ފާޑުކީ ގާނާގެ މަޖިލީސް މެމްބަރަށް މެގުއާ މާފުދީފި

Nov 24, 2023, 6:01 AM
ފާޑުކީ ގާނާގެ މަޖިލީސް މެމްބަރަށް މެގުއާ މާފުދީފި

ލަންޑަން (ނޮވެމްބަރު 24) - މިދިޔަ އަހަރު ގާނާގެ މަޖިލީސް މެމްބަރު، އިސާކް އަޑޮންގޯ، އެ ގައުމުގެ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން، މިސާލު ޖައްސަވަމުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ އަށް ފާޑުކިޔާފައިވާއިރު، އެކަމަށް އިސާކް އަށް މެގުއާ މާފުދީފި އެވެ.

މެގުއާ ވަނީ ޔުނައިޓެޑްގެ މެޗެއް ބެލުމަށް އިސާކް އަށް އޯލްޑް ޓްރެފޯޑަށް އަންނަން ދައުވަތު ވެސް ދީފަ އެވެ.

ގާނާގެ ނައިބު ރައީސް، މަހަމަދޫ ބަވޫމިއާ، އެ ގައުމުގެ އިގްތިސާދީ ކަންކަން ބަލަހައްޓާ ގޮތް ގޯސްކަން ފާހަގަކޮށް، އެކަން އޮޅުންފިލުވައިދޭން މިސާލެއް ދެއްކުމުގެ ގޮތުން، މިދިޔަ އަހަރުގެ ބަޖެޓް ބަހުސްގައި މެމްބަރު، އިސާކް ވިދާޅުވެފައިވަނީ ކަންކަން ހުރީ މެގުއާ ދަނޑުމަތީގައި ދައްކާ ކުޅުމާ އެއް ކަހަލަ ގޮތަކަށް ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ މެގުއާ އަކީ ޔުނައިޓެޑްގެ ޑިފެންސްގައި ހުރެ އެ ޓީމަށް އެންމެ ނުރައްކާކުރާ ކުޅުންތެރިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ އެ ވާހަކަތަކަށް އިޝާރާތްކޮށް، އިސާކް، މިދިޔަ އަންގާރަ ދުވަހުގެ ބަޖެޓް ބަހުސެއްގައި ވިދާޅުވީ މިހާރު މެގުއާ އަކީ ބަދަލުވެފައިވާ ކުޅުންތެރިއެއް ކަމަށާއި ހާލަތު ތަފާތު ކަމަށެވެ. އަދި މެގުއާ އަކީ ޔުނައިޓެޑްގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އިސާކް ވިދާޅުވީ ކުރިން މެގުއާގެ ނަން ބޭނުންކޮށްގެން ވާހަކަ ދެއްކި ސަބަބަކީ 2021 އާއި 2022 ވަނަ އަހަރު އޭނާގެ ކުޅުން ދަށްވުމުން ކަމަށާއި އޭރު ޔުނައިޓެޑުން ކުރި އިންވެސްޓްގެ ފައިދާ ނުކުރާތީ އެ ވަގުތު ގާނާގެ ސަރުކާރުން އަމަލުކުރަމުން އައި ގޮތަށް ބަަލައި، އެ ގައުމުގެ އިގްތިސޯދީ ކަންކަމާ އަޅާކިޔުނީ ކަމަށެވެ.

އެކަމަކު، މެގުއާގެ ނަން ބޭނުންކޮށްގެން ކުރެވުނު ކަންކަމާ މެދު ވިސްނައި، މާފަށް އެދެން ނިންމީ ކަމަށް އިސާކް ވިދާޅުވި އެވެ.

މެގުއާ މާފުދިނުމުން، މެމްބަރު އިސާކް ވަނީ އެކަމަށްޓަކައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox