ވެރިކަމުގައި ހުންނެވިއިރު އިޒްރޭލާ ގުޅުން ބަދަހިކުރަން ކުރި މަސައްކަތާ މެދު ކުރި ސުވާލަށް ނަޝީދު ޖަވާބެއް ނުދެއްވި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރަމުންދާ މުޒާހަރާ ބަލައިލައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރަމުންދާ މުޒާހަރާ ބަލައިލައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިޒްރޭލާ އެކު ގުޅުން ބަދަހިކުރައްވަން މަސައްކަތް ކުރެއްވުމާ ބެހޭގޮތުން ކުރިމަތިވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވަން އުޒުރުވެރިވެވަޑައިގެންފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އިޒްރޭލު މީހުންނަށް ނެރޭ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ އާންމުން ޝުއޫރު ފާޅުކުރަމުންދަނިކޮށް ނަޝީދު ވަނީ އެ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރުމަށް މަޖިލީހުގެ ގޯތި ތެރެއިން ނުކުންނަވާފަ އެވެ.

ނަޝީދު ނުކުންނަވާ، އެމަނިކުފާނު ދިވެހި ރައްޔިތުންނެކޭ އެއްގޮތަށް ހުންނެވީ އަދި އަބަދުވެސް ހުންނަވާނީ ފަލަސްތީނާ އެކު ކަމަށާއި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއާއެކު ނޫސްވެރިން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން މަސައްކަތް ކުރީ ކީއްވެގެންތޯ އަހާފަ އެވެ.

"މީގަ ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރަން އެބަ ޖެހޭ، ޒަޔަނިޒަމާ އިޒްރޭލާ، ވަރަށް ނުބައި ކަމެއް ޒަޔަނިޒަމަކީ.."

އެ ހިސާބަށް ޖަވާބު ދެއްވުމުން ނޫސްވެރިން ވަނީ އިޒްރޭލަކީ ޒަޔަނިސްޓު ނުވަތަ ސަހުޔޫނީ ސްޓޭޓެއް ނޫންތޯ ނަޝީދުގެ އަރިހުން އަހާފަ އެވެ. އެ ސުވާލަށް ނަޝީދު ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ މި އެއްވުމުގެ މަގުސަދަކީ އެމަނިކުފާނާ ނޫސްވެރިންނާ "ޒުވާބު" ކުރުން ނޫން ކަމަށެވެ.

އެހެން ވިދާޅުވެ އާންމުންގެ ގާތަށް ވަޑައިގަތުމުން އެ ފަރާތްތަކުންވެސް ދާދި އެއް ސުވާލުތަކެއް ކުރި އެވެ. މަޖިލީހުން އިޒްރޭލާ ދެކޮޅަށް މަސައްކަތް ނުކުރާކަން ފާހަގަކުރި އެވެ. އެ ސުވާލުތަކަށް ވެސް ސީދާ ޖަވާބެއް ނުދެއްވާ، ޕާޓީގެ މެންބަރުންނާއެކު ވަޑައިގެންނެވީ މަޖިލީހުގެ ގޯތި ތެރެއަށެވެ.

ނަޝީދުގެ ވެރިކަމުގައި އިޒްރޭލާއެކު ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އޭރުގެ ފޮރިން މިނިސްޓަރު، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އިޒްރޭލަށް ރަސްމީ ދަތުރެއްވެސް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox