އެފްއޭއެމްގައި ކަންކޮށްފައި ހުރީ އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން: ޝަމީމް

ޕީޖީ އޮފީހުގެ ބައްދަލުވުމެއްގެ ތެރެއިން ޝަމީމް ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޖީ އޮފީހުގެ ބައްދަލުވުމެއްގެ ތެރެއިން ޝަމީމް ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ލިޔެކިޔުންތައް ބަލަހައްޓާފައި ހުރީ އާންމުގޮތެއްގައި "އިންސާނުން އެކަން ކުރާ ގޮތަަކަށް ނޫން" ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ އަމުރަށް ފުލުހުން އެފްއޭއެމްގެ މައްސަލައެއްގެ ތަހުގީގު ފަށައި، މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމް ހައުސް އަށް ވަދެ، ތަހުގީގަށް ބޭނުންވާ ތަކެތި ވަނީ ހޯދައިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ޕީޖީ އޮފީހުގެ އަމުރަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް މިހާތަނަށް ވެސް ހެކިތަކެއް ވަނީ ލިބިފަ އެވެ. އެކަން ފުލުހުން ވަނީ މީޑިއާގައި ހާމަކޮށްފަ އެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅޭނެ ވަރަށް ހެކި ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެފްއޭއެމަށް ކުރެވޭ ތުހުމަތުތަކާ ބެހޭގޮތުން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވަނީ އެއީ ޒާތީ ކަމެއް ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ބަލަމުން އަންނަ މައްސަލައިގައި ޕްރައިމް ސަސްޕެކްޓަކީ، ބައްސާމް ކަމަށެެވެ. އަދި ދައުވާ ކުރާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެވެ.

"(އެފްއޭއެމްގެ އެކި ފަރާތްތައް ބޭރަށް ކުރާ ދަތުރުތަކުގައި) އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށް ކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށް ކަން ގަތީ ކޯއްޗެއްކަން،" އެފްއޭއެމްގެ އެކި ފަރާތްތައް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވައި، ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ކަންކަމަށް ހަރަދުކުރަން، ބައިނަލްއަގުވާމީ ޖަމިއްޔާ އިން ފޮނުވާފައިވާ "ދިވެހި ރައްޔިތުންގެ ފައިސާ" ކަމަށާއި އޭގެ ބޭނުން ކުރަނީ އޮންނަ ނިޒާމުގެ ތެރެއިން ތޯ ޔަގީންކުރަން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ކުރާ ކަމެއް ބެލުން އެއީ ގާނޫނުގެ ތެރެއިން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، "އެފްއޭއެމުން ލިޔުން ބަލަހައްޓާފައި ހުންނަނީ އާންމު ގޮތެއްގައި އިންސާނުން ކުރާ ގޮތަކަށް ނޫން" ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވެ، މިހާރު ހިނގަމުންދާ ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތުތައް ހޯދުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ފާހަގަކުރެއްވި އެވެ.

އެފްއޭއެމްގެ ލީޑަޝިޕާ ގުޅޭގޮތުން ކުރަން ޖެހޭ ކަންކަމާއި ނިންމަން ޖެހޭ ނިންމުންތަކަކީ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން ކުރަން ޖެހޭ ކަމެއް ކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުން ކުރަންޖެހޭ ކަމަކީ މައްސަލައެއްގެ ކަންކަން ބަލައި، ދައުވާ ކުރުން ކަމަށްވާތީ، ތަހުގީގަށް ފަހު އެކަން ކުރާނެ ކަމަށެވެ.

އަދި ތުހުމަތު ކުރެވޭ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓުމާ އެ ފަދަ ކަންކަމަކީ ފުލުހުންނަށް އޮންނަ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެެވެ.

އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް މި ވަގުތު ސިވިލް ކޯޓުގައި ވެސް އަންނަނީ ކުރިއަށްދަމުންނެވެ. މާލީ ގޮތުން އެފްއޭއެމް އޮތީ ބަނގުރޫޓުވެފަ އެވެ. އެހެން ނަމަވެސް، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަންނަނީ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން އަންނަނީ ބައްސާމްގެ އިސްތިއުފާ އަށް އަޑުއުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox