އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޖަވާޒް އިސްތިއުފާދީފި

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޖަވާޒް އިސްތިއުފާދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ހުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާދީފި އެެވެ.

ޖަވާ، ރޭގެ ވަގުތެއްގައި އިސްތިއުފާދީފައިވާކަން ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. އެކަމަކު، މި ވަގުތު މީޑިއާގައި އިތުރު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު، އޭގެ ފަހުން، އެފްއޭއެމްގެ ވަޓްސަޕް މީޑިއާ ގްރޫޕްގައި ޖަވާ ވަނީ މީޑިއާ އަށް މެސެޖެއް ލިޔެފަ އެވެ. އެ މެސެޖުގައި ޖަވާ ބުނީ 24 އަަހަރާއި ތިން މަސް ދުވަސް ފަހުން އެފްއޭއެމް އިން ވަކިވާން ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޖަވާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން،" ޖަވާ، އެފްއޭއެމްގެ ވަޓްސަޕް ގްރޫޕްގައި ލިޔެފައިވެ އެވެ.

އެފްއޭއެމްގެ ހިންގުމަށް ޕްރެޝަރު ބޮޑު ހާލަތެއް ކުރިމަތިވެފައިވާއިރު، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.

ދާދި ފަހުން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ، އެފްއޭއެމް ފެއިލްވީ ކަމަށް ގިނަ ބަޔަކު ފާހަގުކޮށް އެ ވާހަކަ ދައްކާނަމަ އެކަންވީ މުޅި އެފްއޭއެމްގެ އިހުމާލުން ކަމަށާއި ވަކިވަކި މީހެއްގެ ކަމަކުން ކަމަށް ނުބުނެވޭނެ ކަމަށެވެ.

ބައްސާމްގެ ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނައިރު، ދެ ދައުރުގައި ވެސް ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ހުރެ ދުވަހުން ދުވަހަށް ކުރަން ހުންނަ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އައީ ޖަވާ އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ވެސް އަމާޒުވެފައިވާ އެފްއޭއެމް، މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފައި އޮތްއިރު، އިދާރީ ގޮތުން އެފްއޭއެމް ހިންގުމަށް ވެސް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މި ހުރިހާ ކަމެއްގެ ޕްރެޝަރުތެރޭގައި މަސައްކަތް ކުރަމުން އައުމަށްފަހުު ޖަވާ މި ވަނީ މަގާމުން އިސްތިއުފާދީފަ އެވެ.

އެފްއޭއެމްގެ ވަޒީފާ އަށް 1999 ވަނަ އަހަރު ނުކުތް ޖަވާ އަކީ އެ އެސޯސިއޭޝަންގެ ހިންގުމުގައި އެކި މަސައްކަތްތަކުގައި އުޅުނު ފަރާތެކެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ ޖަވާ، އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކަށް 2014 ވަނަ އަހަރު، މަސައްކަތް ކުރި ޖަވާ ވަނީ، އެފްއޭއެމްގެ ވަޒީފާ އަދާކުރަމުން މެލޭޝިއާ އިން ތައުލީމު ހާސިލްކޮށްފަ އެވެ.

ކޮމަންވެލްތު ގޭމްސްގައި މިދިޔަ އަހަރު ރާއްޖޭގެ ކޮންޓިންޖެންޓް ވާދަކުރިއިރު، ޗެފް ޑި މިޝަން އަކަށް މަަސައްކަތްކުރި ޖަވާ އެފްއޭއެމްގެ އެ މަގާމުން އިސްތިއުފާދީފައިވާއިރު، އެފްއޭއެމުން މިދިޔަ ހަތް ވަރަަަކަށް މަހު އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، ގިނަ މުވައްޒަފުންތަކެއް ވަނީ އެތަނުން ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox