެ ދަށް ކޮށްލިޓީ ވީޑިއޯތަކެއް ވަނީ އިންޓަނެޓުގައި ދައުރުވާން ފަށައިފަ އެވެ. އެ ހިސާބުން އެ ގޭމު ނެރޭ ކުންފުނި "ރޮކްސްޓާ ގޭމްސް" އިން ވަނީ އެކަމުގެ ސަބަބުން އަސްލު ޓްރެއިލާ ނެރެން ނިންމާފައިވާ ކަމަށާ، ހުރިހާ ފަރާތްތަކުން ވެސް އެ ޓްރެއިލާ ބެލުމަށް އެދިފަ އެވެ.

ރޮކްސްޓާ އިން ނެރެފައިވާ 90 ސިކުންތުގެ ޓްރެއިލާ އިން ދައްކަނީ ގޭމުގައި ހިމެނޭ ބައެއް މީހުންނާ ތަންތަނެވެ. އެގޮތުން, ޖީޓީއޭގެ "ވައިސް ސިޓީ"ގައި އެތުރިފައިވާ މި ގޭމުގެ، ބަތަލާކީ ލޫސިއާ ނަމަކަށް ކިޔާ އަންހެނެކެވެ.

މި ސީރީޒްގެ ކުރިން ނެރުނު ގޭމު، "ޖީޓީއޭ ފައިވް" ނެރެފައިވަނީ 2013 ގަ އެވެ. އެ ގޭމަށް ވަނީ ދެވަނަޔަށް އެންމެ ގިނައިން ވިކިފައިވާ ގޭމުގެ މަގާމު ލިބިފަ އެވެ.

އަދި އައު ގޭމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް، ޖީޓީއޭ ސިކްސްގެ މަސައްކަތްކުރަމުންދާ ކަން ރޮކްސްޓާ އިން ހާމަކުރީ 2022 ގަ އެވެ. އެ އަހަރު ވެސް ވަނީ އެ ގޭމުގެ 90 އަށް ވުރެ ގިނަ ވީޑިއޯ ލީކުވެފަ އެވެ.

މި ގޭމު ނެރުމަށް ހަމަޖެހިފައިވަނީ 2025 ގަ އެވެ. އަދި ޕްލޭސްޓޭޝަން ފަހެއް، އެކްސްބޮކްސް ސީރީޒް އެކްސް އަދި އެސްގައި މި ގޭމު ކުޅެވޭނެކަމަށް ރޮކްސްޓާ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox