ކަރަންޓު ބިލު ކުޑަކުރަން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "މަގޭ ސޯލާ" އިފްތިތާހުކޮށްފި

"މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމް ނިމޭއިރު ސޯލާ ޕެނަލް ބޭނުންވާ ހުރިހާ ގޭބިސީތަކުގައި މި ޕެނަލްތައް ހަރުކޮށްދިނުން -- ފޮޓޯ/އެނާޖީ މިނިސްޓްރީ

"މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމް ނިމޭއިރު ސޯލާ ޕެނަލް ބޭނުންވާ ހުރިހާ ގޭބިސީތަކުގައި މި ޕެނަލްތައް ހަރުކޮށްދިނުން -- ފޮޓޯ/އެނާޖީ މިނިސްޓްރީ

އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ނަމުގައި ޕްރޮގްރާމެއް އެނާޖީ މިނިސްޓްރީން އިއްޔެ އިފްތިތާހުކޮށްފި އެވެ.

މަގޭ ސޯލާ ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެއް ކަމަަށް އެނާޖީ މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމް ހިންގަން ރާވާފައި ވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެންނެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށެވެ. ސޯލާ ޕީވީ ނިޒާމުތައް ހަރުކުރާނީ އެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުނިންނެވެ. އެގޮތުން މި ޕްރޮގްރާމް ހިންގާނީ ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށެވެ.

މަގޭ ސޯލާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެ އެވެ. ސަރުކާރުން މިކަން ކުރަން ރާވާފައި ވަނީ ގޭގޭގެ ފުރާޅުތަކުގައި ތިން ކިލޯވޮޓާއި ފަސް ކިލޯވޮޓުގެ ނިޒާމުތައް ހަރުކޮށްގެންނެވެ. ސަރުކާރުން ވަނީ ރަށްރަށުގައި ހަރުކުރަން ބޭނުންވާ ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދޭން ބަޔަކު ހޯދަން ބީލަން ވެސް އިއްޔެ ހުޅުވާލާފަ އެވެ.

"މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ތެރެއިން: މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް -- ފޮޓޯ/އެނާޖީ މިނިސްޓްރީ
"މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ތެރެއިން: މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް -- ފޮޓޯ/އެނާޖީ މިނިސްޓްރީ

"މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ތެރެއިން: މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް -- ފޮޓޯ/އެނާޖީ މިނިސްޓްރީ

އެނާޖީ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ އެވެ.

މީގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް ކިޔައިދެއްވަމުން އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި، މިހާ އަވަސްކޮށް މުހިންމު ކަމެއް ކަމުގައި ދެކިގެން މި މަސައްކަތް ސަރުކާރުން ފެށީ ސީދާ ރައްޔިތުންގެ ޖީބަށާއި ސަރުކާރުގެ ބަޖެޓަށް ވެސް ފަސޭހަތަކެއް ވާނެތީ އެވެ.

"ކުޑަ މިސާލެއް ވެސް އަޅުގަނޑު އަރުވާނަން. މިސާލަކަށް ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ކުޑަކުރުމަށްޓަކައި، މިސާލަކަށް ކަރަންޓު ބިލަށް 300 ޔުނިޓު އަރާ ގެއެއް ކަމުގައި ވެއްޖިއްޔާމުން، ދެ ކިލޯވޮޓުގެ މީގެ ސޯލާ ޕެނަލް ހަރުކޮށްފި ނަމަ 90 އިންސައްތަ ކަރަންޓު ބިލަށް ކުޑަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ހުރިހާ ގޭބިސީތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. ފަސޭހަ އިންސްޓޯލްމަންޓް އުސޫލެއްގެ ދަށުން މިކަން ތައާރަފުކުރަން ޕްރޮގްރާމެއް ފެށީ ވެސް ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް "މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: މި ޕްރޮގްރާމުގެ މާލީ ފައިދާ ރައްޔިތުންނާއި ސަރުކާރަށް ވެސް ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ
އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް "މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: މި ޕްރޮގްރާމުގެ މާލީ ފައިދާ ރައްޔިތުންނާއި ސަރުކާރަށް ވެސް ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ

އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް "މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: މި ޕްރޮގްރާމުގެ މާލީ ފައިދާ ރައްޔިތުންނާއި ސަރުކާރަށް ވެސް ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/އެނާޖީ މިނިސްޓްރީ

އެނާޖީ މިނިސްޓްރީން ވެސް ބުނީ މި ޕްރޮގްރާމު ރާވާފައި ވަނީ ބޮޑު ހަރަދެއް ހިނގާ ސޯލާ ޕީވީ ސިސްޓަމް ރައްޔިތުންނަށް ހުރި ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށް ކަމަށެވެ. އަދި މިއީ ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

މަގޭ ސޯލާ ޕްރޮގްރާމް އިފްތިތާހު ކުރި ނަމަވެސް މިކަމަށް އެދި ހުށަހެޅޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި ހުށަހެޅުންތަކަށް ހުޅުވާލާނީ މިކަމަށް ބޭނުންވާ ސާމާނު ހޯދަން މިހާރު ހުޅުވާލާފައިވާ ބީލަން މަރުހަލާ ނިމި ސާމާނު ލިބޭނެ މަގުފަހި ވާނެ ގޮތެއް ވީމަ އެވެ.

މި ޕްރޮގްރާމް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފުތާ 14"ގައި ވެސް ހިމެނޭ ކަމެކެވެ.

މީގެ ކުރިން ސްޓެލްކޯއިން ވެސް ގޭބިސީތަކުގައި އިންސްޓޯލްމަންޓަށް ސޯލާ ޕީވީ ނިޒާމު ހަރުކޮށްދިނުމުގެ ޕްރޮގްރާމެއް "ގްރީން ލައިފް" ނަމުގައި ހިންގި އެވެ. ނަމަވެސް 2020 ގައި ފެށުމަށް ފަހު އެފަހުން އެ ކުންފުނީގެ މެނޭޖްމަންޓަށް އައި ބަދަލަށް ފަހު އެ ޕްރޮގްރާމް އޮތީ ހުއްޓާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox