ބަޖެޓާއި ނަޝީދުގެ ގަރާރު މާދަމާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އީވާ މަޖިލިސް ނިންމަވާލައްވައިފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ : ބަޖެޓާއި ނަޝީދުގެ ގަރާރު މާދަމާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އީވާ މަޖިލިސް ނިންމަވާލައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ : ބަޖެޓާއި ނަޝީދުގެ ގަރާރު މާދަމާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އީވާ މަޖިލިސް ނިންމަވާލައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ ބަޔަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ މިއަދުގެ ދެވަނަ ޖަލްސާ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ނިންމާވާލައްވައިފި އެވެ.

ޖަލްސާ ނިންމަވާލައްވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން އޮންނަ ރަސްމީ ގަޑި 2:30 އަށް ހަމަވުމާއި، ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތް ނުވުމުން ޖަލްސާ ނިންމާލީ ކަމަށެވެ. އަދި، ނަޝީދުގެ ގަރާރާއި ބަޖެޓުތައް ހުށަހެޅުން މާދަމާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

މިއަދު ފުރަތަމަ ޖަލްސާ ތާވަލުކުރީ 9:00 އަށެވެ. އަންނަ އަހަރުގެ އަދި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން އޮތް މި ޖަލްސާ ކުރިއަށް ނުގެންދެވުނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އެމްޑީޕީގެ ގިނަ މެންބަރުން އެވަގުތު ތިއްބެވީ މަޖިލީހުގެ ކުޑަ ދަށުގަ އެވެ.

ދެވަނަ ޖަލްސާއެއްގެ ގޮތުގައި 11:00 އަށް ތާވަލުކޮށްފައި އޮތް ޖަލްސާ ފަށްޓަވައި، އީވާ އެޖެންޑާ އިއުލާނު ކުރެއްވި އިރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ގެންދެވީ ނުރުހުން ފާޅުކުރައްވަމުންނެވެ. އެ މެމްބަރުންނާ ދެކޮޅަަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ގެންދެވީ އަޑު ގަދަކުރައްވަމުންނެވެ.

އެއާ އެކު އީވާ ވިދާޅުވީ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށެވެ. އެހެންވެ މިވަގުތަށް ޖަލްސާ މެދުކަނޑައިލައްވަނީ ކަމަށް ވިދާޅުވެ، ޖަލްްސާ މެދުކަނޑުއްވައިލެއްވީ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުނން މަޖިލީހުގެ ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ. އެހެން މެމްބަރަކާ ރިޔާސަތު ހަވާލުކުރާނީ ނައިބު ރައީސް ވެސް ވަޑައިނުގަންނަވާ ހާލަތުގަ އެވެ.

އެހެން ނަމަވެސް މަޖިލީހުގައި މިހާރު އުފެދިގެން އުޅޭ ހިޔާލު ތަފާތު ވުމަކީ ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު، މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް އިއްޔެގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ނިންމެވުމުންނެވެ.

އެ ގަރާރު ގަވައިދާ ހިލާފު ކަމަށް ވިދާޅުވެ، އަފީފު ޖަލްސާ ނިންމަވައިލެއްވުމުން މަޖިލީހުގެ ސެކްރެޓޭރިއަޓުން އިއްޔެ ދެވަނަ ޖަލްސާއެއް ތާވަލުކުރި އިރު އެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެންނެވީ އީވާ އެވެ. އީވާ ޖަލްސާ ނިންމަވައިލެއްވީ އަފީފުގެ ނިންމެވުން ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރާ މެދު އީވާއާއި އަފީފު އަމަލުކުރެއްވި ގޮތުގެ ކަންބޮޑުވުމާ އެކު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އިއްޔެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ކޮމިޓީން ނިންމީ ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މެމްބަރުންގެ "އިމްތިޔާޒްތަކަށް އަރައިގަތް ކަމަށެވެ.

އަދި އެ ގަރާރު ހުއްޓުވާފައިވާތީ ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އެ ކޮމިޓީން ނިންމުމާއެކު، ބަންޑާރަ ނައިބު ވަނީ ނަޝީދުގެ ގަރާރު ކުރިއަށް ގެންދިއުން އަފީފު އަދި އީވާ ހުއްޓުވީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ގަރާރު ދެން ކުރިއަށް ގެންދާއިރު އެ ދެ މެންބަރުން ރިޔާސަތުގައި ނުތިބެވޭނެ ކަމަށް ލަފާދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox