ރާއްޖޭގެ ފުޓްބޯޅައިގައި ވަރުގަދަ މެޗެއް ނުލިބޭ: މާޒިޔާގެ ކޯޗު މިލޯ

Nov 28, 2023, 6:12 AM
މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ): ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން އޭއެފްސީ ކަޕްގައި ނަތީޖާ ނެރެން އުނދަގޫ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ): ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން އޭއެފްސީ ކަޕްގައި ނަތީޖާ ނެރެން އުނދަގޫ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ލިބެންޖެހޭ ފަދަ ވަރުގަދަ މެޗުތަކެއް ރާއްޖޭގެ ފުޓްބޯޅައިގައި ނުލިބޭ ކަމަށާއި އެއީ ޓީމުގެ ލެވަލް މަތިކުރަން ބަލާއިރު ގެއްލުމެއް ކަމަށް މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުން މާލޭގައި 3-1 އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކުރި އެވެ. އެކަމަކު، ދެން ކުޅުނު ހަތަރު މެޗުން ބަލިވެ، ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މާޒިޔާ ކެޓީ ރޭ ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝުންދަރާ އަތުން 2-1 އިން ބަލިވުމުންނެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިލޯ ބުނީ މެޗުގެ ކުރިން ވެސް ބުނިހެން މަސައްކަތް ކުރީ ބަޝުންދަރާ ބަލިކުރެވޭތޯ ކަމަށެވެ. އެކަމަކު، އެކަން ހާސިލްނުވެ ދިޔަ އެންމެ ބޮޑު ސަބަބަކީ 2-0 އިން ލީޑުނަގަން ލިބުނު ފުރުސަތުގައި އެކަން ނުކުރެވުން ކަމަށެވެ.

ބަޝުންދަރާ އިން 1-1 އިން އެއްވަރުކުރި ގޯލަކީ ރެފްރީ ޕްރެޝަރަށް ވެއްޓިގެން ދިން ގޯލެއް ކަމަށް ވެދާނެ ކަމަށާއި އެ ޓީމުން ޖެހި މޮޅުވި ގޯލުން ފެންނަނީ "ކޮލިޓީ" ކަމަށް މިލޯ ވަނީ ފާހަގަކޮށްފަ އެވެ.

"(ބަޝުންދަރާ އިން އެއްވަރުކުރީމަ) އަހަރެމެން ޑިފެންސް ކުރަން ބޭނުމެއް ނުވި، އަހަރެމެން ކުރިއަށް ދާން ބޭނުންވީ. އަހަރެން ކުރިން ވެސް ބުނިހެން އަހަރެމެން އައީ އެ މީހުން ބަލިކުރަން. އަހަރެންގެ ފިލޯސަފީ ވަރަށް ސާފު. އަހަރެން މެންޗެސްޓާ ޔުނައިޓެޑާ ކުުޅުނަސް އަހަރެން ކުޅޭނީ މޮޅުވާން، ޑިފެންސް ކުރާކަށް ނޫން. އެއީ ހަމައެކަނި ޑިފެންސް ކުރަން އުޅެފިއްޔާ، 50 ޕަސެންޓް މަދު އެ ވަނީ، މޮޅުވާން ކުޅެފިއްޔާ 50 ޕަސެންޓް މެޗުގައި އަބަދު ތިބެވޭނީ،" މިލޯ ބުންޏެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ މައްސަލަ އަކީ (މި ފަދަ) ވަރުގަދަ މެޗެއް ނުލިބޭ މި ކަހަލަ. މި ކަހަލަ މެޗު ލިބިގެން ޓީމު ކުރިއެބައަރާ. އަހަރެންގެ އޮފިޝަލުން ވެސް ވަރަށް ރަނގަޅު. އަހަރެމެންނަށް އެއް ރެޔަކުން ނޫނީ ދެ ރެޔަކުން ނަތީޖާ ނުނެރެވޭނެ އޯގަނައިޒްކޮށް ކަންކަން ކުރަންވީ މި އަށް ވުރެން ވެސް، މި އަހަރު ވަރަށް ކައިިރިން މި ދިޔައީ،"

ބަޝުންދަރާއާ އެކު ރޭ ކުޅުނު މެޗަށް ބަލައިފިނަމަ މެޗުގެ ބޮޑުބައި މާޒިޔާ އިން ލީޑުކުރި އެވެ. މިލޯ ބުނީ މި މެޗުގެ ކަންކަމަށް ބަލައިފިނަމަ މާޒިޔާ ކުރިއެރުންތަކެއް ހޯދިކަން އެނގޭ ކަމަށާއި ކުރިން ބަޝުންދަރާ އިން ފަސޭހައިން މާޒިޔާ ބަލިކުރާ ކަމަށެވެ.

"ބަލިިވިޔަސް އަހަރެން މި ޓީމާއި ކުޅުންތެރިންނާ މެދު ފަހުރުވެރިވޭ. އަހަރެމެން ބިރެއްނެތި ކުޅެން މަސައްކަތް ކުރި،" މިލޯ ބުންޏެވެ.

ބަޝުންދަރާގައި ތިބި ބިދޭސީ ކުޅުންތެރިންގެ އިންޑިވިޖުއަލް ކޮލިޓީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފި ކަމަށާއި، ބޮޑު ބަޖެޓަކުން ޓީމެއް ހަދައިގެން އަހަރުން އަހަރަށް ކުރިއަށް ދިއުމުގެ ފައިދާ އެ ޓީމަށް ކުރާ ކަމަށް ވެސް މިލޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"އެނގޭ ކަމަކީ މިއީ ބޮޑު ބަޖެޓެއް އޮވެގެން ކުރާ ކަމެއްކަން. ކޮލިޓީ ޕްލޭޔަރުން ތިބެގެން މިކަން ކުރެވޭނެކަން. އަހަރެމެންގެ ކުޅުންތެރިއަކު މަދުވެއްޖިއްޔާ، އެ އުނދަގޫ ރިޕްލޭސްކުރަން. އަހަރެމެން ހަތަރު މަސް އެކުގައި، ފިޒިކަލީ ވެސް އެހާ ވަރުގަދަ އެއް ނޫން. އެކަމަކު، ބަޝުންދަރާ އެ އޮތީ ދެތިން އަހަރު އެކުގައި ކުޅެފައި އޮތް ޓީމެއް، މި ކޯޗު ވެސް ހަ ވަރަކަށް އަހަރު ޓީމާ އެކު. އަހަރެން ދެކޭގޮތުގައި މި ގްރޫޕުން އަނެއް ބުރަށް ދިއުން ހައްގީ ބަޝުންދަރާ. އެ މީހުން މޯހަން ބަގާން އަށް ވުރެ ރަނގަޅު،" މިލޯ ބުންޏެވެ.

އިއްޔެގެ މެޗުތަކަށް ފަހު، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު ބަޝުންދަރާ އެވެ. ދެ ވަނައިގައި އޮތީ ރޭ މޯހަން ބަގާން ސުޕަ ޖަޔަންޓްސް އަތުން 5-2 އިން މޮޅުވި އޮޑިޝާ އެފްސީ އެވެ. އޮޑިޝާ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މޯހަން ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް މާޒިޔާ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އޮތީ އަންނަ މަހު 11 ގަ އެވެ. މާލޭގައި މާޒިޔާ އިން މޯހަން ބަގާންއާ ދެކޮޅަށް ކުޅޭއިރު، އިންޑިއާގެ ބުބަނޭޝްވަރުގައި، ބަޝުންދަރާ އިން އޮޑިޝާއާ ބައްދަލުކުރާނެ އެވެ. އޮޑިޝާ އާއި ބަޝުންދަރާ މެޗަކީ މި ގްރޫޕުން އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅޭނެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox