ތާރީހީ އޭއެޗްއެފް ބެޖާ އެކު ޝިޒްނާ އާއި ރަފާހާ އާ އަޒުމެއްގައި

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހާސިލްކުރި ޝިޒްނާ ރަޝީދު (ޝިޒްޓޯ) އާއި ރަފާހާ އިބްރާހިމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހާސިލްކުރި ޝިޒްނާ ރަޝީދު (ޝިޒްޓޯ) އާއި ރަފާހާ އިބްރާހިމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގައި ހޭންޑްބޯޅަ ރަސްމީ ސިފައެއްގައި ކުޅެން ފެށީ 2013ގަ އެވެ. އޭގެ ފަހުން، ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން ނިންމީ 2015ގަ އެވެ. މިވޭތުވެދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ހޭންޑްބޯޅައިން ރާއްޖެ އަށް އައީ ކުރިއެރުން ދައްކަމުންނެވެ. ބައިނަލްއަގްވާމީ ލެވެލްގައި ކާމިޔާބީ ހޯދުމަށް މަގުތައް ކޮށަމުންނެވެ.

ރާއްޖޭގެ ހޭންޑްބޯޅަ އަށް ލިބުނު އެންމެ ބޮޑު ތާރީޚީ އެއް ކާމިޔާބުގެ ގޮތުގައި ސިފަކުރެވެނީ އޭޝިއަން ހޭންބޯލް ފެޑެރޭޝަން (އޭއެޗްއެފް)ގެ ރެފްރީސް ބެޖު ރާއްޖޭގެ ދެ ރެފްރީއަކަށް ލިބުމެވެ. ރާއްޖެއިން މި ބެޖު ހާސިލްކުރި ޝިޒްނާ ރަޝީދު (ޝިޒްޓޯ) އާއި ރަފާހާ އިބްރާހިމް (ރައްފު) ވެފައިވަނީ ދެކުނު އޭޝިއާގައި ވެސް އޭއެޗްއެފް ބެޖު ހާސިލްކުރި ފުރަތަމަ ދެ ރެފްރީންނަށެވެ.

މި ބެޖަކީ ހަގީގަތުގައިވެސް ހޭންޑްބޯޅައިގައި ރާއްޖޭގެ ކުރިއެރުން ވަޒަންކޮށްލެވޭނެ ކަމެކެވެ. ސަބަބަކީ ރާއްޖެއާ އަޅާބަލާއިރު އެތަށް ގޮތަކުން ކުރިއަރާފައިވާ ގައުމުތަކަކުން އެތަށް އަހަރެއް ވަންދެން ހޯދަން މަސައްކަތް ކުރަމުން އަންނަ އޭއެޗުއެފް ބެޖު ރާއްޖޭގެ ދެ ރެފްރީއަކު ހޯދުމެވެ.

އޭއެޗްއެފް ބެޖު ހޯދުން، ހީކުރާވަރަށް ވުރެ ވެސް އުނދަގޫ މަސައްކަތެއް

އޭއެޗްއެފް ބެޖު ހާސިލްކުރުމަށް ބަހްރެއިންގައި ކުރިއަށްދިޔަ ކޯހުގައި އޭޝިއާގެ ގިނަ ގައުމުތަކަުން ރެފްރީން ބައިވެރިވި އެވެ. އަންހެން ހަތަރު ޕެއާ އަކާއި ފިރިހެން 15 ޕެއާ އަކާ އެކު ޖުމްލަ 38 ރެފްރީން މި ކޯހުގައި ބައިވެރިވި އެވެ. ރާއްޖެއިން ބައިވެރިވީ އަންހެން ދެ ރެފްރީންނާއި ފިރިހެން ހަތަރު ރެފްރީންނެވެ.

ކޯހުގެ ފެށުން ދިޔައީ ފިޓްނަސް ޓެސްޓާ ހިސާބުންނެވެ. ހުރިހާ ރެފްރީންނަށް މި ޓެސްޓުވެގެންދިޔައީ ކޯހުގެ ބުރަކަން ވަޒަންކޮށްލެވުނު އިމްތިހާނަކަށެވެ.

"ކޯސް ފެށީވެސް ބީޕް ޓެސްޓުން. ހަމަ މެޖޯރިޓީ މީހުން ފެއިލްވީ. އެހާވެސް ވަރުގަދަށްކޮށް ފިޓްނަސް ޓެސްޓުވެސް ފެނުނީ. އެކަމަކު، ދިވެހި ހުރިހާ ރެފްރީންވެސް ފެނުނީ ތިއަރީ ޓެސްޓްގެ ނަތީޖާ ރަނގަޅުކޮށް. އެންމެ ރަނގަޅަށް ތިއަރީ ޓެސްޓުން ފާސްވި ބައިވެރިންގެ ތެރޭގައި ދިވެހި ރެފްރީން ހިމެނޭ" ކޯހުގެ ތަޖުރިބާ ހިއްސާކުރަމުން ޝިޒްނާ ބުންޏެވެ.

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން
އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން

ޕްރެކްޓިކަލް އިމްތިހާނަކީ އޭއެޗްއެފް ބެޖު ދިނުމުގެ އެންމެ ބޮޑު އިމްތިހާނަށެވެ. އެ ގޮތުން އެގައުމުގެ އެކި އުމުރުފުރާގެ ކުޅުންތެރިން ކުޅުނު މެޗުތަކުގައި ރެފްރީކަންކުރަން އިމްތިހާނުގެ ބައިވެރިންނަށް ފުރުސަތު ދެވުނެވެ.

ރާއްޖޭގެ އަންހެން ދެ ބައިވެރިންކަމަށްވާ ޝިޒްނާ އާއި ރަަފާހާގެ ޕްރެކްޓިކަލް ޓެސްޓުގެ ފުރަތަމަ މެޗު ވެސް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މެޗުގައި ދެ ރެފްރީން ވާހަކަދައްކަން ބޭނުންކުރާ "މައިކް" ސެޓުކުރަން އުޅެ އުޅެ އެކަން ނުވުމެވެ.

"އެއީ ހަޔާތުގައިވެސް މައިކް އަަޅައިގެން ކުރި ފުރަތަމަ މެޗު. މައިކް ކަނެކްޓް ނުވެގެން އުޅެން ޖެހުނީ މެޗު ގަޑި ޖެހުނުއިރުވެސް. ދިވެހި އެހެން ރެފްރީއަކަށް ވެސް އެހީވާން ނާދެވުނު. އެކަންވެސް އޮތީ މަނާކޮށްފައި. އެހެންވެ މުޅި މެޗު ކުރަން ޖެހުނީ މައިކް ޖަހައިގެން ތިބި ނަމަވެސް އެކަކު އަނެކަކަށް ދައްކާ ވާހަކަ އަޑު ނީވި. ވަރަށް އުނދަގުލުން އެ މެޗުގެ ކަންކަން ދިޔައީ" އިމްތިހާނުގެ ފުރަތަމަ މެޗާ ގުޅޭ ގޮތުން ރަފާހާ ބުންޏެވެ.

އެ މެޗަށް ފަހު ދެ ވަނަ މެޗަކަށް ފުރުސަތު ލިބޭނެކަމަށް ދެ ބައިވެރިން އުއްމީދެއްވެސް ނުކުރެ އެވެ. ނަމަވެސް ކޯހުގެ އިންސްޓްރަކްޓަަރު މި ދެ ބައިވެރިންނަށް ފަހު ފުރުސަތެއް ދޭން ނިންމި އެވެ. އަދި ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ކިޔައިދީ ރަނގަޅުކުރަން ޖެހޭ ކަންކަން ހިއްސާކުރި އެވެ.

ދެ ވަނަ މެޗަށް ދެ ކުޅުންތެރިންވެސް ނުކުތީ ރަނގަޅަށް ތައްޔާރުވެގެންނެވެ. އެއްގަޑިއިރު ކުރިން "މައިކް" ކަނެކްޓްކޮށް ރަނގަޅަށް ރެސްޓު ނަގައި މެޗަށް ފޯކަސް ރަނގަޅުކުރި އެވެ. ވަރުގަދަ އަދި ވާދަވެރިކޮށް ކުޅުނު އެ މެޗު އިންސާފުކޮށް ނިންމާލީ އެންމެން ހައިރާންކޮށްލާވަރުގެ ތަފާތެއް ދައްކައިގެންނެވެ.

"އެންމެން ބަލާފަ ބުނި ފުރަތަމަ މެޗާ މި މެޗާ ހާދަ ތަފާތު ބޮޑޭ. ހަމަ އެންމެން ވަރަށް ތަރުހީބުދިން. މެޗުގައި ރަނގަޅުކުރަން ޖެހޭ އެއްވެސް ކަމެއްވެސް ނުފެނެއޭ އިންސްޓްރަކްޓަރު ބުނީ. މި މެޗުންނޭ ބުނާނީ އަހަރުމެންގެ ހަގީގީ ޕޮޓެންޝިއަލް އެމީހުންނަށް ފެނުނީ. ހަމަ 80 ޕަސެންޓުގެ ކުރިއެރުމެއް ފެނުނޭ ބުނީ" ޝިޒްނާ ބުންޏެވެ.

ޕްރެކްޓިކަލްގެ ތިން ވަނަ މެޗަށް ފަހު ބެޖު ލިބޭނެކަން ޔަގީންވި

އުނދަގޫކޮށް ފެށުނު ނަމަވެސް ކޯހުގެ ފަހުކޮޅަށް ދިޔައިރު ޝިޒްނާ އާއި ރަފާހާ ތިބީ ބެޖު ލިބޭނެކަން ޔަގީންކޮށްގެންނެވެ. ސަބަބަކީ ޕްރެކްޓިކަލް އިމްތިހާނުގައި ތިން މެޗަށް އިންސާފުކޮށްލަން ލިބުނު ހަތަރު ޕެއާގެ ތެރޭގައި މި ދެ ބައިވެރިން ހިމެނުމެވެ.

"ތިން ވަނަ މެޗަށް ފަހު އިންސްޓަކްޓަރު ބުނި ޔޫ ބޯތު އާ ބެޓާ ދޭން ދަ ބޯއީސް ހިޔާ. އެއީ ކަންނޭނގެ ލިބުނު އެންމެ ބޮޑު ކޮމްޕްލިމެންޓަކީ. އެހިސާބުން ހަމަ ވަރަށް ޔަގީންކުރެވުނު. އެއީ އަހަރުމެންގެ ނެތް އެހެން އެއްވެސް މައްސަލައެއް. އެހެން ހުރިހާ ޓެސްޓަކުން ނަތީޖާ ރަނގަޅުކޮށް އިނީ" ޝިޒްނާ ބުންޏެވެ.

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން
އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން

ޝިޒްނާ އާއި ރަފާހާ ގަބޫލުކުރާ ގޮތުގައި އޭޝިއާގެ ވަރުގަދަ ގައުމުތަކުގެ ރެފްރީން ތިއްބައި ދިވެހި ދެ ރެފްރީއަކަށް ލިބުނު ތައުރީފަކީ އެ ކޯހުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ބަންގްލަދޭޝް ކަހަލަ ދެކުނު އޭޝިއާގެ ގައުމުތަކުން އެ ކޯހަށް ދިޔައީ ވަރަށް ދުރާލާ ތައްޔާރު ވެގެންނެވެ. ކުވެއިތު އަދި ބަހްރެއިން ކަހަލަ ގައުމުތަކަކީ މެދުއިރުމަތީގައި ހޭންޑްބޯޅަ އަށް އެންމެ ފާހަގަކޮށްލެވޭ ގައުމުތަކެވެ. އެ ގައުމުތަކުގެ ފިރިހެން ޕެއާތަކަށްވެސް ނުދެއްކޭ ވަރުގެ ރަނގަޅު ޕާފޯމަންސެއް ދެއްކުމަކީ ދިވެހިންނަށް މިކަންވާނެކަން ދައްކައިދެވުނު ކަމެއްކަން ދެ ބައިވެރިން ފާހަގަކުރި އެވެ.

ގިނަ ޕެއާތަކަކީ އެއްކޮށް ގިނަ ދުވަހު ރެފްރީކަން ކޮށްފައިތިބި ޕެއާތަކެވެ. އަނެއްކޮޅުން، ބޮޑު ހަރަދެއް ކުރަން ޖެހޭ ކޯހުގައި އޭޝިއާގައި ކުރިއަރާފައިވާ ގައުމުތަކުން ބައިވެރިވެ ފެއިލްވިއިރު، ދިވެހި އަންހެން ދެ ރެފްރީންނަށް ލިބުނީ ބޮޑު ކާމިޔާބެކެވެ.

"ބެޖަކީ ބޮޑު ޒިންމާއެއް، ރާއްޖޭގައި މި ކުޅިވަރު ކުރިއަރުވަން އިތުރަށް މަސައްކަތް ކުރާނަން"

ރަފާހާ އާއި ޝިޒްނާ ގަބޫލުކުރާ ގޮތުގައި މި ބެޖާ އެކު ދެ މީހުންގެ ޒިންމާ ބޮޑުވީ އެވެ. މިއީ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދެ ރެފްރީންވެސް އިތުރަށް މަސައްކަތްކުރަން ލިބުނު ހިތްވަރެކެވެ.

އެ ގޮތުން ރެފްރީންގެ ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކާއި އެންމެ މަތީ ފަންތީގެ ހޭންޑްބޯޅަ އަށް މީހުން އަހުލުވެރިކުރުވުމަށް އެހީވާންވެސް ދެ ރެފްރީން ތިބީ ތައްޔާރަށެވެ. ރެފްރީންނާއި، ކުޅުންތެރިން އަދި ކޯޗުންވެސް ގަވާއިދުތަކަށް އިތުރަށް ތައްޔާރުކުރަން ދެ ރެފްރީންވެސް ތިބީ އެހީވާށެވެ.

"ދެ މީހުންނަށްވެސް ބެޖު ލިބުނީމަ ގޮަސް އެހިން އިންސްޓްރަކްޓާ ކައިރީގައި ރާއްޖެ ކަހަލަ ގައުމެއްގައި މި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭނީ ކޮންކަމެއްހޭ. އޭނަ ބުނީ ރެފްރީން މޮޅުވިޔަސް ކޯޗުންނާ ކުޅުންތެރިން ފެންވަރު ރަނގަޅު ނުވަންޏާ އެ ތަފާތު ނުފެންނާނެ އޭ. އެހެންވީމަ އެ މީހުންގެ ފެންވަރު ރަނގަޅުކުރަން އެހީވާށޭ" ރާއްޖޭގެ ރެފްރީންނަށް މި ދާއިރާގައި ކުރިއަށްދިޔުމަށް އެހީވުމުގެ އަޒުމުގައި ތިބި ދެ ރެފްރީން ބުންޏެވެ.

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހޯދާފައިވާ ރަފާހާ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހޯދާފައިވާ ރަފާހާ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހޯދާފައިވާ ރަފާހާ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރަފާހާ ބުނީ ކޯހުގައި ބައިވެރިވި ރާއްޖޭގެ ކޮންމެ ބައިވެރިއަކީވެސް މި ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެދެވޭނެ ބައިވެރިއެއް ކަމަށެވެ. އެ ގޮތުން ލިބުނު މައުލޫމާތާއި ދަސްވިކަންތައްތައް އެހެންމީހުންނަށް ހިއްސާކުރުން މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

ރެފްރީކަންކުރުންތަ؟ ނޫނީ ކުޅުންތަ؟ މުސްތަގްބަލް އޮތީ ކިހިނެއް؟

ރަފާހާ އާއި ޝިޒްނާ އަކީ ވެސް ގައުމީ ލެވެލްގައި ހޭންޑްބޯޅަ ކުޅެމުން އަންނަ ދެ ބައިވެރިންނެވެ. ރާއްޖޭގައި އޮންނަ ކޮންމެ ސީނިއާ މުބާރާތެއްގައި ދެ މީހުންވެސް ކޯޓު މަތިން ކުޅުންތެރިއެއްގެ ގޮތުގައި ފެންނާނެ އެވެ.

މާދަމާ ފަށާ ގައުމީ ހޭންޑްބޯޅަ މުބާރާތުގައިވެސް ދެ ކުޅުންތެރިން ކުޅެ އެވެ. ރަފާހާ އަކީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އޮރިކްސް ޓީމްގެ ކެޕްޓަނެވެ. ޝިޒްނާ އަކީ ތުޅާދޫ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

އޭއެޗްއެފް ބެޖު ލިބުނު ނަމަވެސް ދެ ކުޅުންތެރިންވެސް ތިބީ ކުޅުން ހުއްޓާލުމުގެ ވިސްނުމުގަ އެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ދެ ކުޅުންތެރިން ފާހަގަކުރީ ކޯސްތަކުގައި ކިޔަވައިދޭން އައި އިންސްޓްރަކްޓަރުން ކުޅުން އެއްކޮށް ހުއްޓާލަން އިރުޝާދު ނުދިނުމެވެ.

"ކުޅުމާ ގުޅޭގޮތުން އެހީމަ އިންސްޓަރަކްޓަރު ބުނި ތިން އަހަރުވަރު ކުޅޭށޭ. އަދި ރާއްޖޭގައި ކެރިއާއެއްގެ ގޮތުގައި ރެފްރީކަންކުރެވެން ވެސް ނެތް. އަނެއްކޮޅުން ކުޅުންތެރިއެއްގެ ގޮތުގައި ހުރީމަ އަބަދުވެސް ފިޓްނަސް ހިފެހެއްޓޭނެ. ގަވާއިދުތަކަށް އިތުރަށް އަހުލުވެރިވެވޭނެ. އެހެންވީމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް." ދެ ކުޅުންތެރިންވެސް ފާހަގަވި އެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ރަފާހާ އަކީ ގައުމީ ހޭންޑްބޯޅަ ޓީމުގެވެސް މެންބަރެކެވެ. އޭނާ އަކީ އެންމެ ފަހުން އެކުލަވާލި އަންހެން ގައުމީ ޓީމުގެ ވައިސް ކެޕްޓަނެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި އޮރިކްސް ޓީމަށް ރަފާހާ ކުޅެނީ - ފޮޓޯ: އޮރިކްސް ފޭސްބުކް
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި އޮރިކްސް ޓީމަށް ރަފާހާ ކުޅެނީ - ފޮޓޯ: އޮރިކްސް ފޭސްބުކް

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި އޮރިކްސް ޓީމަށް ރަފާހާ ކުޅެނީ - ފޮޓޯ: އޮރިކްސް ފޭސްބުކް

"އަސްލު ކުޅުން ހުއްޓާލަން ނުވިސްނަން. ގައުމީ ޓީމާ އެކު ރަނގަޅު ހިސާބަކަށް ދިޔުން ޓާގެޓަކީ. ކުޅުންތެރިއެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނަން" ރަފާހާ ބުންޏެވެ.

މި ސަރަހައްދުގެ ބެޖު ލިބިފައިވާ ހަމައެކަނި ދެ ރެފްރީންނަށް ރަފާހާ އާއި ޝިޒްނާ ވުމާ އެކު ދެ ބައިވެރިންނަށް ބައިނަލްއަގްވާމީ ގިނަ މެޗުތަކަކުން ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ސަރައްހައްދީ ގޭމްސްތައް ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ގޭމްސް އަކަށް ހޭންޑްބޯޅަ ޓީމް ދާން ޖެހި، ހަމަ އެ ގޭމްސް އަށް ރެފްރީކަން ކުރަންދާނެ ފުރުސަތު ލިބިއްޖެ ނަމަ ރަފާހާގެ ނިންމުމަކީ ރެފްރީކަންކުރަން ލިބޭ ފުރުސަތުގެ ބޭނުން ހިފުމެވެ.

"އެ ގޮތަށް ކްލޭޝްވާ މުބާރާތެއް ވިއްޔާ ރެފްރީކަން ކުރަން ދާނީ، އެއީ އަސްލު ބެޖު ލިބިފައިތިބި ރެފްރީންނެތް މި ހިސާބުގައި. އެކަމަކު ގައުމީ ޓީމަށް ހޭންޑްބޯޅަ ކުޅޭނެ ބައިވަރު ހުނަރުވެރި ކުދިން އެބަތިބި. އެ ކުދިންނަށް ރައްފު ނެތްތަން ފޫބައްދަން ކުޅެވިދާނެ. އެކަމަކު، ރެފްރީ އެއް ނެތް ރިޕްލޭސްކުރަން. އެ ކަހަލަ ދުވަހެއް އައިއްސިއްޔާ ވަރަށް އުނދަގޫވާނެ ޑެސިޝަން ނަގަންވެސް. އެކަމަކު ހަމަ ރެފްރީކަންކުރަން ދާނީ" 2017 ވަނަ އަހަރު ހޭންޑްބޯޅަ ރެފްރީ ކޯސް ހެދި ރަފާހާ ބުންޏެވެ.

ދެ ރެފްރީންނަށް ބަލާއިރު އުމުރުގެ ގޮތުން ބޮޑު ފަރަހެއް އެބަހުއްޓެވެ. ބާރަ އަހަރުގެ ތަފާތެއް ހުރި ނަމަވެސް ދެ މީހުންވެސް ތިބީ ފިޓްނަސް ރަނގަޅުކޮށް އެކުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ނުކުމެ ގައުމު ތަމްސީލްކުރަން ތައްޔާރުވެގެންނެވެ. އެ ގޮތުން، 2014 ގައި ހޭންޑްބޯޅަ ރެފްރީ ކޯސް ހެދި ޝިޒްނާ ބުނާ ގޮތުން ރަފާހާ އަކީ ވާހަކަދައްކަން ފަސޭހަ އަދި ވިސްނުން ދިމާވާ ބައިވެރި އެކެވެ. ރަފާހާ ބުނާ ގޮތުގައި ގިނަ ރަސްމީ މެޗުތަކެއް ނުކުރެވުނަސް ޝިޒްނާއާ އެކު މި ކަމުގެ އެންމެ ކުރިއަށް ދެވޭނެކަމުގެ އިތުބާރު އެބައޮތެވެ.

ދެ ރެފްރީންގެ އަޒުމަކީވެސް އޭއެޗްއެފްގެ ބެޖުގެ ކާމިޔާބަށް ފަހު ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަންގެ ބެޖު ހޯދުމެވެ. ނަމަވެސް އެކަމަށް ކަޑައްތުކުރަން ޖެހެނީ އުނދަގޫ ރާސްތާއެއްކަން ދެ ރެފްރީންވެސް ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox