ބަޖެޓު ހުށަހެޅީ ގަވާއިދާ އެއްގޮތަށް، ނިޒާމީ ނުކުތާ ނަގަން ފުރުސަތު ނުދޭނަން: އަސްލަމް

މަޖިލީހުގެ އިއްޔެ ޖަލްސާގައި ފިނޭންސް މިނިސްޓަރަށް ހުރަސް އަޅަން މެމްބަރުން ހުރަސް އަޅަނީ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ބަޖެޓްގެ ބަހުސަށް ހުރަސް އަޅަން ފުރުސަތު ނުދެއްވާނެ ކަމަށް

މަޖިލީހުގެ އިއްޔެ ޖަލްސާގައި ފިނޭންސް މިނިސްޓަރަށް ހުރަސް އަޅަން މެމްބަރުން ހުރަސް އަޅަނީ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ބަޖެޓްގެ ބަހުސަށް ހުރަސް އަޅަން ފުރުސަތު ނުދެއްވާނެ ކަމަށް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި 2023ގެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެކަމާއި ގުޅޭގޮތުން އިތުރު ނިޒާމީ ނުކުތާ ނެގުމަށް ފުރުސަތު ނުދެއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވަނީ މަޖިލީހުގެ ނިޒާމް ގެއްލުވާލުމަށް ފުރުސަތު ނުދެއްވާނެކަން ފާހަގަކުރައްވައި ބައެއް ބަދަލުތައް ގެންނަވާނެކަންވެސް އަންގަވާފައެވެ.

ބަޖެޓު ހުށަހަޅަންޖެހޭ މުއްދަތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަސް ވަޑައިގެންފައިނުވާތީ ޑިމޮކްރެޓްސްގެ މެމްބަރުން އަންނަނީ މަޖިލީހުގައި އަޑުގަދަކުރައްވަމުންނެވެ. އަދި އިއްޔެ މިނިސްޓަރ އަމީރު ބަޖެޓު ހުށަހެޅުއްވި ވަގުތު މިނިސްޓަރު ވަށާލައި، އަޑުގަދަކޮށް، ބަޖެޓް ހުށަހެޅުން ހުއްޓުވަން ވެސް ބައެއް މެމްބަރުން މަސައްކަތްކުރެއްވި އެވެ.

އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރ އަމީރާއި ހަވާލާދެއްވައި މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ބަޖެޓު މަޖިލީހަށް ފޮނުވުމުން، މަޖިލީހަށް ބަޖެޓު ހުށަހެޅުނީކަމަށެވެ. އަދި މިނިސްޓަރ މަޖިލީހަށް ވަޑައިގެންފައިނުވަނީ އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

މިމައްސަލާއި ގުޅޭގޮތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް މެމްބަރުން ދެކިލައްވާނަމަ ލިޔުމަކުން ރިޔާސަތަށް ނުވަތަ އިމްތިޔާޒް ކޮމެޓީއަށް ފޮނުއްވާ، އިމްތިޔާޒް ކޮމެޓީން އެމައްސަލަ ބަލާނެކަމަށް އަޅުގަނޑު އުންމީދުކުރަނީ

މީގެ އިތުރުން، މިމައްސަލައާއި ގުޅޭގޮތުން ނިޒާމީ ނުކުތާ ނަގައި ބަޖެޓު ފާސްނުކުރުމަށް ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުއްވުމަށް މިނިސްޓަރ މަޖިލީހަށް ވަޑައިގެންނެވުމުން ޖަލްސާ ފެށުނީއްސުރެ ގިނަ މެމްބަރުންތަކެއް ދިޔައި އެއް ފަހަރާ ނިޒާމީ ނުކުތާތައް ނަގަމުންނެވެ. އެގޮތުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވަނީ އެފަދަ ނުކުތާއެއް ނަންގަވައި ބަޖެޓު ހުށަހެޅުއްވުން އަމީރު ލަސްކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އިއްޔެވެސް އަސްލަމް ވަނީ އެކަމުގައި މައްސަލައެއް އޮތްކަމަށް ދެކިލައްވާނަމަ މަޖިލީހުގެ ނިޒާމް ގެއްލުވާނުލައި ލިޔުމުން އެކަން ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. މިއަދު ވެސް އެ ވާހަަކަ ތަކުރާރު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox