ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަން ހުކުރު ދުވަހު ފަށަނީ

Nov 15, 2023, 9:16 AM
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދި ސްޕާޓަންސް ބާސްކެޓްބޯޅަ ކުލަބު - ފޮޓޯ: އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދި ސްޕާޓަންސް ބާސްކެޓްބޯޅަ ކުލަބު - ފޮޓޯ: އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ކުޅުން އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 17 އިން ޑިސެމްބަރު އެކަކަށް ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގައި މި އަހަރު ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަންސް ސްޕޯޓްސް ކުލަބު، ހުޅުމާލެ ސްޕޯޓްސް ކުލަބު، ޑަބްލިއު ސްޕޯޓްސް އެކަޑެމީ، އެލްކިއު ސްޕޯޓްސް ކުލަބު، ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު، ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބު އަދި ޓަލޮންސް ބާސްކެޓްބޯޅަ ކުލަބެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ލީގު އުސޫލުން ހުރިޙާ ޓީމެއް ކުޅުމަށް ފަހު ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ތިން ޓީމެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން މެޗުތައް ކުޅުމަށްފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަަކަށެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނަކީ ޒުވާން އާ ކުޅުންތެރިންނަށް ހަމަހަމަ ޓީމްތަކާ ދެކޮޅަށް ކުޅެ ހުނަރު ދައްކާލަން ލިބޭ އެންމެ ފަހި ފުރުސަތެވެ. އެ ގޮތުން މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް ދެ ވަނަ ޑިވިޝަންގައި ވާދަކުރި ޓީމްތަކުން ވިދާލި ކުޅުންތެރިން އަންނަނީ ގައުމީ ޓީމްތަކުގައި ވާދަކުރަމުންނެވެ.

މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ނުވަ ޓީމަކުން ވާދަކުރި އެވެ. ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ސްޕާޓަންސް އެވެ. ދެ ވަނަ ހޯދީ ރޯޔަލްސް ބީސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox